Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީ

ރައީސް ޔާމީން ހުންނެވީ ހަ ފަރާތުން ފިތިފައި: ޝާހިދު

ސަރުކާރުގެ ކުޑަވެސް އިހްލާސްތެރިކަމެއް ނެތް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 ފެބުރުއަރީ 2018 | އަންގާރަ 14:46
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހުންނެވީ ހަ ފަރާތުން ފިތިފައި ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރުގެ ކުޑަވެސް އިހްލާސްތެރިކަމެއް ނެތް ކަމަށާއި އީޔޫގެ ގަރާރާ ގުޅިގެން ސަރުކާރުން ބޮޑެތި ކަންތައްތަކެއް ފޮރުވަން މަސައްކަތް ކުރާ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑު ރައީސް ޔާމީން ހުންނެވި ގޮޅި ދަންނަވާލާނަން. އެތެރޭން ފިތެނީ، ބޭރުން ފިތެނީ، ހަ ފަރާތުން ފިތި ބާރުވެފައި ތިޔަ ހުންނެވީ އެހެންވީމަ އަވަހަށް ތިޔަ ގޮޅިން ނިކުމެވަޑައިގެންނެވުމަށް އެ ކައުންސިލުންނާއި (އީޔޫ ކައުންސިލް) އަދި ރާއްޖޭގެ ރައްޔިތުން ބުނަމުން މިގެންދާ ކަންތައްތައް ކުރެއްވުމަށް އިލްތިމާސްކުރަން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އީޔޫގެ ބަޔާނާ ގުޅޭ ގޮތުން ސަރުކާރުން ރައްޔިތުންނަށް އޮޅުވާލި ނަމަވެސް އީޔޫގެ އެހީތެރިކަމަށް ސާފު ބަހުން އެދިފައިވާ ކަމަށެވެ. ނަމަވެސް އީޔޫ އާއި ބައިނަލްއަގުވާމީ ފަރާތްތަކަށް ދައުވަތު ދިނުމަށް ފަހު އެ ފަރާތްތަކުން ރާއްޖެ އައުމުން ކަންކުރި ގޮތް ސަފީރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ކުޑަކުދިންނަށް ތުން މެޓަލެއް ދީގެން ހައްދާލާހެން އީޔޫ ނުހެއްދޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ އޮތް ހަމައެކަނި ހައްލަކީ އީޔޫގެ ގަރާރުގައި ފާހަގަކޮށްފައިވާ ކަންކަން ސަރުކާރުން ބަލައި ގަނެ އެކަންކަން ކުރުން ކަމަށާއި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާވެ އެކަންކަން ތަންފީޒު ކުރުން ކަމަށެވެ. ސަރުކާރުން ކުރާ ކަންކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ހުރިހާ ޒިންމާއެއް ނަންގަވަންޖެހޭ ފަރާތަކީ ރައީސް ޔާމީން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވީ އީޔޫ ކައުންސިލުން ނެރުނު ޤަރާރާ ގުޅިގެން ސަރުކާރުގެ އެކި މުއައްސަސާތަކުން އެކިގޮތަށް ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި އެކަމުން ސާފުވާ އެއް ކަމަކީ ސަރުކާރުން ކަން އޮތް ގޮތް އޮޅުވާލަން މަސައްކަތް ކުރާ މަންޒަރު ކަމަށް ވެސް ޝިދާތީ ވިދާޅުވިއެވެ.

"އިއްޔެގައި ދިވެހިރާއްޖޭގެ މައްސަލައާ ގުޅިގެން ޔޫރަޕިއަން ކައުންސިލުން އެ ނިންމުމުނު ނިންމުމާއި އެކީގައި ސަރުކާރުގެ ބަސްމަގު ހުރި ގޮތުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސާފުވާ އެއްކަމަކީ ސަރުކާރު ވަރަށް ބޮޑަށް ހޫނުފެނަށް ވެއްޓިއްޖެކަން" ޝިދާތާ ވިދާޅުވިއެވެ.

މި ފާއިތުވި ދުވަސްތަކުގައި ސަރުކާރުން އަމަލުތައް ބަހައްޓާފައި ވަނީ ގާނޫނު އަސާސީއާ ގާނޫނުތަކާއި ހިލާފަށް ކަން ފާހަގަކުރައްވައި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ ރާއްޖެ ވަރަށް ބޮޑު ވަޅުގަނޑަކަށް ވެއްޓިފައިވާ ކަމަށާއި މި ވަޅުގަނޑުން ސަލާމަތް ވުމަށްޓަކައި ސަރުކާރުގެ އިހްލާސްތެރިކަން ސަރުކާރުން ދައްކަން ޖެހޭ ކަމަށެވެ.

"އިހްލާސްތެރިކަން ނުދައްކާ ވެއްޓިފަ މިއޮތް ވަޅުގަނޑުން އަރައިގަތުމަކީ ދަތިކަމަށްވާނީ މީގައި އިސް ނަގަންޖެހޭނީ ސަރުކާރުން ގުޅިފައިވާ ޕާޓީތަކާއި މަޝްވަރާކޮށްގެން، އަޅުގަނޑުމެންގެވެސް އެއްބަސްވުނ ހޯދައިގެން އެކަމުގައި އަޅުގަނޑުމެން އެދޭ ގޮތަށް އަދި ހުރިހާ ފަރާތަކުން އެއްބަސްވާ ގޮތަކަށް މިކަން ކުރިއަށް ގެންދިއުމަކީ މި މައްސަލައިގައި އަވަސް ހައްލެއް ފެނިގެންދާނެ ކަމެއް" އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް މައުމޫން ފެކްޝަންގެ ކުރީގެ ނާއިބު ރައީސާ އައިމިނަތު ނާދިރާ ވިދާޅުވީ ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅު ހުއްޓާލުމަށް ގޮވާލައްވާ ކަމަށެވެ.

"ރައީސް ޔާމީން ދައްކަވާ ވާހަކަފުޅާއި އަމަލުފުޅު ދިމާނުވާކަން އަޅުގަނޑު ފާހަގަކުރަން. ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން ދައްކަވާ މަންޒަރަކީ ތިމަންނަމެންގެ ކަންކަން ތިމަންނަމެން ނިންމާނަމޭ އެހެން މީހުންނަކާ ނުބެހެވޭނެޔޭ އެހެންނަމަވެސް އަޅުގަނޑުމެން އެންމެން ގަބޫލުކުރަން މިއީ ބަވަނަވެފައި އޮތް ދުނިޔެއެއް ކަން، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެކަން އެއްބަޔަކު އަނެއް ބަޔެއްގެ އެހީތެރިކަމުގައި ނޫނިއްޔާ މިހާރު ދުނިޔެއަކު ނޫޅެވޭނެކަން. އެހެންވީމަ އެ އެކަނިވެރިކަން ރައީސް ޔާމީން އެބަޖެހޭ ދޫކޮށްލައްވަން" ނާދިރާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު