Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތި

ވިއެޓްނާމަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ރާއްޖޭގެ ރައްޔިތަކު 20 އަހަރަށް ޖަލަށް!

5 އޮކްޓޯބަރު 2026 | ހޯމަ 07:31

ވިއެޓްނާމަށް 1.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކު 20 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައި. ތައިލެންޑުން ގެނައި މި ތަކެތި އަތުލައިގަތީ އެއާޕޯޓުން ފާސްކުރިއިރު ކަމަށާއި، ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ އެ ގައުމުން ޑީޕޯޓްކޮށްލުމަށް ވެސް ވަނީ އަމުރުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 އޮކްޓޯބަރު 2026 | ހޯމަ 07:31
މި މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އުމުރުން 39 އަހަރުގެ މުހައްމަދު އަނިލްގެ މައްޗަށް

މި މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އުމުރުން 39 އަހަރުގެ މުހައްމަދު އަނިލްގެ މައްޗަށް | ޚާންހޯ ނިއުސްޕޭޕަރ އޮންލައިން

ވިއެޓްނާމަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ދިވެހިރާއްޖޭގެ ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް ވިއެޓްނާމްގެ ހާން ހޯ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އުމުރުން 39 އަހަރުގެ މުހައްމަދު އަނިލްގެ މައްޗަށެވެ. މީގެ އިތުރުން، ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ ވިއެޓްނާމުން ޑީޕޯޓްކޮށްލުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

Advertisement - newsAdvertisement

ދައުވާގައިވާ ގޮތުން، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ހާން ހޯ ޕްރޮވިންސްގެ ކޭމް ރާން އިންޓަނޭޝަނަލް އެއާޕޯޓުން ފަސިންޖަރުންގެ ދަބަސްތައް ޗެކްކުރުމުގެ ތެރޭގައި، އަނިލްގެ ޗެކް-އިން ލަގެޖާއި އަތްދަބަހުގައި މަސްތުވާތަކެތި ހުރި ކަމަށް ކަސްޓަމްސް އޮފިސަރުންނަށް ވަނީ ޝައްކު ކުރެވިފަ އެވެ.

ތައިލެންޑުގެ ބެންކޮކުން ފުރައިގެން އައި ފްލައިޓަކުން އަނިލް ވިއެޓްނާމަށް އައުމުން، ކަސްޓަމްސް އޮފިސަރުން އޭނާ ހިފަހައްޓައި، ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން އޭނާގެ ދަބަސްތައް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ ޕެކެޓްތަކެއް ވަނީ ފެނިފަ އެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ހެދި ޓެސްޓުތަކުން ދެއްކި ގޮތުގައި، އަނިލް އަމިއްލައަށް މަސްތުވާތަކެތި ބޭނުންކޮށްފައެއް ނުވެ އެވެ.

ތަހުގީގުން ހާމަވެފައިވާ ގޮތުގައި، 2025 ނޮވެމްބަރު 7 ވަނަ ދުވަހު ބެންކޮކްގެ ހޮޓަލެއްގައި ހުއްޓާ، "އަފޫ" ކިޔާ މީހަކު ވަނީ ތައިލެންޑުން ވިއެޓްނާމަށް މަސްތުވާތަކެތީގެ ހަ ޕެކެޓް އުފުލައިދިނުމަށް އަނިލްއާ ހަވާލުކޮށްފަ އެވެ. ނަމަވެސް މި "އަފޫ" އަކީ ކާކުކަމެއް އަދި އޭނާ މިހާރު އުޅޭ ތަނެއް ތަހުގީގަށް ހޯދިފައެއް ނުވެ އެވެ.

ތައިލެންޑުގެ ޕަޓާޔާ ސަރަހައްދުގައި ދިރިއުޅޭ އަފޫ، އަނިލް ގާތު ބުނެފައިވަނީ އޭނާ ވިއެޓްނާމަށް ދިއުމުން އެ ތަކެއްޗާ ހަވާލުވުމަށް މީހަކު ގުޅާނެ ކަމަށެވެ.

މި ތަކެތި ކާމިޔާބުކަމާއެކު ވިއެޓްނާމަށް ގެންގޮސްދީފިނަމަ އުޖޫރައެއްގެ ގޮތުގައި 1،000 އެމެރިކާ ޑޮލަރު ދޭނެ ކަމަށް އަފޫ ވަނީ އަނިލްއަށް ވައުދުވެފަ އެވެ. އަދި ކެއުމާއި ދަތުރުގެ ހަރަދަށް ކުރިއާލައި 500 ޑޮލަރު ދިނުމަށްފަހު، އަފޫ ވަނީ އަނިލްގެ ފޮއްޓަށް އެ މަސްތުވާތަކެތި އަޅާފަ އެވެ.

އަނިލް ވިއެޓްނާމަށް ދަތުރުކޮށް، ކޭމް ރާން އިންޓަނޭޝަނަލް އެއާޕޯޓުގެ އިމިގްރޭޝަން މަރުހަލާތައް ފުރިހަމަކުރަމުން ދަނިކޮށް، އޭނާ އަތުން މި މަސްތުވާތަކެތި ވަނީ އަތުލައިގަނެފަ އެވެ.

އަނިލް ގަވާއިދާ ހިލާފަށް އުފުލި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 1،545.6893 ގްރާމެވެ. މީގެ ތެރޭގައި ހިމެނެނީ 1،067.2293 ގްރާމްގެ މެފެޑްރޯން އާއި 478.46 ގްރާމްގެ އަލްފާ-ޕީއައިއެޗްޕީ އެވެ.

މި މައްސަލައިގައި ކޯޓުން ވަނީ އަނިލް 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ ވިއެޓްނާމުން ބޭރުކޮށްލުމަށް އަމުރުކޮށްފަ އެވެ.

ވިއެޓްނާމްމަސްތުވާތަކެތި

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

ގާނޫނާ ހިލާފަށް ވަކިކުރި ފަރެސްމާތޮޑާ އެއާޕޯޓުގެ މުވައްޒަފަކަށް އަލުން ވަޒީފާއާއި ގެއްލުމުގެ ބަދަލު ދޭން އަމުރުކޮށްފި

5

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2026

ރާއްޖެއަށް ފޮނުވަން އުޅުނު 33 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު އިންޑިއާއިން ބަޔަކު ހައްޔަރުކޮށްފި

30 ސެޕްޓެމްބަރު 2026
ރާއްޖެއަށް ފޮނުވަން އުޅުނު 33 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު އިންޑިއާއިން ބަޔަކު ހައްޔަރުކޮށްފި
26 ސެޕްޓެމްބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެއްވަދޫއިން މީހަކު ހައްޔަރުކޮށްފި

26 ސެޕްޓެމްބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ދެއްވަދޫއިން މީހަކު ހައްޔަރުކޮށްފި
07 ސެޕްޓެމްބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން ދެމީހުން ހައްޔަރުކޮށްފި

07 ސެޕްޓެމްބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން ދެމީހުން ހައްޔަރުކޮށްފި
04 ސެޕްޓެމްބަރު 2026

މާލޭގައި މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ބަޔަކު ހައްޔަރުކޮށްފި

04 ސެޕްޓެމްބަރު 2026
މާލޭގައި މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ބަޔަކު ހައްޔަރުކޮށްފި
17 އޯގަސްޓު 2026

ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.2 ކިލޯއަށް ވުުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

17 އޯގަސްޓު 2026
ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.2 ކިލޯއަށް ވުުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި
06 އޯގަސްޓު 2026

ބާރު ސްޕީޑުގައި ދުއްވަނިކޮށް ހުއްޓުވާ ބެލިއިރު، މަސްތުވާތަކެތި ފެނިގެން މީހަކު ހައްޔަރަށް!

06 އޯގަސްޓު 2026
ބާރު ސްޕީޑުގައި ދުއްވަނިކޮށް ހުއްޓުވާ ބެލިއިރު، މަސްތުވާތަކެތި ފެނިގެން މީހަކު ހައްޔަރަށް!
04 އޯގަސްޓު 2026

ސައިކަލެއްގެ ޕޮކެޓަށް ލީ ޑްރަގާ ހަވާލުވާން ދިޔަ މީހާއާ ފުލުހުން ސުވާލުކުރުމުން ޖަވާބެއް ނުދިން، އޭނާ ޝަރީއަތް ނިމެންދެން ބަންދަށް!

04 އޯގަސްޓު 2026
ސައިކަލެއްގެ ޕޮކެޓަށް ލީ ޑްރަގާ ހަވާލުވާން ދިޔަ މީހާއާ ފުލުހުން ސުވާލުކުރުމުން ޖަވާބެއް ނުދިން، އޭނާ ޝަރީއަތް ނިމެންދެން ބަންދަށް!
03 އޯގަސްޓު 2026

އަންހެނެއްގެ ޖަންގިޔާ ތެރެއިން ފެނުނު ޑްރަގްގެ ޒިންމާ ފިރިމީހާ ނެގުމުން އަނބިމީހާގެ ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި

03 އޯގަސްޓު 2026
އަންހެނެއްގެ ޖަންގިޔާ ތެރެއިން ފެނުނު ޑްރަގްގެ ޒިންމާ ފިރިމީހާ ނެގުމުން އަނބިމީހާގެ ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި
24 ޖުލައި 2026

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

24 ޖުލައި 2026
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
24 ޖުލައި 2026

ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

24 ޖުލައި 2026
ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް