Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބުންޑެސްލީގާ

ބުންޑެސްލީގާ: ބަޔާންގެ ލީޑު 20 ޕޮއިންޓަށް ފުޅާކޮށްފި

5 މާރިޗު 2018 | ހޯމަ 13:09

ލީޑު ބަޔާންއިން ފުޅާކުރީ ރަށުން ބޭރުގައި 4-0 ގެ ނަތީޖާއަކުން ފްރެއިބާގް ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 5 މާރިޗު 2018 | ހޯމަ 13:09
ބަޔާން އަދި ފްރެއިބާގް ކުޅުނު މެޗުގެ ތެރެއިން

ބަޔާން އަދި ފްރެއިބާގް ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ބުންޑެސްލީގާގައި ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ ކުރީގައި ވަރުގަދަ ބަޔާން މިއުނިކަށް ލބިފައިވާ ލީޑު އެ ޓީމުން 20 ޕޮއިންޓަށް ފުޅާކޮށްފިއެވެ.

ތާވަލުގެ ކުރީގައި ލިބިފައިވާ ލީޑު ބަޔާންއިން ފުޅާކުރީ ރަށުން ބޭރުގައި 4-0 ގެ ނަތީޖާއަކުން ފްރެއިބާގް ބަލިކޮށްގެންނެވެ. މި މެޗާއި ބަޔާންއިން ކުރިމަތިލީ އެންމެ ފަހުން ކުޅުނު 15 މެޗު ވެސް ކާމިޔާބުކޮށް އިތުބާރާއެކުއެވެ. މިދިޔަ ހަފްތާގައި 0-0 އިން ހާތާ ބާލިންއާ އެއްވަރުވި މެޗުގައި ކުޅުނު ބަޔާންގެ ހަ ކުޅުންތެރިޔަކަށް މި މެޗުގައި ފުރުސަތު ދީފައިނުވެއެވެ. އެ ކުޅުންތެރިންގެ ބަދަލުގައި ފުރުސަތުދީފައިވަނީ ޖޯޝުއާ ކިމިޗް އާއި ޖެރޯމް ބޯޓެންގް އާއި ކޮރެންޓިން ޓޮލީސޯ އާއި އަރުތޫރޯ ވިދާލް އަދި ހުއާން ބަނާޓްގެ އިތުރުން ސެންޑްރޯ ވެގްނާއަށެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރުމަށް މަސައްކަތްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ބަޔާންއިންނެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ލިބިގެންދިޔައީ އެލެކްޒެންޑާ ޝްވޮލޯވް އަތުން ބައިކޮޅަށް ވަން ލަނޑާއެކުއެވެ. އޭގެ ތިން މިނެޓު ފަހުން ބަޔާންގެ ލީޑު ފުޅާވެގެންދިޔައީ ޓޮލީސޯ ޖަހައިދިން ހިތްގައިމު ލަނޑާއެކުއެވެ. މި ދެ ލަނޑަށް ފަހުވެސް ބަޔާންއަށް ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތުތައް ވަނީ ލިބިގެން ގޮސްފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ބަޔާންއިން ވަނީ ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ބަޔާންގެ ތިންވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ތޯމަސް މުލާގެ އެހީތެރިކަމާއެކު އެ ޓީމަށް ޖަހައިދިނީ ސެންޑްރޯ ވެގްނާއެވެ. ހަމައެހެންމެ މެޗުގެ 69 ވަނަ މިނެޓުގައި ތޯމަސް މުލާ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ މި މެޗުން ތިން ޕޮއިންޓް އެ ޓީމަށް ކަށަވަރު ކޮށްދީފައެވެ.

ބަޔާންގެ ކޯޗު ޖުޕް ހެއިންކޭސް ބުނެފައިވަނީ ފްރެއިބާގްގެ ދަނޑުގައި އެ ޓީމު ބަލިކުރެވުމަކީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށާއި މެޗުގައި ފެނިގެންދިޔައީ ވަރަށް މަތީ ފަންތިއެއްގެ ފުޓްބޯޅައެއް ކަމަށެވެ. ދެން އޮތް މެޗުގައި އަމިއްލަ ދަނޑުގައި ބަޔާން ނުކުންނާނީ ރެލިގޭޝަން ޒޯނުގައި އޮތް ހެމްބާގްއާ ދެކޮޅަށެވެ.

ބުންޑެސްލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު 25 މެޗުން ލިބުނު 63 ޕޮއިންޓާއެކު އޮތީ ބަޔާންއެވެ. ދެވަނައިގައި 43 ޕޮއިންޓާއެކު ޝާލްކޭ އޮތްއިރު ތިންވަނައިގައި 42 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އޮތީ ބޮރޫޝިއާ ޑޯޓްމަންޑްއެވެ. ހަތަރުވަނައިގައި 42 ޕޮއިންޓާއެކު އޮތީ އެއިންޓްރެކްޓް ފްރެންކްފާޓްއެވެ.

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2017

ލޭވާ ކަޕް: ޓީމް ޔޫރަޕުން ލީޑު ނަގައިފި

23 ސެޕްޓެމްބަރު 2017
ލޭވާ ކަޕް: ޓީމް ޔޫރަޕުން ލީޑު ނަގައިފި
07 ސެޕްޓެމްބަރު 2017

އޮސްޓްރޭލިއާއިން ދެވަނަ މެޗުގެ ލީޑު ނަގައިފި

07 ސެޕްޓެމްބަރު 2017
އޮސްޓްރޭލިއާއިން ދެވަނަ މެޗުގެ ލީޑު ނަގައިފި
29 އޯގަސްޓު 2017

މޮޓޯ ޖީޕީ: ޑޮވީޒިއޯސޯ ލީޑު ފުޅާކޮށްފި

29 އޯގަސްޓު 2017
މޮޓޯ ޖީޕީ: ޑޮވީޒިއޯސޯ ލީޑު ފުޅާކޮށްފި
29 ޖޫން 2017

ވެޓްރެންސް ކުޅުންތެރިން 100 މިލިއަން ޔޫރޯ އަށް ނުގެނެވޭނެ: ބަޔާންގެ ރައީސް

29 ޖޫން 2017
ވެޓްރެންސް ކުޅުންތެރިން 100 މިލިއަން ޔޫރޯ އަށް ނުގެނެވޭނެ: ބަޔާންގެ ރައީސް
15 އެޕްރީލު 2017

ތާވަލުގެ ދެވަނާގައި ޓޮޓެންހަމްއިން ލީޑު ފުޅާކޮއްފި

15 އެޕްރީލު 2017
ތާވަލުގެ ދެވަނާގައި ޓޮޓެންހަމްއިން ލީޑު ފުޅާކޮއްފި
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
06 އެޕްރީލު 2017

ޕްރިމިއާ ލީގު: ސިޓީ ހަތަރުވަނައަށް ވައްޓާލުމަށްފަހު ޗެލްސީ ލީޑު ފުޅާކޮށްފި

06 އެޕްރީލު 2017
ޕްރިމިއާ ލީގު: ސިޓީ ހަތަރުވަނައަށް ވައްޓާލުމަށްފަހު ޗެލްސީ ލީޑު ފުޅާކޮށްފި
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް