Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަގާމުގެ ދަހިވެތިކަމުގައި ތެޅިތެޅި ތިޔަހަރަ ހުޅުނބު ދަނީ!

މީގެކުރިން ނުފޫޒު ފޯރުވި އިރު ހުންނެވީ ހަނު

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2019 | ހޯމަ 14:25
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ

ހަނދާނަށް އަންނަނީ މީގެ ދުވަސްކޮޅެއް ކުރިން އަޅުގަނޑުގެ އަޚަކު ލިޔުނު ރިޕޯޓެއްގެ ސުރުޚީއެކެވެ. "ހާސް ނުވާށެވެ. މަރަށް ތެޅެނީއެވެ". މިއަދު އެ ފަނޑިޔާރުގޭގެ ބެލެނިވެރިކަމުގެ ރަން ތަޚުތުގައި އިންނެވި މަނިކުފާނުގެ ޢަމަލުފުޅުތަކުން މި ބަސްތަކުގެ ޙަޤީޤަތް މާ ބޮޑަށްވެސް ފަހުމްވެއްޖެއެވެ. މާ ރީއްޗަށްވެސް މި ޢިބާރާތްތައް ތެދަކަށް ވެއްޖެއެވެ.

އެއް ބާރު، އަނެއް ބާރަށް އަތް ފޯރުވައިގެން ނުވާނެ ކަމަށް ވަކާލާތު ކުރައްވާ ބޭފުޅާގެ ލޮލަށް ހަމަ ނިދި ނައިސްގެން، އުޞޫލުތަކާ ޚިލާފަށް ފަނޑިޔާރުންގެ ކައުންސިލްގެ ބައްދަލުވުމެއްވެސް ބާއްވައިފިއެވެ. އުޞޫލު ބަޔާންކުރާ ގޮތުން ނަމަ، މިއީ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލަށް އެންގުމަށް ފަހު، އެ ބޭފުޅާ އިންތިޒާމު ކުރައްވަން ޖެހޭ ބައްދަލުވުމެކެވެ. އެކަމަކު ކަންކުރެއްވީކީ އެހެނެއް ނޫނެވެ.

ސުޕްރީމް ކޯޓުގެ އެސްޖީ މީޑިއާތަކަށް ދެއްކެވި ވާހަކަފުޅުތަކަށް ޖެހިލާއިރު، ޚުދު އެ ބޭފުޅާއަށްވެސް މި ބައްދަލުވުމެއް ބާއްވައިގެން އުޅޭކަން އިނގުނީ މީޑިއާތަކުންނެވެ. އަދި މިވަރަކުން ނިމުނީކީއެއް ނޫނެވެ. އެ ބައްދަލުވުމަށް ދައުވަތު ނުދެއްވާކަމަށް ބުނެ އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބައެއް ފަނޑިޔާރުންވެސް ވަނީ މީޑިއާތަކުގައި ވިދާޅުވެފައެވެ. އަޅެފަހެ ބަޔަކު ހަމަ ހައިރާނެއް ނުވާނެބާއެވެ.

ޢިއްޒަތްތެރި އުއްތަމަ ފަނޑިޔާރެވެ. ކިތަންމެ މޮޅަށް ޢިބާރާތްކޮށް ކިތަންމެ "ޕްރީސިޑެންޓް" ތަކާއި މަބްދަޢުތަކަކަށް ރިޢާޔަތް ކުރައްވާ ބަޔާން ނެރުއްވިޔަސް މަނިކުފާނު ބޮޑުތަނުން ފެއިލްވެއްޖެއެވެ. ތިން ބާރު ވަކިވެފައި އޮތް ނިޒާމެއްގެ ވާހަކަ ހަރުއަޑުން ދެއްކެވިޔަސް، މަނިކުފާނުގެ ދުލުން އެ ބަސްތައް ބޭރުވާތީ އޭގައި އެއްވެސް އޮށްޓަރެއް ނެތެވެ. ކީއްވެގެންކަންވެސް ބަޔާންކޮށްލަދޭނަމެވެ.

ސަބަބަކީ ކުރިން ކަން ކުރެއްވި ގޮތެވެ. އަމިއްލަފުޅަށް ޤާއިމު ކުރެއްވި ޕްރީސިޑެންޓްސްތަކެވެ. މަރބަރީ ވަރސަސް މެޑިސަންއާއި ޔުނައިޓެޑް ސްޓޭޓްސް ވަރސަސް ނިކްސަންއަށް ރިޢާޔަތް ކުރުމުން އަޅުގަނޑުގެ ހަނދާނަށް އަންނަނީ ދިވެހި ދައުލަތާއި ބާރަ މެމްބަރުންގެ މައްސަލައެވެ. ދިވެހި ދައުލަތާއި ކާނަލް ނާޒިމުގެ މައްސަލައެވެ. ދިވެހި ދައުލަތާއި ހުމާމްގެ މައްސަލައެވެ. މިހެން ގޮސް އެތައް މައްސަލައެކެވެ. އެ ހުރިހާ މައްސަލަތަކެއް ބަޔާން ކޮށްފިއްޔާމުން، ކިޔަން ހުންނަ މީހަކު ފޫހިވެގެން ކިޔުން ހުއްޓާލާހާ ގިނަ މައްސަލައެވެ.

ދެން އަނެއްކާވެސް ގެއްލުނު ސޮއިތަކާއި ނެގި ޓިނުތަކުގެ ވާހަކައެވެ. ފޫހިވެސް ވާހާ ގިނައިން މި ވާހަކަތައް ބަޔާންކުރަން ޖެހުނަސް މި ވާހަކަތައް ދެއްކުން ހުއްޓާލެވޭކަށް ނެތެވެ. މަޤާމުގެ ގޮތުން އެކުރާ ސޮއިތަކުގެ ބުރަދަން އެހާވެސް ބޮޑީއެވެ. އެ ޗާޕުކުރާ ލިޔުމަކީ ޞައްޙަ ލިޔުމަކަށް ވަނީވެސް އޭގައި އެއޮންނަ ސޮޔެއްގެ ސަބަބުންނެވެ. އެހެނީ އެއީ ޞައްޙަ ލިޔުމަކަށް ނުވެސް ވަނީއެވެ.

ނިމިގެން ދިޔަ ސަރުކާރުގެ ދައުރުގެ ތެރޭގައި އެއް ބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވިއެވެ. ޖުޑީޝަރީއަކީ މި ނުފޫޒުގެ ތެރޭގައި އެންމެ ބޮޑަށް ކަސްތޮޅު އެޅުވި އަދި ކިޔެއްތަ،؟ އެންމެ ބޮޑު މާލީ މަންފާއެއް ލިބުނު ބަޔަކު ވެސް މަސައްކަތް ކުރި ތަނެވެ. ނަމަވެސް އޭރު އެ ވާހަކަ ފާހަގަކޮށްލަން ބެލިއިރު، ގަލަމުގެ ދެއްޔެއް ވެސް ނެތެވެ. ދުލަކު ވަރެއް ވެސް ނެތެވެ. ކޮމްޕިއުޓަރަކު ފޮންޓެއް ވެސް ނެތެވެ. ގައިގައި ހަމަ ކުޑަވެސް ހިތްވަރެއް ނެތެވެ.

މި ދުނިޔޭގެ ޢިއްޒަތާއި ލައްޒަތު ބޭނުންފުޅެވެލެއްވިޔަސް، ތިދެން ތަންފުކެއް ބޮޑުވަރެވެ. މިހާރު ތިޔަ އުޅެނީ ހަމަ އެ ބިތު މި ބިތު ޖެހޭ ބުމަރެއް ހެނެވެ. ގޮތް ހުސްވެ ހަސްފަސް ވެވެނީއެވެ. މަޤާމުގެ ދަހިވެތިކަމުގައި ތިޔަހެން ތެޅި ތެޅި ހުޅުނބުކޮޅު ދަނީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސްޓް ލޭޑީއަށް މަގާމުގެ ކޯޓުކޮޅު ހެޔޮވަރު ކުރެއްވުމަށް ސިވިލް ސަރވިސްގެ ގަވާއިދުތައް މުގުރަނީ!؟

ފަސްޓް ލޭޑީއަށް މަގާމުގެ ކޯޓުކޮޅު ހެޔޮވަރު ކުރެއްވުމަށް ސިވިލް ސަރވިސްގެ ގަވާއިދުތައް މުގުރަނީ!؟

30 ނޮވެމްބަރު 2023
އެފްއޭއެމް އިސްލާހު ކުރެވޭނީ ކުލަބުތަކަށް، ފައިސާގެ ދަހިވެތިކަމުގައި ކުލަބުތަކަށް ކޮންމެ ގޮތެއް ވެސް އޯކޭ!

އެފްއޭއެމް އިސްލާހު ކުރެވޭނީ ކުލަބުތަކަށް، ފައިސާގެ ދަހިވެތިކަމުގައި ކުލަބުތަކަށް ކޮންމެ ގޮތެއް ވެސް އޯކޭ!

24 ޖުލައި 2023

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު