Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެވެސް ޕާފޯމަންސް އޮޑިޓެއް ހަދަންވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ ބޭފުޅުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ކަންކަން ހުންނާނެ

ރާއްޖެ އެމްވީ | 26 ޖެނުއަރީ 2022 | ބުދަ 13:12
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު: ސިޔާސީ ގިނަ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު: ސިޔާސީ ގިނަ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ

ވެލާނާގޭ އިބްރާހިމް ނާސިރަކީ ދިވެހި ޖުމްހޫރިއްޔާގެ ދެވަނަ ރައީސެވެ. ރައީސްކަމަށް އިންތިޚާބުވުމުގެ ކުރީގައި އެގާރަ އަހަރު ބޮޑުވަޒީރުކަން ކުރެއްވިއެވެ. އެއީ 1957 ވަނަ އަހަރުން ފެށިގެން 1968ގެ ފަހުކޮޅަށެވެ. ބޮޑުވަޒީރުކަން ކުރެއްވީ މުހައްމަދު ފަރީދުގެ ރަސްކަމުގައެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްގައި ގިނަބަޔަކު ޖުމްހޫރިއްޔާއެއް އިޚުތިޔާރުކުރުމާ ގުޅިގެން 1968 ވަނަ އަހަރުގެ ނޮވެމްބަރު އެގާރައިން ފެށިގެން 1978 ވަނަ އަހަރުގެ ނޮވެމްބަރު އެގާރައާ ހަމައަށް އެއީ ރައީސުލްޖުމްހޫރިއްޔާއެވެ. ނާސިރަކީ ރައްޔިތުންގެ ސީދާ ވޯޓުން ރައީސްކަމަށް އިންތިޚާބުކުރި ވެރިއެކެވެ. ވޯޓަށް މަކަރު ހެއްދެވުމެއް ނެތެވެ. އެހެންނަމަވެސް އެކި ރަށްރަށުން ނާސިރަށް ތަންކޮޅެއް ގިނައިން ނުފެންނަ ވޯޓު ލިބިވަޑައިގެންފިއްޔާ އޭގެ ސަބަބު ބައްލަވައި ކަތީބުންނާ ދޭތެރޭ ފިޔަވަޅު އެޅުއްވުން އަވަހެވެ. ނާސިރު ގަބޫލު ކުރެއްވި ގޮތުގައި ސަރުކާރުގެ ސިޔާސަތު ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަކީ އެރަށެއްގެ ކަތީބުންގެ ޒިންމާއެކެވެ. އެޒިންމާ އަދާނުކުރެވުނު ކަމަށް ފެނިވަޑައިގެންފިއްޔާ މަގާމުން ވަކިކުރުމުގައި ލަސްކުރެއްވުމެއް ނޯވެއެވެ.

އެއްވެސް ރަށަކުން ނުފެންނަ ވޯޓު ތަންކޮޅެއް ގިނަވެއްޖެނަމަ ނާސިރު ގަބޫލުފުޅު ކުރެއްވިގޮތުގައި އޭގެ ސަބަބަކީ ކަތީބުންނަށް އެމީހުންގެ ޒިންމާ އެކަށޭނަ ގޮތަށް އަދާނުކުރެވުނީއެވެ. ސަރުކާރުގެ ސިޔާސަތުގެ އެކޮޅުމިކޮޅު ރައްޔިތުންނަށް ކިޔައިނުދެވުނީއެވެ. ރައްޔިތުން ގޯސްނުކުރައްވައެވެ. ގޯސްކުރައްވަނީ ކަތީބުންނެވެ. އަތޮޅުވެރިންނެވެ. އެފަދަ ވެރީންނާމެދު ލަސްނުކުރައްވައި ފިޔަވަޅު އަޅުއްވައެވެ. މިވާހަކަ މިއަދު މިދައްކަނީ ނާސިރު އެކުރެއްވީ ރަނގަޅު ކަމެކޭ, މިހާރުވެސް އެކަން ހިނގަންވާނީ އެމަގުންނޭ ބުނުމުގެ ގަސްތެއް އޮވެގެނެއް ނޫނެވެ. އެކަމަކު ރައްޔިތުންނަށް ޚިދުމަތްކުރަން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ ބޭފުޅުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ކަންކަން ހުންނާނޭކަމާއި ރައީސް ބޭނުންފުޅުވާ ނަތީޖާ ނުނެރެވޭނަމަ ފިޔަވަޅު އަޅައިފައިހުރިކަމާއި އެކަމަށް ބޭނުންކުރެއްވި އުކުޅުތައް އޭރުގެ ސިޔާސީ ވެއްޓަށް ބަލާއިރު ރަނގަޅުކަން ބަޔާންކުރުމުގެ ގޮތުންނެވެ.

ޒަމާން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިއީ ނާސިރު ވެރިކަން ކުރެއްވި ޒަމާނެއް ނޫނެވެ. އެހެންނަމަވެސް ނާސިރުގެ ދައުރުންވެސް ލިބިގަންނަންވީ ފިލާވަޅުތަކެއް އެބަހުއްޓެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނާސިރުގެ ދައުރުން އެންމެ ބޮޑު ފިލާވަޅެއް ލިބިގަންނަންވީ ސިޔާސީ މަގާމުތަކަށް އައްޔަންކުރެވިފައި ތިއްބަވާ ވެރީންނެވެ. މިދަންނަވާލަނީ ނާސިރުގެ ދައުރުން އެއް ހާދިސާއެކެވެ. ނާސިރުގެ ރިއާސީ ދައުރުގައި އެއްފަހަރު ބޭއްވުނު ރިޔާސީ އިންތިޚާބެއްގައި ކޮންމެވެސް ރަށަކުން ނާސިރު ރައީސްކަމުގައި ހުންނަވަން ފެންނަކަމަށް ވޯޓުލީ އެންމެ ތިން މީހުންނެވެ. އެހެން ހުރިހާ މީހުން އެޅީ ރަސްގެއެކެވެ. ނާސިރަށް ރައީސްކަމުގެ އިތުރު ދައުރެއް ދޭން ނުފެންނަ ކަމަށެވެ. ވޯޓުގެ ޖުމްލަ ނަތީޖާ ލިބުނުއިރު ނާސިރަށް ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ރައީސްކަމުގެ އިތުރު ދައުރެއް ލިބިވަޑައިގަތެވެ. އެކަމަކު ނާސިރަށް ނޫނެކޭ ބުނި ރަށްރަށް ވަރަށް ބޮޑަށް ފާހަގަ ކުރެއްވިއެވެ. މި ހުރިހާ ރަށްރަށުގެ ކަތީބުން ވަޒީފާއިން ވަކިކުރެއްވިކަން ދާޚިލިއްޔާގެ ސިޓީއަކުން އެބޭފުޅުންނަށް އެންގެވިއެވެ.

ކަންދިމާކުރިގޮތުން ވަޒީފާއިން ވަކިކުރެވުނު އެއްކަތީބަކީ މަސައްކަތަށް ފަރުވާތެރިވުމާއި ނަޒާހަތްތެރިކަމާއި މުރާލިކަމުގައި ވަރަށް ނަމޫނާ ބޭފުޅެކެވެ. ދުވަހަކުވެސް އޮފީހަށް ސަލާން ވިދާޅުނުވާ އަދި ގަޑިވެސް ނުޖެހޭ ބޭފުޅެކެވެ. ވަޒީފާއިން ވަކިކުރުން ވެގެންދިޔައީ މިދެންނެވި ކަތީބަށް ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށެވެ. ކަތީބު ކުށެއް ކުރެއްވީއެއްވެސް ނޫނެވެ. މަސައްކަތަށް ނުހަނު އިޚުލާސްތެރިއެވެ. މުރާލިކަން އެހާބޮޑެވެ. އެހެންވީމާ ކަތީބަށް ގަބޫލު ކުރެއްވުނީ މިކަމުގައި ކޮންމެވެސް ގޯހެއް އޮތްކަމުގައެވެ. އެހެންވެގެން ރައީސް ނާސިރަށް ސިޓީއެއް ލިޔުއްވިއެވެ. އޭގައި ވިދާޅުވިއެވެ. ތިމަންނާގެ އެއްވެސް ކުށެއް ދެއްކެވުމަކާ ނުލައި ދާޚިލިއްޔާއިން ތިމަންނާ ވަޒީފާއިން ވަކިކުރައްވައިފިއެވެ. އެހެންވީމާ މި މައްސަލަ ބައްލަވައިދެއްވުން އެދެމެވެ. މި ސިޓީ ލިބިވަޑައިގަތީމާ ކަތީބު މާލެ އައުމަށް ނާސިރު އަންގަވައިފިއެވެ. ދެން ރައީސް އޮފީހަށް ގެންދަވައިފައި ކަތީބަށް އެންގެވިއެވެ. ތިޔަ ރަށުން ތިމަން މަނިކުފާނަށް މިފަހަރު ލިބިވަޑައިގަތީ އެންމެ ތިން ވޯޓެވެ. އެހެން އެވީ ތިމަން މަނިކުފާނު ގެންގުޅުއްވާ ސިޔާސަތު ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށް ކަތީބު ނުކުޅެދުމުންނެވެ.

ތިޔަ ކަތީބަށް ސަރުކާރުގެ ސިޔާސަތުގެ އެކޮޅުމިކޮޅު ކިޔައި ނުދެވުނެވެ. ތިމަން މަނިކުފާނު ރައީސްކަމުގައި ހުންނަން ކަތީބު ބޭނުންވީނަމަ ސަރުކާރުގެ ސިޔާސަތު ރައްޔިތުންނަށް އޮންނާނީ އޮޅުންފިލުވައިދީފައެވެ. މިކަންކަން މިމަގުން ނުކުރީ ތިމަންނާ ވެރިކަމުގައި ހުންނަން ކަތީބު ބޭނުން ނުވާތީއެވެ. ކަތީބުކަމަކީ ތިމަންނާ ދޭ ވަޒީފާއެކެވެ. ތިމަންގެ ވެރިކަމާ ނުރުހޭ މީހަކު ކަތީބުކަމުގައި ބަހައްޓަން ތިމްނަނާވެސް ބޭނުމެއް ނުވެއެވެ. އެހެންވީމާ ވަޒީފާއިން ވަކިކުރީއެވެ. ސިޔާސީ މަގާމުތަކަކީ ރައީސް ހަވާލުކުރާ މަގާމުތަކެކެވެ. އެ މަސްއޫލިއްޔަތު ހަވާލުކުރަނީ ރީއްޗަކަށް ނޫނެވެ. އެކަން ހަނދާން ނެތުނީމާ ދެން މިފިޔަވަޅު އެޅީއެވެ. ދެން ދިޔައަސް އެންމެ ރަނގަޅެވެ. އެހިސާބުން މިވީގޮތް ކަތީބަށްވެސް މޭރުންވެއްޖެއެވެ. އިތުރު ޝަކުވާއެއް ނުކޮށް ނުކުތީއެވެ. މިހާދިސާއިން ލިބިދޭ ފިލާވަޅަކީ ސިޔާސީ މަގާމުތައް ރައީސް ދެއްވަނީ ވެރިކަމުގެ ފަރާތުން ކުރަން ބޭނުންވާ ކަންކަން ކުރެއްވުމާއި ނަތީޖާ ނެރެ ދެއްކުމުގެ މަސްއޫލިއްޔަތާއެކުގައި ކަމެވެ.

މިކަންކަން ނުކުރެއްވޭނަމަ ވަޒީފާތަކުން މީހުން ވަކިކުރައްވާނެއެވެ. ވަކިކުރައްވަންވެސް ލާޒިމުވާނެއެވެ. ވެރިކަންކުރައްވަން ރައްޔިތުންގެ ވޯޓުން ހޮވި ރައީސްގެ ޒިންމާ އަދާކުރުމުގައި އެހީތެރިވުމަށް އެރައީސް އެކި މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ ޒިންމާތަކެއްވެއެވެ. މިހާރުވެސް ރައީސުލްޖުމްހޫރިއްޔާއަކު ހޮވަނީ ރައްޔިތުންގެ ވޯޓުންނެވެ. ސިޔާސީ ވަރަށް ގިނަ މަގާމުތަކަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމުތަކެކެވެ، އެކި ދަރަޖައިގެ ވަޒީރުންނާއި ނާއިބުންނެވެ. އެކްޒެކަޓިވް ޑައިރެކްޓަރުންނާއި މިހެންގޮސް ނަންހުސްކޮށް އެކި މަގާމުތަކެވެ. މިއެންމެހައި ބޭފުޅުންނަކީ ގައުމު ތަރައްގީ ކުރުމާއި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒުކުރުމުގައި ރައީސުލްޖުމްހިއްޔާ އެދިވަޑައިގަންނަވާ ގޮތަށް މަސައްކަތް ކުރައްވާ ބޭފުޅުން ބާވައެވެ. ހުރިހާ ބޭފުޅުންނަކީ ރައީސްގެ ސިޔާސަތު ތަންފީޒުކުރުމާއި ސަރުކާރުގެ ސިޔާސަތު ރައްޔިތުންނަށް ކިޔައިދީ ސަރުކާރުގެ ދުވެލި އޮމާންކުރުމުގައި ރައީސްގެ ވިސްނުންފުޅު ހިއްސާކުރައްވާ ބޭފުޅުން ބާވައެވެ.

އެކި މުއައްސަސާތަކުގެ އެކިއެކި މަގާމުތަކަށް ބަލައިލާއިރު އެކަންއޮތީ އެހެންކަމަކަށް ނުފެނެއެވެ. ސަރުކާރުގެ ސިޔާސަތު ރައްޔިތުންނަށް ކިޔައިދީ އެސިޔާސަތު މާކެޓްކުރުމުގައި ފަސްޖެހޭ މީހުންވެސް ސިޔާސީ އެކި މަގާމުތަކުން އެބަފެނެއެވެ. އަޅުގަޑު ގަބޫލުކުރާގޮތުގައި ސަރުކާރު ދިފާއު ނުކުރެވޭ ނުވަތަ ދިފާއުކުރަން ޖެހިލުންވާ މީހުން ސިޔާސީ މަގާމުތަކުގައި ތިބެގެން ނުވާނެއެވެ. އެމީހުންނާމެދު އަމަލުކުރަންވާނީ ރައީސް ނާސިރުވެސް އަމަލުކުރެއްވި އުސޫލުންނެވެ. ވަކި ލިސްޓެއް ލިޔުމުގެ ޝައުގެއް ނެތެވެ. އެހެންނަމަވެސް އަޅުގަނޑު މިކުރާ މަސައްކަތުގެ ދާއިރާގެ ދުރުމިން ބެލީމާ ކާމްޗޯރުންގެ ގޮތުގައި ފެންނަނީ ކޮންބައެއްތޯ ރައީސް ސާލިހުވިޔަސް އަދި ނާއިބުރައީސް ފައިސަލްވިޔަސް ސުވާލެއް ކުރައްވައިފިނަމަ ލިސްޓެއް އަރުވާނަމެވެ. އެ ލިސްޓު ކުރެއްވެސް ނުވާނެއެވެ.

ސިޔާސީރައީސް ސޯލިހުރައީސް ނަޝީދުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު