Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރު އަލީ ހަމީދު

އަލީ ހަމީދުގެ އަނބިކަނބަލުންގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާ ދެއްވައިފި

5 މާރިޗު 2018 | ހޯމަ 17:13

އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްނުދޭތީ އެޗްއާރްސީއެމްއަށް މަައްސަލަ ހުށަހަޅާފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 5 މާރިޗު 2018 | ހޯމަ 17:13
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުންގެ އެތެރެހަށީގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާ ދެއްވައިފި އެވެ.

ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން، ފާތިމަތު ނާސިރާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ. ނާސިރާ ބަންދުކޮށްފައިވަނީ ދޫނިދޫގައެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނާސިރާގެ ގާނޫނީ ވަކީލު އަލީ އަބްދުލްލަތީފް ވިދާޅުވީ ނާސިރާ އަށް ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނުވެގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް)އަށް 14 ފެބްރުއަރީގައި މައްސަލަ ހުށަހެޅި ކަމަށެވެ. އޭގެ އިތުރުން، މިމަހުގެ އެއްވަނަ ދުވަހު ވެސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ، އެ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅާފައިވަނިކޮށް ދޫނިދޫއަށް ސަރޖިރީ ޑޮކްޓަރަކާއި ސްކޭން ޑޮކްޓަރެއް ގެންގޮސް މިދިޔަ ހޮނިހިރު ދުވަހު ނާސިރާ ދައްކާފައިވާ ކަމަށެވެ. ވީހާވެސް އަވަހަކަށް އޮޕަރޭޝަނެއް ކުރުމަށް ނާސިރާ ބެއްލެވި ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށް ނާސިރާއާ ހަވާލާދީ ވަކީލު ވިދާޅުވި އެވެ.

މީގެ ކުރިންވެސް ނާސިރާގެ އެތެރެހަށީގެ އޮޕަރޭޝަނެއް ކޮށްފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި، ޑޮކްޓަރު ލަފާ ދެއްވާފައިވަނީ އެ އޮޕަރޭޝަން އަލުން ކުރުމަށެވެ.

ނާސިރާގެ ވަކީލުން އެޗްއާރްސީއެމްއަށް ފޮނުވި ސިޓީގައިވާގޮތުގައި، ދޫނިދޫގައި ހުންނަ ކްލިނިކުން ލޭގެ ސާމްޕަލްތަކެއް ނަގައިގެން ތަހުލީލުކުރުމަށް ފަހު ޔޫރިން އިންފެކްޓްވެފައިވާކަމާއި އެކަމުގެ ސަބަބުން ނާސިރާގެ ދެފައި ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ބަންދުކުރެވުނު ފަހުން ދެފަހަރެއްގެ މަތިން ނާސިރާ ހޭނެތިގެން ގޮޅީގެ ތެރެއަށް ވެއްޓިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ނާސިރާ ހައްޔަރުކޮށްފައިވަނީ ހަތަރު ތުހުމަތެއް ކުރުމަށްފަހުގައެވެ. އެގޮތުން، ޓެރަރިޒަމާއި، ރިޝްވަތާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ އިތުރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުމުގެ ތުހުމަތު ނާސިރާގެ މައްޗަށް ފުލުހުން ކުރެއެވެ.

ނާސިރާ ހައްޔަރުކޮށްގެން ދޫނިދޫގައި ބަންދުކޮށްފައިވާއިރު، އަލީ ހަމީދު ވެސް ބަންދުކޮށްފައިވަނީ ދޫނިދޫގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި

22 ފެބުރުއަރީ 2017
ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް