Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ރޮނާލްޑޯގެ 300 ވަނަ ލަނޑާއެކު ރެއާލް އިން ގެޓާފޭ ބަލިކޮށްފި

ގެޓާފޭގެ މައްޗަށް ރެެއާލް ކުރިހޯދީ 3-1 ން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 4 މާރިޗު 2018 | އާދީއްތަ 12:45
ގެޓާފޭ އާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ތިންވަނަ ލަނޑު ރޮނާލްޑޯ ޖަހަނީ

ގެޓާފޭ އާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ތިންވަނަ ލަނޑު ރޮނާލްޑޯ ޖަހަނީ

ސްޕެނިޝް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި 300 ވަނަ ލަނޑާއެކު ރެއާލް މެޑްރިޑުން ގެޓާފޭ ބަލިކޮށްފި އެވެ.

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ގެޓާފޭގެ މައްޗަށް ރެއާލް ކުރިހޯދީ 3-1 ންނެވެ.

މިމެޗުގެ 24 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ފުރަތަމަ ލަނޑު ޖަހާ، އެޓީމަށް ކުރި ހޯދައިދިނީ ވޭލްސްގެ ވިންގަރ ގެރެތު ބޭލް އެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ރެއާލް އަށް ލީޑު ފުޅާ ކޮށްދިނީ ރޮނާލްޑޯ އެވެ. މިއީ ސްޕެނިޝް ލީގުގައި ރޮނާލްޑޯ ޖެހި 300 ވަނަ ލަނޑެވެ.

މިނަތީޖާގައި އޮވެގެން މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފްގެ ދެވަނަ މިނިޓުގައި ގެޓާފޭގެ ލޮއިކް ރެމީ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން މެޗުގެ ބާކީ ބައި ގެޓާފޭ ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކުގައެވެ.

މެޗުގެ 65 ވަނަ މިނިޓުގައި ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ގެޓާފޭގެ ޖޯޖް މޮލީނާ އަށް ރެއާލްގެ ޑިފެންޑަރު ނާޗޯ ކުރި ފައުލަކާއި ގުޅިގެން ގެޓާފޭ އަށް ލިބުނު ޕެނަލްޓީ އަކުން އެޓީމަށް ސުން ކަނޑުވާލައިދިނީ ފްރެންސިސްކޯ ޕޯޓިލޯ އެވެ.

ރެއާލްގެ ފަހު ލަނޑު 78 ވަނަ މިނިޓުގައި ޖަހައިދިނީ ރޮނާލްޑޯ އެވެ.

މިމޮޅާއެކު ސްޕެނިޝް ލީގުގެ ތިންވަނާގައިވާ ރެއާލް މެޑްރިޑުން ވަނީ، ތާވަލްގެ ކުރީގައިވާ ބާސެލޯނާ އާ ދެމެދުގައިވާ ފަރަގު 12 ޕޮއިންޓަށް ހަނިކޮށްފައެވެ.

ލީގުގައި 27 މެޗު ކުޅެފައިވާ ރެއާލް މެޑްރިޑަށް 54 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް އަށްވުރެ އެއް މެޗު މަދުން ކުޅެފައިވާ ބާސެލޯނާ އަށް ލިބިފައިވަނީ 66 ޕޮއިންޓެވެ. ތާވަލްގެ ދެވަނާގައިވާ އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 61 ޕޮއިންޓެވެ.

ތާވަލްގެ ކުރީގައިވާ ބާސެލޯނާ އާ ދެވަނާގައިވާ އެތުލެޓިކޯ މެޑްރިޑްގެ ކުރިމަތިލުމެއް އާދީއްތަ ދުވަހު އޮންނާނެ އެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު