Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސުލައިމާން އެންއައިސީއަށް

ސުލައިމާން އެންއައިސީއަށް: މަގާމު އޭނާއަށް ހައްގުވޭތަ؟

އީސީން 12 މެމްބަރުން ވަކިކުރީ ގާނޫނުއަސާސީއާ ހިލާފަށް

ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2018 | ބުދަ 04:16
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ސުލައިމާން

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ސުލައިމާން

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މަގުސަދާއި މަސްއޫލިއްޔަތުގެތެރޭގައި އެންމެ ފުރަތަމަ ވެސް އޮތީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ބަލައި ތަހްގީގުކުރުމާއި، އެފަދަ އަމަލެއް ކަމަށް ތުހުމަތުކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަހްގީގުކުރުމެވެ.

އެންއައިސީގެ ގޮނޑިއެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި ޔޫސުފް މާނިއު މެމްބަރުކަމުން ދުރުކުރުމުންނެވެ. ރައީސް އަބްދުﷲ ޔާމީން، މާނިއު ކުއްލި ގޮތަކަށް ވަކިކުރެއްވީ އެކޮމިޝަނުގެ ތަހުގީގުތަކަށް ފުލުހުން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފައިވަނިކޮށެވެ.

ދިވެހި ދައުލަތުގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް ގާނޫނީ މަގުން ނެއްޓި ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، އެ ބޭފުޅުންގެ ގާނޫނީ ޒިންމާ ހަނދާން ނައްތާލައި، ސިޔާސީވެފައިވާ ކަމަށް މުޖުތަމައުގެ އެތައް ބަޔަކު ދެކެމުންދާ މިދަނޑިވަޅުގައި، އެކަންކަމަށް ފާރަވެރިވެ ހަމަ މަގަށް އެޅުވުމުގެ ޒިންމާ އުފުލަންޖެހޭ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ސުލައިމާން އައްޔަން ކުރުމަށް ރައީސް ޔާމީން، ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވުމުން އެތައް ސުވާލެއް އުފެދިގެން ދިޔަ އެވެ. ސަބަބަކީ އިލެކްޝަންސް ކޮމިޝަނުން ގާނޫނާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް ތުހްމަތުކުރެވޭއިރު، ސުލައިމާން އެންއައިސީއަށް އަންޔަންކުރަން އުޅުމެވެ.

ކުރިން ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް އެލައިންސްގެ ކައުންސިލް މެމްބަރުކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މ. އަތޮޅުގެ މެމްބަރުކަން ކުރެއްވި އިސްލާމް ޓީޗަރު އެންއައިސީއަށް އައްޔަންކުރަން އުޅުއްވާކަމުގެ އަޑުތައް، މާކުރިން އިވެންފެށި އެވެ. މިހާރު އެވަނީ ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ސުލައިމާން އައްޔަންކުރަން ރުހުން ދިނުމުގެ ވޯޓް ނެގުމަށް އެޖެންޑާކޮށްފަ އެވެ.

ސަރުކާރުގެ މެޖޯރިޓީ ހިފަހައްޓަނީ ގަދަބާރުން

ބަރުލަމާނީ އުސޫލުތަކާއި މަޖިލީހުގެ ހަމަތަކަށް މިހާރުގެ ރިޔާސަތުން ބޯލަނބާނަމަ، މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީއެއް ނެތެވެ. ސަރުކާރަށް މެޖޯރިޓީ ގެއްލިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ތާއިދާއެކު ވެއްދި ހިސާބުންނެވެ. އެއާއެކު ދެން ފެނިގެން ދިޔައީ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގާނޫނާ ހިލާފަށް ދުއްވާލައި، އަސްކަރިއްޔާއިން މަޖިލިސް ހިސޯރުކުރި ތަނެވެ. މަޖިލީހުގެ ސިމްޕަލް މެޖޯރިޓީއަށް ވުރެ ގިނަ މެމްބަރުން އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާއިރު މިނިވަން ކަމާއެކު ވާޖިބު އަދާކުރުމަށް ފުރުސަތު ލިބިއްޖެ ނަމަ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިގެންދާނެކަން ޕީޕީއެމްގައި ތިއްބެވި ބޭފުޅުން ވެސް ގަބޫލުކުރައްވަ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާއެކު މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ ވަނީ ގެއްލިފައި

ގަދަކަމުން މެޖޯރިޓީ ހިފެހެއްޓުމަށް މަޖިލިސް މިފަދަ ހާލަތެއްގައި ބާއްވާއިރު، ކޮމިޓީތަކުގެ މެޖޯރިޓީ ވެސް ހަގީގީ މެޖޯރިޓީއާ އެއްގޮތަށް ބަދަލެއް ނުކުރެ އެވެ. އެހެންވެ، ސުލައިމާނަށް ރުހުން ދިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ދެ މެމްބަރަކު ފިޔަވައި ދެން ތިއްބެވީ ޕީޕީއެމް-އެމްޑީއޭ ކޯލިޝަންގެ މެމްބަރުންނެވެ. އެ މެމްބަރުންގެ ތާއީދާއެކު ސުލައިމާނަށް ކޮމިޓީން ވަނީ ރުހުން ދީފަ އެވެ.

"އަޅުގަނޑުމެން ސުލައިމާނަށް ދިނީ އެންމެ ދަށުން މާކްސް،" މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ވިދާޅުވި އެވެ.

ސުލައިމާނާމެދު ދެކެނީ ކިހިނެއް؟

އިމްތިޔާޒު ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުގެ ތާއީދާއެކު މިނިވަން ކޮމިޝަނަކަށް ވިޔަސް، އެހެން ތަނަކަށް ވިޔަސް، އައްޔަންކުރާނީ އެކަމެއްގެ ޝަރުތު ހަމަނުވާ އަދި ސަރުކާރުގެ އެޖެންޑާ އެކަނި ތަންފީޒުކޮށްދޭނެ ބޭފުޅުންނެވެ.

"އެއީ ޔަގީންވާ ކަމަކީ. މިހާރު އެ މީހުންނެއް ނުލާނެ އެއްވެސް އިންޓެގްރިޓީއެއް ހުރި މީހަކު އެއްވެސް ކޮމިޝަނަކަށް. އެއީ ސަރުކާރުގެ މިހާރުގެ ސިޔާސަތު،" އިމްތިޔާޒު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން

އެޗްއާރުސީއެމްގެ ކުރީގެ ނައިބު ރައީސް އަހްމަދު ތޮލާލު ވެސް ވިދާޅުވި ގޮތުގައި އެންއައިސީއަށް ސުލައިމާން އައްޔަންކުރުން ސިފަކުރެވެނީ މިނިވަން މުއައްސަސާއަކަށް އެ މުއައްސަސާގެ ޒިންމާ އަދާކުރުމަށް މީހަކު އައްޔަންކުރުމުގެ ބަދަލުގައި ކެބިނެޓު މެމްބަރުން އެއްތަނުން އަނެއް ތަނަށް ބަދަލުކުރުން ފަދަ ގޮތެއްގަ އެވެ.

ބައެއް ބޭފުޅުން ސުލައިމާނާމެދު މިގޮތަށް ދެކެވަޑައިގެންނެވި ނަމަވެސް ސަރުކާރަށް ތާއިދުކުރާ މެމްބަރުންގެ އިތުބާރު ސުލައިމާނަށް އޮތްކަން ދޭހަވަނީ، ނުވަތަ ރައީސް ޔާމީން ބޭނުންފުޅުވާތީ ސުލައިމާނަށް ތާއިދުކުރާކަން ދޭހަވަނީ، ކޮމިޓީން ރުހުންދީފައިވާތީ އެވެ. އެހެންވެ، މިއަދު މަޖިލީހުން ވެސް އެ ބޭފުޅުން ސުލައިމާނަށް ރުހުންދޭނެ ކަމަށް ގަބޫލުކުރެވެ އެވެ.

ގާބިލް ބޭފުޅުން ކޮމިޝަންތަކަށް އައްޔަންކުރުމުގެ ނަތީޖާ ރައްޔިތުން ދަނީ ދެކެމުންނެވެ. ކޮރަޕްޝަންގެ ބޮޑެތި ރިޕޯޓްތައް ހުރީ ހުއްޓިފަ އެވެ. ގާނޫނާ ހިލާފަށް މުއައްސަސާތަކުން ހިންގާ ކަންކަން ހާމަކުރަން ނުކެރެ އެވެ. ރައްޔިތުންގެ ހައްގުތައް ފޭރިގަންނަމުންދާއިރު އެކަންކަމަށް ކަންބޮޑެއް ނުވެ އެވެ.

ސުލައިމާން އިލެކްޝަންސް ކޮމިޝަން ހިންގެވި ގޮތް

ސުލައިމާނު އެންއައިސީއަށް އައްޔަންކުރަން މިއަދު ރުހުންދޭއިރު، އޭނާގެ ފަތިފުށް ބަލާލަށްޖެހެ އެވެ. މީގެ ކުރިން އޭނާ ހުންނެވީ އިލެކްޝަންސް ކޮމިޝަންގަ އެވެ. އެ ކޮމިޝަންއަށް އެންމެ ބޮޑަށް މަތިކޮށްފައިވާ ޒިންމާއަކީ އިންތިހާބު ބޭއްވުން ކަމަށްވާއިރު، ސުލައިމާން ރައީސް ކަމުގައި ހުންނަވަނިކޮށް އައި ފުރަތަމަ އިންތިހާބު ވެސް ވަގުތަށް ބޭއްވާފައެއް ނެތެވެ. ލޯކަލް ކައުންސިލް އިންތިހާބު ސަރުކާރުން ބޭނުންވި ގޮތަށް ދިގު ދަންމާލިއިރު، ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ވެސް ގެއްލުވާލީ ސުލެއިމާންގެ ރިޔާސަތުގަ އެވެ. ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ވެސް ވަގުތަށް ދީފައެއް ނުވެ އެވެ. މިފަދަ އެތައް ކަމެއް ހުރުމާއެކު އިލެކްޝަންސް ކޮމިޝަން ސިފަކުރެވިގެން ގޮސްފައިވަނީ ވަކި ސިޔާސީ ބަޔަކު ނުވަތަ ސަރުކާރުން ބޭނުންވާ ކަމެއް ބޭނުންވާ ގޮތަކަށް ކުރަމުންދާ ކޮމިޝަނެއްގެ ގޮތުގަ އެވެ.

"ވަކި ބަޔަކު ބޭނުންވާ ކަންކަމެއް ތަންފީޒުކުރުމުގައި އަވަދިނެތި އުޅުނުމީހުން މި ބޭފުޅުންނަކީ،" ސުލައިމާނަށް ނިސްބަތްކޮށް އިމްތިޔާޒު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ މެމްބަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: އިދިކޮޅު ކޯލިޝަނުން ބުނާ ގޮތުގައި އީސީ ވަނީ ސިޔާސީވެފައި

މިފަދަ ގޮތަކަށް އަމަލުކޮށްފައިވާ ބޭފުޅަކު އެންއައިސީއަށް އަންޔަންކުރުމާމެދު މެމްބަރުން ވެސް ވިސްނާލަންޖެހެ އެވެ. މިނިވަން މުއައްސަސާތަކަށް އައްޔަންކުރަންޖެހޭނީ ގައުމުގެ ރައީސްއަށް ވަފާތެރި ބޭފުޅުނެއް ނޫނެވެ. ގާނޫނު އަސާސީ އާއި ގާނޫނާއި އެ ކޮމިޝަނެއްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭނެ ގާބިލް ބޭފުޅުންނެވެ. އެ ނޫން ގޮތަކަށް މަޖިލީހުން ރުހުންދޭނަމަ، އެއީ ގައްދާރުވުމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެވެސް ޕާފޯމަންސް އޮޑިޓެއް ހަދަންވާނެއެވެ.

ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެވެސް ޕާފޯމަންސް އޮޑިޓެއް ހަދަންވާނެއެވެ.

26 ޖެނުއަރީ 2022
ޔާސިރު އަރަފާތުގެ ހިތްވަރާއި އޭނާއަށް ވިހަދީ އަވަހާރަކޮށްލިގޮތް

ޔާސިރު އަރަފާތުގެ ހިތްވަރާއި އޭނާއަށް ވިހަދީ އަވަހާރަކޮށްލިގޮތް

19 މެއި 2021
މަގާމުގައި ހުރިއިރު ކޯލިޝަން ވަރެއް ނެތް، މަގާމު ގެއްލުނީމާ ކޯލިޝަން ގޯސް!

މަގާމުގައި ހުރިއިރު ކޯލިޝަން ވަރެއް ނެތް، މަގާމު ގެއްލުނީމާ ކޯލިޝަން ގޯސް!

13 މާރިޗު 2021
ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ޝުޖާއު، ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި!

ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ޝުޖާއު، ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި!

09 ފެބުރުއަރީ 2020
ގާނޫނާ ހިލާފުވި ބައެއް ބޭފުޅުން އަދިވެސް މަގާމުތަކުގައި!

ގާނޫނާ ހިލާފުވި ބައެއް ބޭފުޅުން އަދިވެސް މަގާމުތަކުގައި!

03 ޖެނުއަރީ 2020

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު