Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ ހައްޔަރީން

ހުކުމް ކުރަނީ ޖަލަށެވެ. މަރާކަށް ނޫނެވެ.

ޖަލަށް ހުކުމް ކުރާ ގިނަ ބައެއްގެ ސިއްހީ ކަންކަމުގައި ސަރުކާރުން ދަނީ އިހުމާލުވަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 28 އެޕްރީލު 2018 | ހޮނިހިރު 13:07
ކުރީގެ ޕީޖީ މުހުތާޒް މުހުސިން

ކުރީގެ ޕީޖީ މުހުތާޒް މުހުސިން

2015ވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގައިދިޔަ ކަންކަމަށް ފަހު، ދެން ފެންނަން ފެށީ ފުލުފުލުގައި މީހުން ޖަލަށް ލާން ފެށިތަނެވެ. ސަރުކާރުގައި އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންނާއި ހިސާބުން ފެށިގެން ގޮސް، އިދިކޮޅު އިސް ލީޑަރުންނާއި އާއްމު ރައްޔިތުން ޖަލަށް ލާން ފެށިއެވެ. ބައެއް ފަރާތްތަކުގެ ޝަރީޢަތްތައް ކުރިއަށް ދިޔަ ސްޕީޑުގެ އަވަސް މިނަކީ، ޝަރީޢަތުގެ މަޖިލީހެއް ނިމި، އެމަޖިލީހުގައި ހިނގައިދިޔަ ކަންކަމުގެ ތަފްޞީލީ މައުލޫމާތު ހިމެނޭ ރިޕޯޓެއް ނޫސްވެރިޔަކަށް ލިޔެ ނުނިމެނީސް އަނެއް މަޖިލިސް ބާއްވައެވެ. ޝަރީޢަތްތައް ފަޓާސް ބަރިއެއް ގޮއްވާލާ އުޞޫލުން ފުލުފުލުގައި ގެންގޮސް ނިންމާލިއިރު، ކުށެއް ކުރި މީހަކަސް، ނުކުރާ މީހަކަސް އެއް އުޞޫލަކުން، ޤާނޫނުތަކާއި ފުށުއަރާފަދަ ގޮތަކަށް ޝަރީޢަތްތައް ކުރިއަށް ދިޔަ ކަމަށް މުޅި ދުނިޔެއިން ބުނަން ފެށިއެވެ.

އެތައް ބަޔަކު ޖަލަށްލުމަށް ފަހު ދެން އިވެން ފެށީ ބިރުވެރި ވާހަކައެކެވެ. ޖަލުގައި ތިބި ސިޔާސީ ފަރާތްތަކަށް އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭ ވާހަކައެވެ. ޖަލުގައި އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ހިންގުން މާޒީވެ ހިނގައްޖެ ކަމަށް ހީކުރި ދިވެހިންނަށް މި އަޑުތައް ވީ އަހަން އުނދަގޫ އަޑު ތަކަކަށެވެ.

2015ވަނަ އަހަރަށް ފަހު ޖަލުގައި ބަންދުކުރެވުނު ސިޔާސީ ފަރާތްތަކުގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރ) މުހައްމަދު ނާޒިމްއާއި ކުރީގެ ޕީޖީ މުހުތާޒް މުހުސިންގެ އިތުރުން ވެސް އެތައް ބަޔެއްގެ ސިއްހީ ކަންކަމަށް ސަރުކާރުން ވަނީ އިހުމާލުވެފައެވެ.

ރައީސް ނަޝީދު ބަންދު ކޮށްގެން އުޅުމުން ބައިނަލްއަޤްވާމީ ޕްރެޝަރ ބޮޑުވެ، ސަރުކާރަށް ނުކަތާ ވަރުވުމުން އެމަނިކުފާނު ރާއްޖެއިން ބޭރަށް ފޮނުވަން ޖެހުމުން އެކަން ސަރުކާރުން މަޖުބޫރީ ހާލަތުގައި ކުރިއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޙާލަތުއްޟަރޫރާ މެދުވެރިވިއެވެ.

ބާކީ ތިއްބެވި ބޭފުޅުން މިއަދުވެސް ޖަލުގައި ތިބިއިރު، އެބޭފުޅުންގެ ސިއްހީ ކަންކަމަށް ސަރުކާރުން އިހުމާލުވާ ވާހަކަ ކޮންމެ ދުވަހަކު އާއިލާއިން އެދަނީ ދައްކަމުންނެވެ. ލޮލުގެ ޑޮކްޓަރަކަށް ދައްކަން ބުނުމުން ހަމުގެ ޑޮކްޓަރުންނާއި ކަށީގެ ޑޮކްޓަރުންނަށް ދައްކަމުންދާއިރު، މިއީ ސަރުކާރުން ޖެއްސުމަށް ކުރާ ކަމެއްކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. ނުވަތަ ހަޤީގަތުގައި ވެސް ހަމުގެ ނުވަތަ ކަށީގެ ބައްޔެއް ހުރެ، ސަރުކާރުން އާއިލާއަށް އެކަން ސިއްރުކޮށްގެން އުޅެނީހެއްޔެވެ؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނިމިދިޔަ ހަފްތާގައި ކޯޓަށް ވަޑައިގެން އެދެއްކެވި ވާހަކަތަކުން ޖަލުން ބޭރުގައި ތިބި ކޮންމެ ރައްޔިތަކު ވިސްނާލަން ޖެހެއެވެ. ލޮލުގެ ފެނުން ނުގެއްލެނީސް އެކަމަށް ހައްލެއް ހޯދައިދިނުމަށް އަދީބު އާދޭސް ދެންނެވިއިރު، ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް އެދެވެނީ ލާއިންސާނީ އަނިޔާއެވެ. ކުށްވެރިޔަކަސް، މިނިވަނަކަސް ލިބިގެންވާ ހައްޤުތައް ލިބިދޭން ޖެހޭނެއެވެ. ސަރުކާރުން ކުރިން ބުނަމުން ދިޔައީ އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާނެ ކަމަށާއި، ރާއްޖެއަށް ޑޮކްޓަރުން ގެނެސްގެން ވެސް ބޭސްފަރުވާ ކުރެވިދާނެ ކަމަށެވެ. އެހެން ކަމަށްވާނަމަ ލޮލުގެ ޑޮކްޓަރަކަށް ދެއްކުމުގެ ކަންތައް ސަރުކާރަށް ނުވާނަމަ، އާއިލާއާއި އެކަން ހަވާލުކޮށްގެން ކޮށްދިނުމަށް އަދީބުގެ އަނބިކަނބަލުން އެކުރައްވާ އާދޭހަށް ސަރުކާރުން އިޖާބައެއް ނުދެނީ ކީއްވެތޯއެވެ؟ މިވެސް ސަރުކާރުން ދައްކާ ޖޯކު ވާހަކައެކެވެ. ޖަލުގައި ހުރި މީހަކު ލޮލުގެ ޑޮކްޓަރަށް ދައްކަން ނަމްބަރެއް ނުލިބޭ ކަމަށް ބުނެފައި، އަނގަ ފުޅާކޮށްފައި ސިިއްހީ ދާއިރާގެ ތަރައްޤީއޭ ކިޔައި، ކޮންމެ މީހަކު އެދައްކަނީ ކޮން ވާހަކައެއްތޯއެވެ؟ އެހާ ތަރައްޤީނަމަ ލޮލުގެ ޑޮކްޓަރަކަށް ނަމްބަރެއް ލިބޭނެއެވެ. ދައްކާ ވާހަކަ ދެކޮޅު ޖައްސަވާށެވެ.

ކުރީގެ ޕީޖީ މުހުތާޒްގެ ސިއްހީ ކަންތަކުގައިވެސް ސަރުކާރުން އިހުމާލުވާކަމަށް އާއިލާއިން ދަނީ ބުނަމުންނެވެ. ޤަވާޢިދުން ފިޒިއޯތެރަޕީ ދޭން އެންގުމުން ކަރެކްޝަންސްއިން އެކަން ކޮށްފައި އޮތް ގޮތް އެހެރީ ލިޔެކިޔުންތަކުން ފެންނާށެވެ. ޤަވާޢިދުން ކޮންމެ ދުވަހަކު ހަދަން ޖެހޭ ފިޒިއޯތެރަޕީ ހަދާފައި ހުންނަނީ ކަރެކްޝަންސްއިން ހިތަށް އެރި ދުވަހަކުއެވެ. ސިއްހީ އެކި މައްސަލަތަކާއި ހެދި ހަދަން ދިން ޓެސްޓްތަކުގެ ތެރެއިން އެއް ޓެސްޓް ރާއްޖެއިން ހެދެން ނެތުމުން، އެޓެސްޓް ހަދަން ރާއްޖެއިން ބޭރަށް ދާން ހުއްދައަށް އެދުމުން އެކަން ކޮށް ނުދޭކަމަށް ބުނެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރާއްޖޭގައި ހުރި ހަމައެކަނި ދިވެހި ނިއުރޯސާޖަން ހަދަން ރެކޮމެންޑްކުރި ޓެސްޓެއް އެއީ ހަދަން ނުޖެހޭ އެއްޗެއް ކަމަށް ކަށީގެ ޑޮކްޓަރަކު ބުނި ކަމަށް ބުނެ ކަރެކްޝަންސްއިން ދަނީ އެޓެސްޓް ހަދަން ދެކޮޅު ހަދަމުންނެވެ. އަދި އެކަށީގެ ޑޮކްޓަރު މުހުތާޒް ބައްލަވަން އިންނަވާފައި ކުއްލިއަކަށް ބޭރަށް ނިކުމެވަޑައިގެން އިރުކޮޅެއްވުމަށް ފަހު އަނެއްކާ ވަޑައިގެން އެއީ ހަދަން ނުޖެހޭ ޓެސްޓެއް ކަމަށް ވިދާޅުވީމާ، އާއިލާއިން ސުވާލު އުފައްދާ އެތައް ކަމެއް އެބަހުއްޓެވެ. އަދި މިއީ ހަމަ އަދީބު ލޮލުގެ ޑޮކްޓަރަށް ދައްކަން ބުނުމުން ހަމުގެ ޑޮކްޓަރަކަށް ދެއްކުން ފަދަ ކަމެކެވެ. ނާރުގެ މައްސަލައެއްގައި ނާރުތަކުގެ ސަރޖަރީއާއި ބެހޭ ޑޮކްޓަރަކު ހަދަން ޖެހޭ ކަމަށް ބުނި ޓެސްޓެއް ހަދަން ނުޖެހޭ ކަމަށް ކަށީގެ ޑޮކްޓަރަކު ލައްވާ ބުނުވުމުން، ސަރުކާރުން ގަސްދުގައި ފަރުވާ ނުދޭން އުޅެނީ ކަމަށް ޢާއިލާއިން ޤަބޫލުކުރެއެވެ. މިހާރު އަނެއްކާވެސް ހާލު ދެރަވެގެން ޖަހަން ޖެހޭ އިންޖެކްޝަނެއް ޖެހުމަށް ތައްޔާރުވަމުންދާއިރު، މުހުތާޒުގެ އާއިލާގެ އާދޭހަކީވެސް ބޭސްފަރުވާގެ މަގު ފަހިކޮށްދިނުމެވެ.

ޖަލުގައި ތިބި ޤައިދީގެން އާއިލާތަކުގެ ޝަކުވާތައް އަޑު އަހާލުމުން ހީވަނީ ޖަލަށް ހުކުމް ކުރުމުގެ ބަދަލުގައި ޤައިދީންނަށް ހުކުމްކޮށްފައިވަނީ މަރުގެ ހުކުމެއް ހެންނެވެ. އެއީ އެކަން ވެެގެން ވާނެ ގޮތެއް ނޫނެވެ. ޖަލުގައި ތިބޭ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމަކީ ސަރުކާރުގެ މައްޗަށް ވާޖިބު ކަމެކެވެ. އެކަން ނުކޮށްފިނަމަ، އެކަމަށް އިހުމާލުވި ބަޔަކު ޒިންމާދާރު ކުރުވޭނެ ދުވަހެއް އަންނާނެއެވެ. އެދުވަހަކުން އެބަޔަކު ޖަލަށް ހުކުމް ކޮށްފިނަމަ، އެބަޔަކު ޖަލުގައި ބައިތިއްބައިގެން މިހާރު އަމަލުކުރާ ބީދައިން އަމަލުކުރަން އެފަރާތްތަކުން އެދޭނެ ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު