Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އެމެރިކާއިން އެއްގަމު މަގުން އަރައިފިނަމަ އަސްކަރީ މަރުކަޒުތަކާއި އާގުބޯޓުފަހަރަށް ހަމަލާދޭނަން: އީރާން

5 އޮކްޓޯބަރު 2026 | ހޯމަ 06:54

އެމެރިކާއިން އީރާނަށް އެއްގަމު މަގުން ހަމަލާއެއް ދީފިނަމަ، އެ ގައުމުގެ އަސްކަރީ މަރުކަޒުތަކާއި އުޅަނދުތަކަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު އައިއާރްޖީސީން ވަނީ ދީފައެވެ. އީރާނުގެ އަސްކަރީ ގާބިލުކަން އިތުރުވެފައިވާކަން ފާހަގަކުރައްވައި ކޮމާންޑަރު ފަދާވީ ވިދާޅުވީ، އެމެރިކާގެ މަނަވަރުތަކާއި މަރުކަޒުތަކަށް މިސައިލް ހަމަލާދީގެން ނޫނީ އެ ގައުމަށް ކަންކަން ފަހުމުނުވާނެ ކަމަށެވެ. މީގެ އިތުރުން ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް އޮމާނާއެކު އީރާނުން އާ ގަވާއިދުތަކެއް އެކުލަވާލާފައިވާކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 5 އޮކްޓޯބަރު 2026 | ހޯމަ 06:54
ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމާއި އީރާނުގެ އަސްކަރިއްޔާގެ ގާބިލުކަން ދައްކުވައިދިނުމަށް ތެހްރާންގެ މަގެއްގެ އަރިމަތީގައި ޖަހާފައިވާ ޕޯސްޓަރެއް

ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމާއި އީރާނުގެ އަސްކަރިއްޔާގެ ގާބިލުކަން ދައްކުވައިދިނުމަށް ތެހްރާންގެ މަގެއްގެ އަރިމަތީގައި ޖަހާފައިވާ ޕޯސްޓަރެއް | އޭއެފްޕީ

އެމެރިކާއިން އީރާނަށް އެއްގަމު މަގުން ހަމަލާއެއް ދީފިނަމަ، އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކަކަށާއި އުޅަނދުތަކަށް އީރާނުން ހަމަލާދޭނެކަމުގެ އިންޒާރު އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯގެ (އައިއާރްޖީސީ) އިސް ކޮމާންޑަރަކު ދެއްވައިފި އެވެ.

އައިއާރްޖީސީގެ އިސް ކޮމާންޑަރުގެ މުޝީރުންގެ ގްރޫޕްގެ އިސްވެރިޔާ ޢަލީ ފަދާވީ މި ފަދައިން އިންޒާރު ދެއްވާފައި ވަނީ އާދީއްތަ ދުވަހުގެ ރޭ އީރާނުގެ ދައުލަތު މީޑިއާގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. "އެމެރިކާއިން އެއްގަމު މަގުން ހަމަލާއެއް ދީފިނަމަ، އެމެރިކާއާ ގުޅުންހުރި ކޮންމެ ތަނަކަށާއި، އެމެރިކާގެ މަރުކަޒުތަކަށާއި އަދި އެމެރިކާއާ ގުޅުންހުރި ކޮންމެ އުޅަނދަކަށް އަޅުގަނޑުމެން ހަމަލާދޭނަން" އިންޒާރު ދެއްވަމުން ފަދަވީ ވިދާޅުވި އެވެ.

Advertisement - worldAdvertisement

އެމެރިކާއަށް ހަމައެކަނި ފަހުމުވަނީ އަސްކަރީ ބާރުކަމަށް ފަދާވީ ވިދާޅުވި އެވެ. އަދި, އެމެރިކާ ރައްޔިތުންނަށް "އެ މީހުންގެ މަނަވަރުތަކަށް މިސައިލްތައް އެރުމުން" އަދި "އެ މީހުންގެ މަރުކަޒުތަކަށް މިސައިލްތައް އެރުމުން" އެ ކަން ވިސްނޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުން އަސްކަރީ ހަތިޔާރު އުފައްދާ މިންވަރު، އެ ތަކެތި ބޭނުންކުރާ މިންވަރަށްވުރެ އިތުރުކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި, ކުރީގެ ދެ ހަނގުރާމައާ އަޅާބަލާއިރު ގައުމުގެ މިހާރުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ފަދާވީ ވިދާޅުވި އެވެ.

ހުރްމުޒް ކަނޑުއޮޅިއަށް އިޝާރާތްކުރައްވައި ފަދާވީ ވިދާޅުވީ، އީރާނާއި އޮމާނުން ގުޅިގެން މި މުހިންމު ކަނޑުގެ މަގު ބެލެހެއްޓުމަށް ގަވާއިދުތަކެއް ހަދައި ތަންފީޒުކުރަން ޖެހޭކަމަށެވެ. އަދި, އެ ފަދަ ގަވާއިދުތަކެއް މިހާރު ވެސް ތައްޔާރުކުރެވި، އަމަލުކުރަން ފަށާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ވޮޝިންގޓަނުން އެ ސަރަހައްދަށް އެމެރިކާގެ އުޅަނދުތައް ފޮނުވައިފިނަމަ، އީރާނުގެ ހަމަލާތަކުގެ ނުރައްކާ އެ އުޅަނދުތަކަށް ކުރިމަތިވާނެކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ. "އެމެރިކާގެ އަސްކަރިއްޔާއަށް ނުތަނަވަސްކަން އުފެއްދޭނީ ހަމައެކަނި ވައިގެ މަގުން، އަދި ޔަގީނުން ވެސް ނުތަނަވަސްކަން އިތުރުވުމަކީ އެމެރިކާގެ ރައްޔިތުންނަށް އޭގެ ގެއްލުން ކުރިމަތިވާނެ ކަމެއް،" ފަދާވީ ވިދާޅުވި އެވެ.

އީރާނުން "އެއްވެސް ހާލެއްގައި އިސްލާމީ ޤައުމަކަށް ހަމަލާދީފައި ނުވާނެ" ކަމަށް ވެސް ފަދާވީ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ތެހެރާނުން ހަމަލާދީފައި ވަނީ ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ މި ފަދައިން ވިދާޅުވެފައި މި ވަނީ އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް އިތުރުވެ، ވޮޝިންގޓަނާއި ތެހެރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެމެރިކާއިން ފަހަކަށް އައިސް ވަނީ މެދުއިރުމައްޗަށް އަސްކަރީ މަނަވަރުތަކާއި އިތުރު ސިފައިން ފޮނުވާފަ އެވެ. މި ގޮތުން, މީގެ ތެރޭގައި އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރާއި އެމްފިބިއަސް ފޯސް ނުވަތަ ކަނޑުމަގުން އެއްގަމަށް އަރައި ހަނގުރާމަކުރާ ސިފައިން ހިމެނޭއިރު، އެ ސަރަހައްދުގައިވާ މަރުކަޒުތަކާއި ފެސިލިޓީތަކުގައި ވައިގެ އަދި މިސައިލް ދިފާއީ ނިޒާމުތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.

މި ވަސީލަތްތައް ފޮނުވާފައި ވަނީ ވޮޝިންގޓަނާއި ތެހެރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ. މިއާއެކު, އީރާނުގެ ސަރަހައްދަށް ދޭ ހަމަލާތަކުގެ ރައްދުގައި މުޅި ސަރަހައްދުގައިވާ އެމެރިކާގެ މަރުކަޒުތަކާއި ކަނޑުގެ ވަސީލަތްތަކަށް ހަމަލާދީފާނެކަމުގެ އިންޒާރު އީރާނުން ވަނީ ތަކުރާރުކޮށް ދީފަ އެވެ. އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފަށާފައި ވަނީ ފެބުރުވަރީ 28 ގަ އެވެ. މިއީ، ޞިހްޔޫނީން ރުއްސުމަށް ފެށި ހަނގުރާމައެކެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްހުރްމުޒް ކަނޑުއޮޅިއީރާންއެމެރިކާ

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

ގާނޫނާ ހިލާފަށް ވަކިކުރި ފަރެސްމާތޮޑާ އެއާޕޯޓުގެ މުވައްޒަފަކަށް އަލުން ވަޒީފާއާއި ގެއްލުމުގެ ބަދަލު ދޭން އަމުރުކޮށްފި

5

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2026

އީރާނުން އޮތީ ހަނގުރާމަކުރަން ވެސް، މަޝްވަރާކުރަން ވެސް ތައްޔާރަށް: ޤާލީބާފް

04 އޮކްޓޯބަރު 2026
އީރާނުން އޮތީ ހަނގުރާމަކުރަން ވެސް، މަޝްވަރާކުރަން ވެސް ތައްޔާރަށް: ޤާލީބާފް
04 އޮކްޓޯބަރު 2026

އެމެރިކާއިން ލުއިތަކެއް ދިނުމާއެކު، އިރާގާއި އީރާނާ ދެމެދު ވައިގެ ދަތުރުތައް އަލުން ފަށަނީ

04 އޮކްޓޯބަރު 2026
އެމެރިކާއިން ލުއިތަކެއް ދިނުމާއެކު، އިރާގާއި އީރާނާ ދެމެދު ވައިގެ ދަތުރުތައް އަލުން ފަށަނީ
04 އޮކްޓޯބަރު 2026

ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއަކާ ގުޅިގެން އިންޑިޔާގެ ފަސް ރައްޔިތަކު ސަލާމަތްކޮށްފި

04 އޮކްޓޯބަރު 2026
ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއަކާ ގުޅިގެން އިންޑިޔާގެ ފަސް ރައްޔިތަކު ސަލާމަތްކޮށްފި
03 އޮކްޓޯބަރު 2026

ޔަމަނުގެ ހޫޘީންނާ މަޝްވަރާކުރަން އީރާނުން 'މައްކާ ދިފާއީ އިއްތިހާދަށް' ހުށަހަޅައިފި

03 އޮކްޓޯބަރު 2026
ޔަމަނުގެ ހޫޘީންނާ މަޝްވަރާކުރަން އީރާނުން 'މައްކާ ދިފާއީ އިއްތިހާދަށް' ހުށަހަޅައިފި
02 އޮކްޓޯބަރު 2026

އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ ތިންވަނަ މަނަވަރެއް މެދުއިރުމައްޗަށް ފޮނުވަނީ

02 އޮކްޓޯބަރު 2026
އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ ތިންވަނަ މަނަވަރެއް މެދުއިރުމައްޗަށް ފޮނުވަނީ
02 އޮކްޓޯބަރު 2026

ސައުދީ އަރަބިއްޔާއާއި ގަތަރަށް އެމެރިކާގެ އިތުރު ދެ ޕޭޓްރިޔަޓް މިސައިލް ސިސްޓަމް ފޮނުވައިފި

02 އޮކްޓޯބަރު 2026
ސައުދީ އަރަބިއްޔާއާއި ގަތަރަށް އެމެރިކާގެ އިތުރު ދެ ޕޭޓްރިޔަޓް މިސައިލް ސިސްޓަމް ފޮނުވައިފި
01 އޮކްޓޯބަރު 2026

އިނގިރޭސިވިލާތުގެ އެއާބޭހަކަށް ދޭން އުޅުނުކަމަށް ބުނާ ހަމަލާއާ އީރާނާ ގުޅުވައިފި، ނަމަވެސް އެއްވެސް ގޮވާއެއްޗެއް ނުފެނޭ

01 އޮކްޓޯބަރު 2026
އިނގިރޭސިވިލާތުގެ އެއާބޭހަކަށް ދޭން އުޅުނުކަމަށް ބުނާ ހަމަލާއާ އީރާނާ ގުޅުވައިފި، ނަމަވެސް އެއްވެސް ގޮވާއެއްޗެއް ނުފެނޭ
01 އޮކްޓޯބަރު 2026

ލުބުނާނުގެ ބިންތަކުން އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ބޭލޭނީ އިސްރާއީލާ މަޝްވަރާކޮށްގެން: ލުބުނާންގެ ޚާރިޖީ ވަޒީރު

01 އޮކްޓޯބަރު 2026
ލުބުނާނުގެ ބިންތަކުން އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ބޭލޭނީ އިސްރާއީލާ މަޝްވަރާކޮށްގެން: ލުބުނާންގެ ޚާރިޖީ ވަޒީރު
30 ސެޕްޓެމްބަރު 2026

އައިސިސްއާ ދެކޮޅަށް ހަނގުރާމަކުރަން އިރާގަށް ފޮނުވި އެމެރިކާ ސިފައިން ބާލައިފި

30 ސެޕްޓެމްބަރު 2026
އައިސިސްއާ ދެކޮޅަށް ހަނގުރާމަކުރަން އިރާގަށް ފޮނުވި އެމެރިކާ ސިފައިން ބާލައިފި
30 ސެޕްޓެމްބަރު 2026

ޓްރަމްޕްގެ ބައިވެރިން މަގާމުތަކުން ދުރުކުރަން ގޮވާލާ އީރާނުގެ އަސްކަރިއްޔާގެ ސިޓީއެއް

30 ސެޕްޓެމްބަރު 2026
ޓްރަމްޕްގެ ބައިވެރިން މަގާމުތަކުން ދުރުކުރަން ގޮވާލާ އީރާނުގެ އަސްކަރިއްޔާގެ ސިޓީއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް