Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝެއިހް އިމްރާން

ޝެއިހް އިމްރާން އައިޖީއެމްއެޗަށް ގެނެސް ޑޮކްޓަރަށް ދައްކައިފި

5 މާރިޗު 2018 | ހޯމަ 10:21

ބެލެވޭ ގޮތުގައި އިމްރާން ވަނީ ޓެސްޓުތަކެއް ހަދާފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 5 މާރިޗު 2018 | ހޯމަ 10:21
ކަރެކްޝަންގެ ބެލުމުގެ ދަށުން އިމްރާން އައިޖީއެމްގައި

ކަރެކްޝަންގެ ބެލުމުގެ ދަށުން އިމްރާން އައިޖީއެމްގައި

ބާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އައިޖީއެމަށް ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެއިހް އިމާރާން އައިޖީއެމްޗަށް ގެނެސް ޑޮކްޓަރަށް ދައްކާފައި ވަނީ ހޯމަ ދުވަހު މެންދުރު ވަގުތެއްގައެވެ. ކަރެކްޝަންގެ ބެލުމުގެ ދަށުން އިމްރާން ވަނީ މީގެ ކުރިން ވެސް އައިޖީއެމްއެޗަށް ގެނެސް ޑޮކްޓަރަށް ދައްކާފައެވެ.

Advertisement - newsAdvertisement

މި ކަމާއި ގުޅިގެން ކަރެކްޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަން ކޮމެޓީގެ މެމްބަރު ސިދާތާ ޝަރީފް ވިދާޅުވީ އިމްރާން ލޭގެ ޓެސްޓަކާއި އެތެރެ ހަށީގެ ސްކޭނެން ހެދުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ. ބެލެވޭގޮތުގައި ހޯމަ ދުވަހު އިމްރާން އިޖީއެމްއެޗަށް ގެނެސްފައި ވަނީ އެ ޓެސްޓުތައް ހަދަން ކަމަށާއި، އާއިލީ ބައްދަލުވުން ނުލިބޭތީ އެންމެ ފުރިހަމައަށް މައުލޫމާތު ނުލިބޭ ކަމަށް ސިދާތާ ވިދާޅުވިއެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އަދާލަތު ޕާޓީން ޑޮކްޓަރުންނާ ހަވާލާދީ ބުނީ އިމްރާންގެ ލޭގައި ސޯޑިއަމްގެ ނިސްބަތް ސީރިއަސް ލެވެލެއްގައި ހުރި ކަމަށާއި ޝައިޚްގެ ހާލަތާ ގުޅިގެން ޑޮކްޓަރުން ލަފާ ދީފައި ވަނީ އިތުރު ޓެސްޓްތަކެއް ހެދުމަށް ކަމަށެވެ.

މުއައްސަސާތަކުން އެކަމާ އަޅާނުލާތީ، ޝެއިހް އިމްރާން އަބްދުﷲ އާއި އޭނާގެ އާއިލާއިން ކަމާ ބެހޭ ފަރާތްތަކުގައި އެތައް ފަހަރެއްގެ މަތިން އެ ކަންބޮޑުވުންތައް ހިއްސާކުރުމުން ވެސް އެކަށީގެންވާ ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް އަދާލަތުން ބުންޏެވެ.

އިމްރާނަށް އެކަށީގެންވާ ފަރުވާ، އަވަސް މުއްދަތެއްގެ ތެރޭގައި ނުދީފި ނަމަ، ނުރައްކާވެދާނެ ކަމަށާއި އެގޮތުން އޭނާގެ ހިތަށާއި ލޭގެ ޕްރެޝަރު މައްޗަށް ގޮސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް އަދާލަތުން ބުންޏެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 12 އަހަރަށް ޖަލަށްލާފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތުކޮށެވެ. އިމްރާން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކ. މާފުށީ ޖަލުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
22 ޖެނުއަރީ 2017

ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި

22 ޖެނުއަރީ 2017
ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް