Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮޓޯ ޖީޕީ

މޮޓޯ ޖީޕީ: ޑޮވީޒިއޯސޯ ލީޑު ފުޅާކޮށްފި

ޑޮވީޒިއޯސޯ ކާމިޔާބު ކޮށްފައިވަނީ މަވެރިކް ވިނާލޭސް އަދި ވެލެންޓީނޯ ރޮސީ ފަހަތަށް ޖައްސާލުމަށްފަހު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 އޯގަސްޓު 2017 | އަންގާރަ 04:52
ރޭސް ކާމިޔާބު ކުރުމަށްފަހު ޑޮވީޒިއޯސޯ އުފާ ފާޅުކުރަނީ

ރޭސް ކާމިޔާބު ކުރުމަށްފަހު ޑޮވީޒިއޯސޯ އުފާ ފާޅުކުރަނީ

މޮޓޯ ޖީޕީގެ އިނގިރޭސި ގްރޭންޑް ޕްރީ ޑުކާޓީގެ އަންދްރޭ ޑޮވީޒިއޯސޯ ކާމިޔާބު ކޮށްފިއެވެ

އިނގިރޭސިވިލާތުގެ ސިލްވާސްޓޯން ރޭސިން ސާކިޓުގައި ކުރިޔަށް ދިޔަ އިނގިރޭސި ގްރޭންޑް ޕްރީ ޑޮވީޒިއޯސޯ ކާމިޔާބު ކޮށްފައިވަނީ މަވެރިކް ވިނާލޭސް އަދި ވެލެންޓީނޯ ރޮސީ ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ޑޮވީޒިއޯސޯ ރޭސް ނިންމާފައިވަނީ 40 މިނުޓު 45 ސިކުންތުންނެވެ. އަދި ވިނާލޭސް ރޭސް ނިންމާފައިވަނީ އޭގެ ސިކުންތެއް ފަހުންނެވެ. ރޮސީވެސް ރޭސް ނިންމާފައިވަނީ ގާތްގަނޑަކަށް ހަމަ ވިނާލޭސްއާއި އެއްކޮށެވެ. ރޭހުގެ ބާކީ ތިން ލެޕުއޮތްއިރުވެސް ކުރީގައި އޮތީ ރޮސީއެވެ. އެހެން ނަމަވެސް ރޭހުގެ 17 ވަނަ ލެޕުގައި ޑޮވީޒިއޯސޯއާ ވިނާލޭސް ވަނީ ރޮސީ ފަހަތަށް ޖައްސާލުމަށްފަހު ކުރިޔަށް ޖެހިލާފައެވެ.

ރޭސް ނިންމާލުމަށްފަހު ވާހަކަ ދައްކަމުން ޑޮވީޒިއޯސޯ ބުނެފައިވަނީ ހުރިހާ ޑްރައިވަރުންގެ ފަރާތުންވެސް ވާދަވެރި ރޭހެއް ފެނިގެންދިޔަ ކަމަށާއި ރޭހުގެ ނަތިޖާ ނެރެވުނީ ފަހު ދެ ލެޕުގައި ކުރި ހިތްވަރުން ކަމަށެވެ. ސިލްވާސްޓޯންގައި ތިންވަނައަށް ދިޔަ ރޮސީ ބުނީ އުއްމީދު ކުރީވެސް ޕޯޑިއަމުން ނިންމާލުން ކަމަށާއި އެކަން ހާސިލްވުމުން ވަރަށް އުފާވާ ކަމަށެވެ.

މި ރޭހަށް ފަހު މޮޓޯ ޖީޕީ ޑްރައިވަރުންގެ ރޭންކިންގައި ޑޮވީޒިއޯސޯއަށް ލިބިފައިވާ ލީޑު އޭނާ ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން 183 ޕޮއިންޓާއެކު އެއްވަނައިގައި އޭނާ އޮތްއިރު 174 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ހޮންޑާގެ މާކް މާކުއޭޒްއެވެ. 170 ޕޮއިންޓާއެކު ޔަމަހާގެ މަވެރިކް ވިނާލޭސް ތިންވަނައިގައި އޮތްއިރު އޭނާގެ ފަހަތުން ހަތަރު ވަނައިގަ އޮތީ ހަމަ ޔަމަހާގެ ވެލެންޓީނޯ ރޮސީއެވެ.

ކޮންސްޓްރަކްޓާސް ޗެމްޕިއަންޝިޕުގައި 231 ޕޮއިންޓާއެކު ޔަމަހާ އޮތްއިރު ދެވަނައިގައި 224 ޕޮއިންޓާއެކު އޮތީ ހޮންޑާއެވެ. އަދި 212 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ޑުކާޓީއެވެ.

މިދިޔަ އަހަރުގެ މޮޓޯޖީޕީ ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ހޮންޑާގެ މާކް މާކުއޭޒްއެވެ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2017

ލޭވާ ކަޕް: ޓީމް ޔޫރަޕުން ލީޑު ނަގައިފި

23 ސެޕްޓެމްބަރު 2017
ލޭވާ ކަޕް: ޓީމް ޔޫރަޕުން ލީޑު ނަގައިފި
19 ސެޕްޓެމްބަރު 2017

ފުރަތަމަ ފަހަރަށް މޮޓޯރޭސިންގެ ރޭހެއް އަންހެން ޑްރައިވަރަކު ކާމިޔާބުކޮށްފި

19 ސެޕްޓެމްބަރު 2017
ފުރަތަމަ ފަހަރަށް މޮޓޯރޭސިންގެ ރޭހެއް އަންހެން ޑްރައިވަރަކު ކާމިޔާބުކޮށްފި
18 ސެޕްޓެމްބަރު 2017

ފޯމިއުލާ ވަން: ސިންގަޕޫރު ޖީޕީ ހެމިލްޓަން ކާމިޔާބު ކޮށްފި

18 ސެޕްޓެމްބަރު 2017
ފޯމިއުލާ ވަން: ސިންގަޕޫރު ޖީޕީ ހެމިލްޓަން ކާމިޔާބު ކޮށްފި
07 ސެޕްޓެމްބަރު 2017

އޮސްޓްރޭލިއާއިން ދެވަނަ މެޗުގެ ލީޑު ނަގައިފި

07 ސެޕްޓެމްބަރު 2017
އޮސްޓްރޭލިއާއިން ދެވަނަ މެޗުގެ ލީޑު ނަގައިފި
04 ސެޕްޓެމްބަރު 2017

ފޯމިއުލާ ވަން: އިޓާލިއަން ޖީޕީ ހެމިލްޓަން ކާމިޔާބު ކޮށްފި

04 ސެޕްޓެމްބަރު 2017
ފޯމިއުލާ ވަން: އިޓާލިއަން ޖީޕީ ހެމިލްޓަން ކާމިޔާބު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު