Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮރަޕްޝަނާއި، ވައްކަން

މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.

މި ރާއްޖެއަކީ އަހަރެމެންގެ ބޮލުގައި އެޅިފައިވާ ތާޖު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2017 | ހޮނިހިރު 09:52
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ގައުމުގައި މިވަނީ އާންމުވެފަ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ގައުމުގައި މިވަނީ އާންމުވެފަ

އަހަންނާއި ތިބާ މިވަނީ އޮޅުންއަރައި ހަދާނެ ގޮތެއް ނޭނގިފަ އެވެ. ވެރިންގެ ކިބައިން ސާފު ޖަވާބަކަށް ބޭނުންވެފަ އެވެ.

އަހަންނާއި ތިބާއަށް މިގައުމުން ލިބިފައިވާ އެއްޗަކީ ހަމައެކަނި ވެލިމުށެކެވެ. ވަންނާނެ ތަނެއް، ބޯހިޔާކޮށްލާނެ ފުރާޅެއް ނުލިބެ އެވެ. މިގައުމުގެ ކޮންމެ މުއްސަންޖެއްގެ ގެއެއްގެ އަސްކަންޏަކީ އަހަރެމެންގެ ގެ އެވެ. މިފަދަ ކޮންމެ ގެއެއްގެ އަށްޓަކީ އަހަންނާއި ތިބާގެ ތަންމައްޗެވެ. މި އަށީގައި ބުރަކަށި ޖައްސާލުމަށް ތިބާއާއި އަހަރެން ގަނަ ތެޅި ބުރަ މަސައްކަތް ކުރަމެވެ. ހަތަރުފޫޓުގެ އަށްޓަކަށް މަހުގެ އުޖޫރަ އެއްކޮށް އަހަރެމެން ހޭދަކުރަމު އެވެ. އަހަރެމެން މިތިބީ މި ކަންތައްތަކާ މެދު ބަހެއް ނުބުނެ، ކެތްތެރިވެ، ލިބުނު އެއްޗަކުން ފުއްދާލައިގެންނެވެ. ނުލިބުނު އެއްޗަކާ ވަކީލު ކޮށްގެންނެވެ. އަހަރެމެންގެ ފަގީރުކަމާއި ނިކަމެތިކަމާ މެދު އަހަރެމެން ކަންބޮޑެއް ނުވަމެވެ. ނަމަވެސް، އަހަރެމެން މިތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. ރަށު ތެރޭގައި ފެތުރިފައިވާ ދުންފިނީގެ ސަބަބުން ތަންދޮރު ވަކިނުވާތީ އެވެ. ހާއްސަކޮށް ތަންދޮރު ވަކިވުމުން އަހަރެމެންގެ ވެރިން އެއްކިބާވެފައިވާތީ އަހަރެމެން މިވަނީ ހަދާނެ ގޮތް ހުސްވެފަ އެވެ. ވެރިންގެ މި ތަންދޮރު ނުފިލުމާ މެދު އަހަރެމެން ހާދަހާ ކަންބޮޑުވެ ބިރުގަންނަމެވެ.

އަހަރެމެންގެ ހިތުގައި އަޅާ ވޭނާއި ޝަކުވާއަކީ މިއީ އެވެ. ހަމަ އެއްގޮތަކަށް ވެސް، އަހަރެމެންގެ ފަގީރުކަމާއި ނިކަމެތިކަމާ މެދު ކަންބޮޑެއް ނުވަމެވެ.

އޭ މިގައުމުގެ ވެރިކަމުގެ ތަޚުތުގައި ތިބި އިއްޒަތްތެރި ވެރިންނެވެ. ތިޔަ ބޭފުޅުން އިރާދަކުރެއްވިއްޔާ ތިޔަ ގެންދަވަނީ ވެރިކަމެއް ކުރައްވަމުންނެވެ. ތިޔަ ކުރައްވަމުން ގެންދަވާ ވެރިކަން ހަމަ އެންމެ ރަނގަޅެވެ. ވަރަށް ސަޅި އެވެ. ބަޔަކު ވެގެން ގެނައި ބަޣާވާތް ވެފައި މިވަނީ ތިޔަ ބޭފުޅުންނަށް ލިބިލެއްވި ޣަނީމާ މުދާ ގަނޑަކަށެވެ. މުޅި ގައުމު ވެގެން މި ދިޔައީ ވަރަށް ފުރިހަމަ ޣަނީމާ މުދާގަނޑަކަށެވެ. ތިޔަ ގެންދަވަނީ ބައިބަޔަށް ފަޅިކޮށްގެން ޣަނީމާ މުދާ ކަމުންނެވެ. އަހަރެމެން ފަދަ ފަގީރުންނާއި ނިކަމެތިންގެ މުދާ ކައި ހުސްކުރަމުންނެވެ. އަހަރެމެން ދެ ރޮށިން ފުއްދާލާއިރު، ތިޔަ ބޭފުޅުން ތިޔަ ގެންދަވަނީ ބައިތުލްމާލުގެ ފޫކަހައިގެން ކަމުންނެވެ. އެއްކަލަ އަށީގައި އަހަރެމެން ނިދާއިރު، ތިޔަ ބޭފުޅުން ތިޔަ ގެންދަވަނީ ބުރިބުރިއަށް ގެ ހިއްލަމުންނެވެ.

ދުނިޔެ ނުލިބިދާނެތީ އަހަރެމެން ކަންބޮޑެއް ނުވަމެވެ. އަދި ކިއެއްތަ، އެކަމާ އަހަރެމެންގެ ފަރުވާލެއް ވެސް ނެތެވެ. ދުނިޔެއަކީ ތާއަބަދު އުޅެން އޮތް ތަނެއް ނޫންކަން އަހަރެމެން ދަންނަމެވެ. މިި ބިންމަތީގައި ގަދަފައި ވިއްދައިގެން، ގޮށް މުށުގެ ބާރުގައި ތާއަބަދު ނޫޅެވޭނެކަން ވެސް އަހަރެމެން ދަންނަމެވެ. މިއީ އަބަދު އަހަރެމެން ހިނގަހިނގާ ތިބޭނެ ތަނެއް ނޫނެވެ. އަހަރެމެން ފަދަ ނިކަމެތިންނަށް ހުރި އުފަލަކީ އެއީ އެވެ. އާޚިރަތަށްޓަކައި އަހަރެމެން ގަދައަޅާ ކުރާ މަސައްކަތެވެ. އޭ ބޮޑެތި ލަގަބުތަކާއި މަގާމުތަކުގެ ވެރިންނެވެ. އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގެ އެވެ. ތިޔަ ކުރައްވަމުން ގެންދަވާ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް އެނގެ އެވެ. ދުވަހެއްގައި ވެސް ތިޔަ ބޭފުޅުންގެ ބައިވެރިން ކަމުގައި އަހަރެމެން ނުވާނަމެވެ. ތިޔަ ބޭފުޅުންގެ ފަސާދައިގެ ސަޓަނިގަނޑުގައި އަހަރެމެން ބައިވެރިނުވާނަމެވެ.

އަހަރަމެންގެ ހުވަފެނަކީ ހަމަ އެންމެ ކަމެކެވެ. އަހަރެމެންގެ ގައުމު އަހަރެމެންގެ އަތުގައި އޮތުމެވެ. ޚިޔާނާތާއި ފަސާދައިން އަހަރެމެންގެ ގައުމު ސަލާމަތްވެފައި އޮތުމެވެ. މި ވިލު ނޫކުލައިގެ މޫދާއި، މި ދޮންވެލި ތުނޑިތައް އަހަރެމެންގެ އަތުގައި އޮތުމެވެ. ހުރިހާ މަގާމުތަކާއި ފައިދާތަކެއް ތިޔަ ބޭފުޅުން ގެންދަވާށެވެ. ހުރިހާ މުދަލެއްވެސް ތިބޭފުޅުންނަށެވެ. އެހެން ނަމަވެސް އަހަރެމެންގެ ގައުމު އަހަރެމެންނަށް އަނބުރާ ދޭށެވެ. އެހެނީ މިއީ އަހަރެމެންގެ ރާއްޖެއެވެ. މިއީ ޝަހީދު ހުސައިން އާދަމާއި، ދޮންބަންޑާރައިންނާއި، އަލިރަސްގެފާނުގެ ވަތަނެވެ. ތިޔަ ބޭފުޅުންނަށް ހެޔޮ ވެރިކަމެއް ނުކުރެއްވެވޭނަމަ އަވަހަށް ދުރަށް ވަޑައިގަންނަވާށެވެ. އަހަރެމެން މިގައުމު ބަލާނަމެވެ. މިއީ އަހަރެމެންގެ ލޯބިވާ ރާއްޖެ އެވެ.

އޭ އަހަރެމެންގެ ލޯބިވާ ރާއްޖެއާއެވެ. ކަލާ ތިއީ އަހަރެމެންގެ ލޯބިވެރިޔާ އެވެ. އަހަރެމެން އެންމެންގެ އިއްޒަތާއި، އަހަރެމެންގެ ބޮލުގައި އެޅިފައިވާ ރަނާއި ޖަވާހިރުގެ ތާޖެވެ. އޭ އަހަރެމެން ހުރިހާ ރައްޔިތުންގެ ފަޚުރުކަމުގައިވާ ރާއްޖެއާއެވެ. ކަލާ ތިއީ ގައުމަށްޓަކައި ގަދަ އަޅައި މަސައްކަތް ކުރާ ނިކަމެތި މީހާގެ ވެސް ވަތަނެވެ. އަދި ސިޔާސީ މީހާއާއި މުއްސަނދި މަހުޖަނުގެ ވެސް ވަތަނެވެ. އެހެން ހުރިހާ އެއްޗަކަށް ވުރެ ކަލާގެ އަގު މާބޮޑެވެ. އަދި އެހެން ހުރިހާ އެއްޗަކަށް ވުރެ ކަލާ މާބޮޑަށް ވެސް ރީއްޗެވެ. ހުރިހާ މަގާމުތަކާއި ގޮނޑިތަކަށް ވުރެ ތިބާ މާބޮޑަށް މަތިވެރިވެގެންވެ އެވެ.

އޭ ބޮޑެތި ލަގަބުތަކާއި މަގާމުތަކުގެ އިއްޒަތްތެރި ވެރިންނެވެ. އަހަރެމެންނަށް ސާފު ޖަވާބެއް ދީބަލާށެވެ. އަހަރެމެންގެ ގައުމު ޖަހައިގަނެގެން ތިޔަ އުޅެނީ އަހަރެމެންނަށް ކޮން ކުށެއް ކުރެވިގެން ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާރިޖީ ސިޔާސަތު: ޗައިނާއަށް ނުއަގުގައި ވިއްކާ މުދާގަނޑެއް

ޚާރިޖީ ސިޔާސަތު: ޗައިނާއަށް ނުއަގުގައި ވިއްކާ މުދާގަނޑެއް

31 ޑިސެމްބަރު 2017
އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

10 ޑިސެމްބަރު 2017
ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟

ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟

28 އޮކްޓޯބަރު 2017
ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017
ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

07 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު