Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ބައެއް ފްލައިޓްތަކުގެ ކްރޫން ރާއްޖޭގައި މަޑުކުރުން ހުއްޓާލައިފި

25 ފެބުރުއަރީ 2018 | އާދީއްތަ 04:24

ޓޫރިސްޓުން އަންނަ އަދަދު ދަނީ ދަށްވަމުން

| 25 ފެބުރުއަރީ 2018 | އާދީއްތަ 04:24
ޗައިނާ އީސްޓާންގެ މަތިންދާ ބޯޓެއް: ރާއްޖެ އަންނަ މި އެއާލައިންގެ ފްލައިޓްތަކުގެ ކްރޫން މިހާރު މަޑުކުރަނީ ކޮލަމްބޯގައި

ޗައިނާ އީސްޓާންގެ މަތިންދާ ބޯޓެއް: ރާއްޖެ އަންނަ މި އެއާލައިންގެ ފްލައިޓްތަކުގެ ކްރޫން މިހާރު މަޑުކުރަނީ ކޮލަމްބޯގައި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ފަހުން އަންނަ ޗައިނާގެ ބައެއް ފްލައިޓްތަކުގެ ކްރޫން ރާއްޖޭގައި މަޑުކުރުން ހުއްޓާލައިފި އެވެ.

ބައެއް ހޮޓެލްތަކުގެ އޮފިޝަލުން ބުނި ގޮތުގައި ކޮންމެ ދުވަހަކު ވެސް ޗައިނާގެ ދެތިން ފްލައިޓް ރާއްޖެއަށް އަންނައިރު، ފެބްރުއަރީ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ކުރިން އެ ފްލައިޓްތަކުގެ ކްްރޫން މަޑުކުރަނީ ރާއްޖޭގަ އެވެ. ނަމަވެސް މިހާރު ގިނަ ފްލައިޓްތަކުގެ ކްރޫން ރާއްޖޭގައި މަޑުކުރުމުގެ ބަދަލުގައި ދަނީ ކޮލަމްބޯއަށް ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

"ޗައިނާ އީސްޓާން އާއި ޗައިނާ ސަދާންގެ ފްލައިޓްތައް ކޮންމެ ދުވަހަކު ވެސް އާދޭ. އޭގެ ގިނަ ފްލައިޓްތަކުގެ ކްރީން މިހާރު ރާއްޖޭގައި މަޑުކުރުން ވަނީ ހުއްޓާލާފައި. މިއީ ހޮޓާތަކަށް ވަރަށް ބޮޑު ގެއްލުމެއް،" މަޝްހޫރު ހޮޓަލެއްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ނަން ހާމަނުކުރަން އެދި ވާހަކަ ދެއްކެވި އެ އޮފިޝަލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އޮކިއުޕަންސީ ވެސް މިހާރު ވަނީ އިންތިހާއަށް ދަށަށް ގޮސްފަ އެވެ.

"މިއީ ތާރީޚްގައި ވެސް ދަށް ނުދާވަރަށް ޓޫރިޒަމް ދަރަށް ގޮސްފައިވާ ދުވަސްވަރެއް. ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެމިގެންދަންޏާ ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް ބުނެ، މިހާރު ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ފުލުހުންނަށް އެންގި އެންގުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ތާއިދުކުރެއްވި ނަމަވެސް އެއްވެސް މީހަކު ދޫކުރުމުގެ ބަދަލުގައި ހައްޔަރުކުރާ މީހުން ދަނީ އިތުރުވަމުންނެވެ.

ގާނޫނާ ހިލާފު ކުއްލި ހާލަތެއް ކަމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ވެސް ބުނަމުންދާއިރު، މި ހާލަތު 45 ދުވަހަށް ދިގު ދަންމާލާފައި ވަނީ ސަރުކާރުގެ ހުދުމުޚްތާރުކަން ދެމެހެއްޓުމަށް ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. މި ދުވަސްވަރު ދައުލަތުގެ ދެ ބާރުކަމުގައިވާ ގާނޫނު އަދާ މަޖިލީހާއި ސުޕްރީމް ކޯޓް އަސްކަރިއްޔާއިން ހިސޯރުކޮށްފައިވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް