Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރޯދަ 1440

ހުސެއިން ޝިހާބްގެ ހިތް އަދު ރޮނީއޭ ނުދާށޭ: ހަނދާންނުން ފިލުވާލަން އުނދަގޫ ލަވަޔަކަށް

ލަވަ އުފެއްދުމުގައި ބައިވެރިވި މީހުން އެކަމަށް ފަހުރުވެރިވޭ

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް, ރާއްޖެ އެމްވީ | 11 މެއި 2019 | ހޮނިހިރު 18:33
ހިތްއަދު ރޮނީ މިލަވައިގެ މަންޒަރެއް އަދި ލަވަ ވިދާޅުވި ހުސެއިން ޝިހާބް

ހިތްއަދު ރޮނީ މިލަވައިގެ މަންޒަރެއް އަދި ލަވަ ވިދާޅުވި ހުސެއިން ޝިހާބް

މ. ބަގީޗާގޭ އަލްމަރްހޫމް އިބްރާހިމް ޝިހާބްގެ ދަރިކަލުން ހުސެއިން ޝިހާބް އިސްކޮށް ހުންނަވައި 1980 ގެ ކުރީކޮޅު އުފެއްދެވި ދިވެހި ފިލްމް "ފުން ޒަހަމް" ގެ "ހިތްއަދު ރޮނީއޭ ނުދާށޭ" ލަވަޔަކީ މިއަދު ވެސް މަގުބޫލް ކަމަށް ބަދަލެއް ނާންނަ ލަވައެކެވެ. ސަބަބަކީ ޅެމުގެ އެމުނިއެކުލެވުމާ ބަސްތިލަކަމާއި ޅެމުން ގެނެސްދީފައިވާ ވާހަކަ ކޮންމެ މީހެއްގެ ހަޔާތާ ވެސް ގުޅުން ބޮޑުވުމެވެ.

އިޝްޤުގައި ޖެހި ހިތް ހަލާކުވެފައިވާ މީހެއްގެ ހިތަށް އަރާ ފައިބައިގެންދާނެ ކަންކަން ސިފަ ކޮށްދީފައިވާ މި ލަވައިގެ ޅެން ހައްދަވައި ދެއްވާފައިވަނީ ހުސައިން ޝިހާބު ބޭނުންވި ބައިތަކުގެ މައްޗަށް، މަޝްހޫރު ޅެންވެރިޔާ އަލްމަރުހޫމް ޔޫސުފް މުހައްމަދު ފުޅެވެ. ޅެންވެރިކަމުގެ މަޝްހޫރު ނަމުން ނަމަ އެދުރުބެ އެވެ. ލަވަ ވިދާޅުވެފައި ވަނީ ހުސައިން ޝިހާބެ އެވެ.

ދިވެހި މިއުޒިކްގެ ރަން ޒަމާނުގައި މި ލަވައިގެ މިއުޒިކް އަމިއްލަ ރާގަށް ހަދާފައިވަނީ " ޓްވެންޓީ ސެންޗަރީ ބީސީ" އިން އިންނެވެ.

މި ލަވައިން އަދި ފިލްމުން ވެސް ފެންނަ ފިރިހެން އެކްޓަރަކީ މ. މުލަންމާގޭ މުހައްމަދު ހަލީމެވެ. އަންހެން އެކްޓަރަކީ ރ. މަޑުއްވަރީ ، ނޫވިލާގޭ ހައްވާ ހުސެއިންއެވެ.

ހަލީމް ބުނި ގޮތުގައި އެފިލްމް ކުޅުމަށް ފުރުސަތު ލިބިގެން ދިޔައީ އީޕީއެސްގައި ކިޔަވަން އުޅުނުއިރު އުޅުނު ރަހްމަތްތެރިންގެ ފަރާތުންނެވެ. ސްކޫލް ދައުރުގައި ހަލީމް ވެސް ސްޓޭޖް ޑްރާމާތައް ކުޅުމުގައި ހަރަކާތްތެރިވި އެވެ.

ފިލްމު ކުޅުމަށް ފުރުސަތު ލިބިގެން ދިޔައީ، އޭރު އެފަދަ ކަމެއް ކުރާނެ މީހަކު ނުވެގެން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ގަބޫލް ކުރެވޭ ކަމަށް ހަލީމް ބުންޏެވެ. އެންމެ 20 އަހަރުގައި އެ ފިލްމު ކުޅެފައިވާ، މިހާރު އަމިއްލަ ޓޫރިޒަމް ދާއިރާގެ ވިޔަފާރީގައި އުޅުއްވާ އުމުރުން 50 އަށް ވުރެ މައްޗަށް ގޮސްފައިވާ ހަލީމް ކުޅުނު ލަވަ ކިތަންމެ މަޝްހޫރު ވި ނަމަވެސް، އެ ލަވައިގެ ހަނދާންތައް އޭނާ އާކުރަން ބޭނުމެއް ނުވެ އެވެ.

ލަވައިގައި އެކްޓްކުރި މުހައްމަދު ހަލީމް

ހަލީމް އާއެކު ފެންނަ ޒުވާން އަންހެން ކުއްޖާ، ހައްވައަށް އޭރު އެންމެ 17 އަހަރެވެ. ފިލްމު ކުޅުނުއިރު ހައްވަ ހުރީ ޓީޗިން ޓްރެއިން ހެދުމަށް މާލެ އައިސް ހ. ޝަފީގުގޭގަ އެވެ.

ލަވައިގައި އެކްޓްކުރި ހައްވަ

"އެގޭގައި ހުންނަވަނިކޮށް ހުސެއިން ޝިހާބަށް ފެނިވަޑައިގެން ފިލްމެއް ކުޅުމަށް ހައްވަ ރަގަޅު ކަމަށް ޝަފީގްގޭ ޝަފީގް އަރިހުގައި ދެންނެވުމުން ޝަފީގްގެ އެދިލެއްވުމަކަށް އެކަން ކުރީ،" މިހާރު އުމުރުން 52 އަހަރުގެ ހައްވަ ބުންޏެވެ.

ހައްވައަކީ މިހާރު ވެސް މަޑުއްވަރީ ސްކޫލްގެ ޓީޗަރެކެވެ.

ކ. ތުލުސްދޫގައި ހަލީމް އާއި ހައްވި ފިލްމުގެ މަންޒަރުތައް ނެގިތާ 30 އަށް ވުރެ ގިނަ އަހަރު ވެފައިވާއިރު، އޭގެ ފަހުން އެ ދެ މީހުން ބައްދަލެއް ނުވެ އެވެ. ނަމަވެސް އެއީ ހަނދާނުން ފިލައިގެން ދާނެ މަންޒަރުތަކެއް ހަނދާންތަކެއް ނޫންކަން ދެ މީހުންގެ ވާހަކަތަކުން އެނގުނެވެ.

ހުސެއިން ޝިހާބް ލަވަ ވިދާޅުވެފައިވާލެއް އަސަރު ގަދަކަމާއެކު، އަދި ލަވަ ގިނަ ބަޔެއްގެ ހަޔާތާ ގުޅުން ހުރުމާއެކު، ލަވައިގެ މަޝްހޫރު ކަމަށް ފަނޑުވުމެއް ނާދެ އެވެ. އެކި އެކި ސްޓޭޖްތަކުގައި މިހާރުގެ ފަންނާނުން އެ ލަވަ ކިޔަމުންދެ އެވެ. މޯލްޑިވިއަން އައިޑަލްގައި ވެސް ދެ އަހަރެއްގައި އެ ލަވަ ކިޔާފައިވެ އެވެ.

މި ލަވައިން މިހާރު ވެސް އެތައް ބަޔަކު ރޮއްވާލަ އެވެ. އަދި ހިތަށް ތަދުވެފައިވާ އެތައް ބަޔެއްގެ ހިތުގެ ފަރުވާއަކަށް މި ލަވަވެގެން ދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު