Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސްރީދޭވީ

ސްރީދޭވީ މަރުވެއްޖެ

25 ފެބުރުއަރީ 2018 | އާދީއްތަ 10:05

މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ދުބާއީގައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 25 ފެބުރުއަރީ 2018 | އާދީއްތަ 10:05
ސްރީދޭވީ

ސްރީދޭވީ

ބޮލީވުޑްގެ މަޝްޙޫރު ބަޠަލާ އަދި ޕްރޮޑިއުސަރ ސްރީދޭވީ ކަޕޫރް މަރުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ސްރީދޭވީ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ދުބާއީގައެވެ. މަރުވިއިރު އުމުރުން 54 އަހަރެވެ. މަރުވިއިރު ކައިވެނިކޮށްގެން އުޅުނީ ފިލްމް ޕްރޮޑިއުސަރ ބޮނީ ކަޕޫރާއެވެ. ބޮނީ އާއި ސްރީދޭވީއަށް ދެކުދިން ލިބިފައިވެއެވެ.

ބޮނީ އާއި ކައިވެނި ކުރުމުގެ ކުރިން ސްރީދޭވީ ވަނީ ބޮލީވުޑްގެ ލެޖެންޑް މިތުން ޗަކްރަބޮތީ އާއިވެސް ކައިވެނިކޮށްފައެވެ. އެ ކައިވެންޏަށް ކުއްޖަކު ލިބިފައެއް ނުވެއެވެ.

ސްރީދޭވީގެ އާއިލާއިން ބުނެފައިވަނީ ސްރީދޭވީ މަރުވީ އާއިލާ މީހެއްގެ ކައިވެންޏަށް ދުބާއީއަށް ގޮސް އުޅެނިކޮށް ޖެހުނު ކުއްލި ހާޓްއެޓޭކެއްގެ ސަބަބުން ކަމަށާއި، އޭނާއަށް ހާޓް އެޓޭކް ޖެހުމުގެ ކުރިން ސިއްޙަތު އާދައިގެ ގޮތެއްގައި ރަނގަޅު ކަމަށެވެ.

ސްރީދޭވީގެ ކުއްލި މަރާއި ގުޅިގެން ބޮލީވުޑްގެ ފަންނާނުންނާއި، އިންޑިއާގެ ރައްޔިތުން ހިމެނޭގޮތަށް ގިނަ ބަޔަކު ހިތާމަ ފާޅުކުރަމުންދާއިރު، އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީވެސް ވަނީ ސްރީދޭވީގެ ކުއްލި މަރާއި ގުޅިގެން ހިތާމަ ފާޅުކުރައްވާފައެވެ.

އުމުރުން 4 އަހަރުގައި ތަމަޅަ ފިލްމު، ތުނައިވަން އިން ފިލްމީ ދާއިރާއަށް ނުކުތް ސްރީދޭވީ އަކީ އިންޑިއާގެ ޓެމިލް ނާޑޫއަށް އުފަން ފަންނާނެކެވެ. އޭނާގެ އުފަން ނަމަކީ ޝްރީ އަންމާ ޔަންގަރް އައްޔަޕަން އެވެ. އުފަންވީ 1963 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ.

ޓެމިލް އަދި ޓެލުގޫ ގިނަ ފިލްމުތަކެއްގައި އެކްޓް ކުރުމަށްފަހު ސްރީދޭވީ ބޮލީވުޑްގެ ފިލްމުތަކަށް ތަޢާރުފުވީ 1979 ވަނަ އަހަރު ސޮލްވާ ސާވަން އިންނެވެ. ނަމަވެސް ސްރީދޭވީއަށް މަޝްޙޫރުކަން ލިބިގެން ދިޔައީ އޭގެ 4 އަހަރުފަހުން ޖީތެންދްރާ އާއި އެކު ކުޅުނު ހިންމަތުވާލާއިންނެވެ.

ސްރިދޭވީގެ ފިލްމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ސަދްމާ، ތޮހްފާ، ނާގިނާ، މިސްޓަރ އިންޑިއާ، ޖުދާއީ، އަދި އިންގްލިޝް ވިންގްލިޝް ހިމެނެއެވެ.

އިންޑިއާގެ ސަރުކާރުން 2013 ވަނަ އަހަރު ސްރީދޭވީއަށް ޕަދްމާޝްރީގެ ޝަރަފު އަރުވާފައިވާއިރު، ސްރީދޭވީގެ ކެރިއަރުގައި އޭނާ ވަނީ 41 އެވޯޑް ހޯދާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ޖޫން 2017

ބެޓްމޭންގެ އެކްޓަރ އެޑަމް މަރުވެއްޖެ

11 ޖޫން 2017
ބެޓްމޭންގެ އެކްޓަރ އެޑަމް މަރުވެއްޖެ
24 މެއި 2017

އެކްޓަރު ރޮޖާމޯ މަރުވެއްޖެ

24 މެއި 2017
އެކްޓަރު ރޮޖާމޯ މަރުވެއްޖެ
19 މެއި 2017

ކްރިސް ކޯނެލް މަރުވެއްޖެ

19 މެއި 2017
ކްރިސް ކޯނެލް މަރުވެއްޖެ
18 މެއި 2017

"ނާމްކަރަން" ގެ ދަޔާވަންތީ މަރުވެއްޖެ

18 މެއި 2017
"ނާމްކަރަން" ގެ ދަޔާވަންތީ މަރުވެއްޖެ
02 މެއި 2017

ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

02 މެއި 2017
ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ
27 އެޕްރީލު 2017

ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ

27 އެޕްރީލު 2017
ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ
16 އެޕްރީލު 2017

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

16 އެޕްރީލު 2017
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!
19 މާރިޗު 2017

އައިޝްވަރިޔާގެ ބައްޕަ މަރުވެއްޖެ

19 މާރިޗު 2017
އައިޝްވަރިޔާގެ ބައްޕަ މަރުވެއްޖެ
19 މާރިޗު 2017

ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ

19 މާރިޗު 2017
ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ
14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް