Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުއްލި ނުރައްކަލިގެ ހާލަތު

ރޮނީ ކަނޑެއް ނޫނެވެ! ރޮނީ ގައުމެވެ!

ސަރުއީ ދާއިރާގެ އިތުބާރު ވަނީ ގެއްލިފައި

އަލީ ޔޫސުފް
އަލީ ޔޫސުފް | 25 ފެބުރުއަރީ 2018 | އާދީއްތަ 16:39
މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ސިޔާސީ ފަރާތްތައް ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރު ނެރުނު ދުވަހު އެމްޑިޕީ ހަރުގެ ސަރަހައްދު

މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ސިޔާސީ ފަރާތްތައް ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރު ނެރުނު ދުވަހު އެމްޑިޕީ ހަރުގެ ސަރަހައްދު

ޓީވީތަކުން ފަހަކަށް އައިސް ދައްކަން ފެށި އިޝްތިހާރެކެވެ. ފެންނަނީ ވިލު ނޫކުލައިގެ ކަނޑުގެ ތެރެއަށް ޕްލާސްޓިކް ދެ ކޮތަޅު ގެނބިގެންދާ މަންޒަރެވެ. ހިތަށް ވަރަށް އަސަރުކުރުވާ ކަހަލަ ގިސްލުމަކުން އެ ކަނޑު އަހަމުންދަނީ "އަހަރެން ރޯ އަޑު އިވޭ ހެއްޔެވެ؟" ނޫނެކެވެ. ކަނޑުގެ އަޑަށް ވުރެ ބާރު ރުއިމެއްގެ އަޑު އަހަންނަށް އެބަ އިވެއެވެ.

ދެންމެ ވިހެއި ދަރިފުޅުގެ ހަޔާތް ބައްޓަންވެގެންދާނެ ގޮތެއް ނޭނގޭތީ، އެ ދަރިފުޅު އުނގަށް ލައިގެން އެއިން މައި މީހާގެ މަޑުމަޑު ގިސްލުމުގެ އަޑެވެ. މުސްތަގުބަލަށް ވާނެ ގޮތެއް ނޭނގި ހުރި ފުރާވަރުގެ ކުއްޖާގެ ހިތުގެ އަޑެވެ. ހަމަ ވިސްނޭ ޒުވާނާ އޭނާގެ ގައުމާ މެދު ހިތާމަކުރާ އަޑެވެ. ދެބައި އުމުރުން ނެއްޓި ޒިންމާތައް ކޮނޑުގައި އަޅައިގެން ހުރި ބައްޕަ އޭނާގެ ވިޔަފާރި ބަންގުރޫޓުވެގެންދާ މަންޒަރު ބަލަން ހުރެ ކަރުނަ އަޅަމުން، ރޮމުން ދާ އަޑެވެ. މުސްކުޅިވެ ބަލި ހާލުގައިވާ ކާފަ އޭނާގެ މާޒީން ލިބުނު ފޮނި އުފާކަން ގެއްލި ގައުމު މިހާލަތަށް ވެއްޓިފައިވާތީ އިރު އިރުކޮޅާ އިއްވާލާ އާހްގެ އަޑެވެ. އެތައް މުއައްޒަފުންނެއް އެމީހުންގެ އަނބިދަރިންނަށް މާދަމާ ކާންދޭނެ އެއްޗެއް ނުލިބިދާނެތީ ރޮމުންދާ އަޑެވެ. ރާއްޖެ އޮތް ހާލަތުން ރިސޯޓްތައް އިނދަޖެހި ގެސްޓްހައުސްތައް ބަންދުކުރަންޖެހިދާނެތީ އެތަނުގެ ވެރިންގެ ގިސްލުމުގެ އަޑެވެ.

އާއެކެވެ! އަހަންނަށް އިވެނީ ގައުމު ރޯއަޑެވެ! ގައުމު ރޮނީ އަދުލު އިންސާފުގެ އުންމީދެއް ވެސް ގައުމުގައި ނެތީތީއެވެ. ޝަރުއީ ދާއިރާގެ އަގު ވެއްޓި އިތުބާރު ގެއްލިފައިވާތީއެވެ. މީގެ ކުރިން ވެސް އެތައް ޝަކުވާއެއް އޮތް ޝަރުއީ ދާއިރާ އަމިއްލަ ފައިދާ އަށް ބަޔަކު ގަސްތުގައި ގަޑުބަޑުކުރީތީއެވެ.

ގައުމު ރޯންފެށީ އިއްޔެއަކު މިއަދު ނޫނެވެ. މާ ކުރިން ވެސް ގައުމު ރޯން ފަށައިފިއެވެ. މި ގައުމު ރޮނީ މިނިވަން ބިމެއްގައި މިނިވަންކަން ނެތި ދިރިއުޅެންޖެހިފައި ވާތީއެވެ. ގާނޫނުތަކުން އެތައް ހައްގުތަކެއް ކަށަވަރުވެ ލިބިފައިވީ ނަމަވެސް އެ ހައްގުތައް ބޭނުންކުރުމުގެ ހައްގުން ބަޔަކު މަހްރޫމްވެފައިވާތީއެވެ. ގައުމަށް ލިބެމުންދާ އާމްދަނީގެ ބޮޑު ބައެއް ވަކި ބައެއް ޖީބަށް ވަދެ ހުސްވާތީއެވެ.

އާއެކެވެ. އަހަންނަށް އިވެނީ ގައުމު ރޯއަޑެވެ. ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި ރައްޔިތުން ރޯ އަޑެވެ. އެ އަމުރު ތަންފީޒުކުރުމަށް ސަރުކާރުން ދެކޮޅު ހެދި ހިސާބުން ފެށިގެން މި ގައުމުން ރޯ އަޑު ނުކެނޑެއެވެ. ސަރުކާރުން ބުނަމުން ދަނީ އެއީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ރިޝްވަތު ނަގައިގެން ނެރުނު އަމުރެއް ކަމަށެވެ. އެހެންކަމުން ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިރާއި އެ ކޯޓުގެ އިތުރު ފަނޑިޔާރަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެބުނާ އަމުރެއްފައި އެ ކޯޓުގެ ފަސް ފަނޑިޔާރުން ވަނީ ސޮއިކުރައްވާފައެވެ. މާނައަކީ އެ އަމުރު ނެރުނީ އެންމެ ދެ ފަނޑިޔާރުން ރިޝްވަތު ނަގައިގެންނޭ ބުނުމުގެ ފުރުސަތު ނެތް ކަމެކެވެ. ސުޕްރީމް ކޯޓުން އެއްވެސް ކަމެއް ނިންމޭނީ އަދި އަމުރެއް ވެސް ނެރެވޭނީ އެ ކޯޓުގެ އަގުލަބިއްޔަތުންނެވެ. ދެ ފަނޑިޔާރުންނަކީ އަގުލަބިއްޔަތެއް ނޫނެވެ. އެހެން ކަމަށް ވާ ނަމަ ސަރުކާރުން އެ ބުނާ ގޮތަށް ރިޝްވަތު ނެގީ އެންމެ ދެ ފަނޑިޔާރުންނޭ ބުނެ ނިންމާލެވޭކަށް ނެތެއް ނޫން ހެއްޔެވެ؟ އެ ދެ ފަނޑިޔާރުން ހައްޔަރުކުރުމަށް ފަހު ބާކީ ތިން ފަނޑިޔާރުން ނެރޭ އަމުރުތަކެއް ކަމަށް ބުނެ ކުރިން ނެރުނު އަމުރުގެ ބައިތައް ވަނީ ބާތިލްކޮށްފައެވެ. މިއީ ސަރުކާރުން ބޭނުންވާ ގޮތަށް ނެރެފައިވާ އަމުރުތަކެކެވެ. އެހެންކަމުން ކަން ހިނގަމުންދަނީ ކިހިނެއް ކަމާއި ސުޕްރީމް މި ވަގުތު އޮތީ ކޮން ހާލެއްގައިކަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެނގެއެވެ. އަސްކަރިއްޔާގެ ބެލުމުގެ ދާށުގައި ސުޕްރީމް ކޯޓު ބާއްވައިގެން ނެރޭ އަމުރެއްގެ ސައްހަކަމާ މެދު ކޮންމެ މީހަކު ވެސް ޝައްކުކުރާނެއެވެ.

އާއެކެވެ. ރައްޔިތުން ރޮނީ އެމީހުން އިންސާފުގެ އުންމީދެއް ވެސް ނެތީތީއެވެ. އިންސާފަކީ އިންސާނާގެ ވުޖޫދުގައިވާ ކަމެކެވެ. އިންސާފު ގެއްލިއްޖެ ނަމަ އިންސާނާ ވުޖޫދުގައި ވުމުގެ އަސްލު ގެއްލުނީއެވެ. ރާއްޖެ މިއަދު އޮތީ އެފަދަ ހާލާތެއްގައެވެ. ގައުމު ރޮނީ މުޅި ގައުމު ވަކި މީހެއްގެ މުށު ތެރޭގައި ފިތި ބާރުވެފައިވާތީއެވެ. ތަންފީޒީ އިދާރާތައް ވަކި މީހަކު ޖަހާހާ ބެރަކަށް ނަށަމުންދާތީއެވެ. މިނިވަން މުއައްސަސާތައް ވާގި ނެތިފައިވާތީއެވެ. ސިޔާސީ ޕާޓީއެއްގެ އޮފީހުގައި ބާއްވާ ޕްރެސް ކޮންފަރެންސްތަކަކުން ފުލުހުންނާއި ސިފައިންނަށް ކޮމާންޑްކުރާތީއެވެ.

މި ފަސްގަނޑު ރޯއަޑު ދިވެހި ރައްޔިތުން އެބަ އަހަންޖެހެއެވެ. މި ގައުމު މިއޮތް ހާލަތުން އެހެން ހާލަތަކަށް ގެންދަން އެބަޖެހެއެވެ. ކޮރަޕްޝަނުގެ ނުބައި ވަބާއިން ތަގައްޔަރުވެފައިވާ މި ގައުމު ސާފުކުރަން އެބަޖެއެވެ. ގާނޫނީ އިމުން ބޭރުވެފައިވާ މި ސަރުކާރު ހަމަމަގަށް އަޅުވަން އެބަޖެހެއެވެ. މުޑުދާރުވެފައިވާ އަދުލު އިންސާފުގެ ދާއިރާ ދޮވެ ސާފުކުރަން އެބަޖެހެއެވެ. ނޫނީ މި ދިވެހި ފަސްގަނޑުން ރުއިމުގެ އަޑު ނުކެނޑޭނެއެވެ. ދިވެހި ރައްޔިތުންގެ އެ ވޭންދެނިވި ގިސްލުމުގެ އަޑު ނުކެނޑޭނެއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2020

ދިވެހިންގެ ސިއްޙީ ޚިދުމަތުގެ މާޒީ: އެއީ ކޮންފަދަ ނާމާން ކަނޑެއްގައިވި، މަތިވެރި ޤުރުބާނީއެއް ހެއްޔެވެ!

16 މާރިޗު 2020
ދިވެހިންގެ ސިއްޙީ ޚިދުމަތުގެ މާޒީ: އެއީ ކޮންފަދަ ނާމާން ކަނޑެއްގައިވި، މަތިވެރި ޤުރުބާނީއެއް ހެއްޔެވެ!
01 ފެބުރުއަރީ 2020

އާދަނާ. ހެނދުނުގެ ނާސްތާއަކީ އިސްރާފެއް ނޫނެވެ، އެއީ އިންވެސްޓެކެވެ!

01 ފެބުރުއަރީ 2020
އާދަނާ. ހެނދުނުގެ ނާސްތާއަކީ އިސްރާފެއް ނޫނެވެ، އެއީ އިންވެސްޓެކެވެ!
11 މެއި 2019

ހުސެއިން ޝިހާބްގެ ހިތް އަދު ރޮނީއޭ ނުދާށޭ: ހަނދާންނުން ފިލުވާލަން އުނދަގޫ ލަވަޔަކަށް

11 މެއި 2019
ހުސެއިން ޝިހާބްގެ ހިތް އަދު ރޮނީއޭ ނުދާށޭ: ހަނދާންނުން ފިލުވާލަން އުނދަގޫ ލަވަޔަކަށް
17 އޮކްޓޯބަރު 2018

ރައީސް ޔާމީން އެވެ، ދައުލަތް 'ކޮރު' ވީ އެކަންޏެއް ނޫނެވެ. އޮތީ 'ވާގި' ވެސް ނެތިފަ އެވެ!

17 އޮކްޓޯބަރު 2018
ރައީސް ޔާމީން އެވެ، ދައުލަތް 'ކޮރު' ވީ އެކަންޏެއް ނޫނެވެ. އޮތީ 'ވާގި' ވެސް ނެތިފަ އެވެ!
15 މެއި 2018

އިދިކޮޅު ކެންޑިޑޭޓް ކަނޑައަޅާނީ އިދިކޮޅު ފަރާތްތަކުންނެވެ. ސަރުކާރަކުން ނޫނެވެ.

15 މެއި 2018
އިދިކޮޅު ކެންޑިޑޭޓް ކަނޑައަޅާނީ އިދިކޮޅު ފަރާތްތަކުންނެވެ. ސަރުކާރަކުން ނޫނެވެ.
03 މެއި 2018

ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.

03 މެއި 2018
ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.
28 އެޕްރީލު 2018

ހުކުމް ކުރަނީ ޖަލަށެވެ. މަރާކަށް ނޫނެވެ.

28 އެޕްރީލު 2018
ހުކުމް ކުރަނީ ޖަލަށެވެ. މަރާކަށް ނޫނެވެ.
29 ޖެނުއަރީ 2018

ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.

29 ޖެނުއަރީ 2018
ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.
18 ޖެނުއަރީ 2018

ގުޑް މޯނިން ޓްވީޓް ކުރިޔަސް ޒިންމާ އަދާކުރެވުނީކީ ނޫނެވެ!

18 ޖެނުއަރީ 2018
ގުޑް މޯނިން ޓްވީޓް ކުރިޔަސް ޒިންމާ އަދާކުރެވުނީކީ ނޫނެވެ!
04 ނޮވެމްބަރު 2017

މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.

04 ނޮވެމްބަރު 2017
މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު