Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ހުކުރު އެއްވުން: އަމާޒަކީ މަޖީދީމަގުގެ އެކި ސަރަހައްދުތަކަށް އެއްވުން!

2 މާރިޗު 2018 | ހުކުރު 00:09

"މަޖީދީމަހުގެ ކޮންމެ ހިސާބަކަށް ނުކުތަސް ބައިވެރިވެވުނީ"

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 2 މާރިޗު 2018 | ހުކުރު 00:09
ފެބްރުއަރީ 16 ވަނަ ދުވަހުގެ އެއްވުމުގެ ތެރެއިން---

ފެބްރުއަރީ 16 ވަނަ ދުވަހުގެ އެއްވުމުގެ ތެރެއިން---

ގުޅިފައިވާ ޕާޓީތަކުން ބާއްވާ ސިލްސިލާ މުޒާހަރާތަކުގައި ވަކި ސަރަހައްދަކަށް އެއްވުމުގެ ބަދަލުގައި ހުކުރު ދުވަހުގެ އެއްވުމުގައި މަޖީދީމަގުގެ އެކި ސަރަހައްދުތަކަށް އެއްވުމަށް ގޮވާލައިފި އެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނެރުނު އަމުރާއެކު، ރާއްޖޭގައި އެކި ރަށްތަކުގައި ސިލްސިލާ މުޒާހަރާތައް ފަށާފައިވާއިރު، ހުކުރު ދުވަހުގެ އެއްވުމަކީ ހާއްސަ އެއްވުމެއް ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެއެވެ. ހުކުރު ދުވަހުގެ ހަވީރު 4:15ގައި ފެށުމަށް ނިންމާފައިވާ އެ މުޒާހަރާ ހާއްސަ ވެގެންދަނީ މަޖީދީމަގުގެ އެކި ސަރަހައްދުތަކުގައި އެއްވުންތައް ކުރިއަށްދާނެތީ ކަމަށް ޕާޓީތަކުން ބުންޏެވެ.

Advertisement - newsAdvertisement

އެ އެއްވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ މަޖީދީމަގަށް އެއްވުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށާއި އިމާރާތްތަކުން ނުކުމެ، މަޖީދީމަގުގެ ކޮންމެ ސަރަހައްދަކަށް އެއްވިޔަސް، މުޒާހަރާގައި ބައިވެރިވެވުނީ ކަމަށެވެ.

"މާލޭގެ އެހެން ހިސާބުތަކުގައި އުޅުއްވާ ބޭފުޅުން ވެސް މާދަމާ (ހުކުރު ދުވަހު) މަޖީދީމަގަށް ވަޑައިގަންނަވާ. ހަރަކާތް ކުރިއަށްދާނީ މަޖީދީމަގުގައި. ބޮޑެތި މަގުތަކާއި ކަންކަންމަތީގައި މަޖީދީމަގަށްވާ ގޮތަށް އަޅުގަނޑުމެންގެ ހަރަކާތް ކުރިއަށްދާނެ،" ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި އެއްވުމުގައި ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަލީ ހުސައިން ވިދާޅުވިއެވެ.

ފުލުހުންނަށް އިލްތިމާސް ކުރައްވާ އަލީ ހުސައިން ވިދާޅުވީ ފުލުހުން މަސައްކަތް ކުރަން ވާނީ ރައްޔިތުންގެ ދިފާއުގައި ކަމަށާއި ރައީސް ޔާމީންގެ ދިފާއުގައި ފުލުހުން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. ފުލުހުންގެ އެންމެ މަތިވެރި ވާޖިބަކީ ރައްޔިތުން ހިމާޔަތް ކުރުން ކަމަށާއި ގައުމުގެ ހައްގުގައި މަސައްކަތް ކުރުމަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުން ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ.

"...އެއްވެސް ގޮތަކަށް ރައީސް ޔާމީނުގެ ދިފާއުގައި ތިބުމުގެ ބޭނުމެއް ނެތް. ރައްޔިތުންގެ ދިފާއުގައި ނުކުންނަވާށޭ. ރައްޔިތުންނާއެކުގައި ތިއްބަވާށޭ. ރައްޔިތުންނޭ ތިބޭފުޅުންނަށް މުސާރަދޭ ބަޔަކީ. ރައްޔިތުންގެ މުސާރަ ނަންގަވައިގެން ތިބޭއިރުގައި ރައްޔިތުން ހިމާޔަތް ކުރުމަށް ވުރެ މަތިވެރި ކަމެއް ނޯންނާނެ، މަތިވެރި ވާޖިބެއް ނޯންނާނެ،" ގާނޫނީ ވަކީލުކަން ވެެސް ކުރައްވާ އަލީ ހުސައިން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން، ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާތާ 29 ދުވަސް ވަނީ ވެފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ހުންނަތާ 25 ދުވަސް ވަނީ ވެފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު މަޖިލީހުގެ ހަތަރު މެމްބަރަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިވާއިރު، މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުނު ފަރާތްތައް ވެސް ވަނީ ބަންދުކޮށްފައެވެ. އެ ފަރާތްތައް ބަންދުކޮށްފައި ވަނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، ކޯޓު މެދުވެރިކޮށް ބަންދުގެ މުއްދަތު ޖެހުމެއް ނެތިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
13 މާރިޗު 2017

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް
08 މާރިޗު 2017

ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ

08 މާރިޗު 2017
ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ
28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް