Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުންޔާ މައުމޫނު

އަޅުގަނޑު މިހުރީ ބައްޕަޔާ އެކު ސާބިތުކަމާ އެކު: ދުންޔާ

27 ފެބުރުއަރީ 2018 | އަންގާރަ 15:39

ހުންނެވީ އެކަމަނާ ޤަބޫލް ކުރައްވާ ޤަބޫލް ކުރުންމަތީ ސާބިތުކަމާ އެކުގައި ކަމަށާއި މިނިވަންކޮށް ކަމަށް ވިދާޅުވި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 27 ފެބުރުއަރީ 2018 | އަންގާރަ 15:39
ދުންޔާ މައުމޫން

ދުންޔާ މައުމޫން

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމުން އިސްތިއުފާދެއްވި ކުރީގެ ރައީސް މައުމޫންގެ ދަރިކަންބަލުން ދުންޔާ މައުމޫން ހުންނެވީ އެކަމަނާގެ ބައްޕާފުޅާއެކު ސާބިތު ކަމާއެކުގައި ކަމަށް އެކަމަނާ ވިދާޅުވެއެވެ.

އިސްތިއުފާ ދެއްވުމަށް ފަހު ދުންޔާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެކަމަނާގެ އާއިލާއަށާއި މުޅި ދިވެހި ޤައުމަށް މިވަގުތު ކުރިމަތިވެފައިވާ ދަތި އަދި ހިތާމަވެރި ވަގުތުގައި ހުންނެވީ ބައްޕައާ އެކުގައި، ވަރަށް ސާބިތުކަމާއެކުގައި ކަމަށެވެ. ޣައިރު ގާނޫނީ ގޮތުން ސަރުކާރު ބަދަލުކުރުމަށް އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލަށްލާފައިވާ ބައްޕާފުޅަކީ ހަމައެކަނި އެކަމަނާގެ ބައްޕާފުޅު ނޫން ކަމަށާއި ޤައުމު މިއަދު ދެކެމުން މިދާ ތަރައްޤީގެ ބާނީ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

Advertisement - newsAdvertisement

ދުންޔާ ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ އާއި ޝަރުޢީ ދާއިރާ އާއި މިނިވަން މުއައްސަސާތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ކަމަށާއި މިނިވަން މުއައްސަސާތަކުން އެންމެ ބޮޑަށް އިސްކަންދޭން ޖެހޭ ކަމަކީ ރައްޔިތުންގެ އިތުބާރު ހޯދުން ކަމަށެވެ. މިއަދު އަޅުގަނޑުމެންނަސް މިފެންނަނީ، ބޭރާއި އެތެރޭގެ ޕްރެޝަރ އިން ރާއްޖެއަށް ކުއްލިއަކަށް ގެނައި ޑިމޮކްރަސީ ފެއިލް ވަމުންދާތަން ކަމަށެވެ.

ދުންޔާގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ސުލްހައަށް ލޯބިކޮށް އަދި މަޝްވަރާގެ މަތިވެރި އުސޫލަށް އަނބުރާ ރުޖޫއަވާން އެބަޖެހޭ ކަމަށާއި މިޤައުމުގައި ހަރުދަނާ ޑިމޮކްރަސީއެއް އާލާކޮށް ދައުލަތުގެ ނިޒާމްތައް ވަރުގަދަ ކުރުމަށާއި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އެހީތެރިވެދިނުމަށް ގޮވާލައްވާ ކަމަށެވެ.

"ތަކުރާރުކޮށް ބުނަމުން މިދަނީ ރުޅިވެރިކަމާއި ހަސަދަޔާ އެކު އެއްވެސް ކަމެއް ހައްލެއް ނުކުރެވޭނެއެވެ. މަޝްވަރާކޮށްގެން މެނުވީ އަޅުގަނޑުމެންނަށް މިވަގުތު ދިމާވެފައިމިވާ ހަލަބޮލިކަމެއް ހައްލެއް ނުކުރެވޭނެއެވެ. މިހާލަތުން އަރައިގަތުމަކީ ހުރިހާ ދިވެހިންނާއި ކުރިއަށް އޮތް ޖީލުތަކާއި ދިވެހި ޤައުމުގެ ޙައްޤުގައި އަޅުގަނޑުމެން ކުރަންޖެހޭ ކަމެކެވެ" ދުންޔާ ވިދާޅުވެފައެވެއެވެ.

ދުންޔާ ވިދާޅުވީ އެކިފަރާތްތަކުގެ ފިއްތުންތަކާއި އެކުގައި ވެސް ދުންޔާ ހުންނެވީ އެކަމަނާ ޤަބޫލް ކުރައްވާ ޤަބޫލް ކުރެއްވުންމަތީ ސާބިތުކަމާ އެކުގައި ކަމަށާއި މިނިވަންކޮށް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަކާ ނުގުޅޭނެ ކަމަށާއި ދެމިހުންނަވާނީ ފަޚުރުވެރި ދިވެއްސެއްގެ ގޮތުގައި ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާއަކީ އެކަމަނާގެ ބޮޑުބޭބޭ ފުޅު ކަމަށާއި އެކަމަނާގެ ލޭ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ. އަދި ހުންނެވީ ރައީސް އަރިހުގައި އަދި އެހެން ސިޔާސީ ލީޑަރުންނާ އެކު މަޝްވަރާގެ ޕްރޮސެސް ކުރިއަށް ގެންދިއުމަށްޓަކައި ވެވެން އޮތް އެހީތެރިކަމެއް ދިނުމަށް ތައްޔާރަށް ކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.

ދުންޔާ ވިދާޅުވީ އިސްތިއުފާ ދިނުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އަދި އިސްތިއުފާ ދިނުމަކީ ޤައުމުގެ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށް ދެކޭ ކަމަށެވެ. މިސަރުކާރު ވެރިކަމަށް ގެނައީ ވަރަށް ފޮނި އުންމީދުތަކާއެކުގައި ކަމަށެވެ. އަދި އެންމެ ބޮޑަށް ހިތާމަކުރައްވަނީ ބައިބައިވެފައިވާ އާއިލާއަކާއި، ޤައުމަކާއި މުޖުތަމައުއަކާ މެދު ކަމަށް ވިދާޅުވިއެވެ. ޤައުމު ހަމަމަގަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައި ކަމަށް ދުންޔާ ވިދާޅުވިއެވެ.

މީގެ ކުރިން ދުންޔާ ވަނީ މި ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ ބައްޕާފުޅު މައުމޫނާއި ރައީސް ޔާމީނާ ދެމެދު މައްސަލަ ޖެހުނު ހިސާބުންނެވެ. އޭގެ ފަހުން ސަރުކާރުގެ ޚާރިޖީ ސިޔާތަށް ފާޑުވިދާޅުވި ނަމަވެސް ފަހުން ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް