Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ސިޓީ ހަތަރުވަނައަށް ވައްޓާލުމަށްފަހު ޗެލްސީ ލީޑު ފުޅާކޮށްފި

ސިޓީ އޮތީ 58 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައި

ލީވާން އަލީ
ލީވާން އަލީ | 6 އެޕްރީލު 2017 | ބުރާސްފަތި 08:27
ސިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު ޗެލްސީ ކުޅުންތެރިން އުފާފާޅުކުރަނީ

ސިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު ޗެލްސީ ކުޅުންތެރިން އުފާފާޅުކުރަނީ

ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ވައްޓާލުމަށްފަހު ޗެލްސީން ލީގުގައި އަނެއްކާވެސް ލީޑު ފުޅާކޮށްފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީއާ ވާދަކޮށް ޗެލްސީން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މި ލަނޑު 10 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށް ދިނީ އެޑެން ހަޒާޑް އެވެ.

މި ލަނޑަށްފަހުވެސް ޗެލްސީން ދިޔައީ ސިޓީގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެހެންނަމަވެސް ސިޓީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް 26 ވަނަ މިނެޓުގައި ސާޖިއޯ އަގުއެރޯގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ނަތީޖާއާއެކު ސިޓީން ރަނގަޅަށް ކުޅެމުން ދަނިކޮށް 35 ވަނަ މިނެޓުގައި ހަޒާޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަނބުރާ ލީޑު ހޯދައިދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޗެލްސީއަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ސިޓީގެ ކީޕަރު ދިފާއުކުރި ނަމަވެސް ރީބައުންޑުން ހަޒާޑް ވަނީ ލަނޑު ޖަހާފައެވެ.

މި ނަތީޖާއާއެކު ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ސިޓީގެ މައްޗަށް ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސިޓީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ޗެލްސީގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

އެހެންނަމަވެސް މެޗުގެ ފަހު 10 ވަރަކަށް މިނެޓު ތެރޭގައި ޗެލްސީން ވަނީ މެޗުގެ ކޮންޓްރޯލް އަނބުރާ ހޯދާ ސިޓީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެހެންނަމަވެސް މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ ޓީމަކަށް އިތުރަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 30 މެޗުން ލިބުނު 72 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި ސިޓީ އޮތީ ކުޅުނު 30 މެޗުން ލިބުނު 58 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގަ އެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު