Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގައި ދިން ހަމަލާ

އަފްޣާނިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާތަކެއްގައި 23 މީހަކު މަރުވެއްޖެ

24 ފެބުރުއަރީ 2018 | ހޮނިހިރު 17:39

ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ސިފައިންގެ 20 މީހަކު ހިމެނޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 24 ފެބުރުއަރީ 2018 | ހޮނިހިރު 17:39
ކާބުލްގައި ހުންނަ ނޭޓޯގެ ހެޑްކުއާޓަރާއި އެމެރިކާގެ އެމްބަސީ ކައިރީގައި އަމިއްލަ އަށް މަރުވެގެން ހަމަލާ ދިން ސަރަހައްދުގައި އަފްޣާނިސްތާނުގެ ސަލާމަތީ ފައުޖުތަކުގެ ސިފައިން ހަރަކާތްތެރި ވަނީ

ކާބުލްގައި ހުންނަ ނޭޓޯގެ ހެޑްކުއާޓަރާއި އެމެރިކާގެ އެމްބަސީ ކައިރީގައި އަމިއްލަ އަށް މަރުވެގެން ހަމަލާ ދިން ސަރަހައްދުގައި އަފްޣާނިސްތާނުގެ ސަލާމަތީ ފައުޖުތަކުގެ ސިފައިން ހަރަކާތްތެރި ވަނީ

އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓް ހަމަލާތަކެއްގައި 23 މީހަކު މަރުވެއްޖެއެވެ.

އަފްޣާނިސްތާނުގައި ހޮނިހިރު ދުވަހު ދިން މިހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އެގައުމުގެ އަސްކަރިއްޔާ އަށް ނިސްބަތްވާ ސިފައިންނެވެ.

އެގޮތުން އެގައުމުގެ ހުޅަނގުގެ ފަރާހް ޕްރޮވިންސްގެ ބާލާ ބޮލޫކް ޑިސްޓްރިކްޓްގައި ހޮނިހިރު ދުވަހު ދިން ހަމަލާގައި އަފްޣާން ސިފައިންގެ 18 މީހަކު މަރުވެފައި ވެއެވެ. މިހަމަލާ ދީފައި ވަނީ އަސްކަރިއްޔާގެ ޗެކް ޕޮއިންޓަކަށް ވަދެގަތް ތާލިބާން ހަނގުރާމަވެރިން ކަމަށް ޚަބަރު ލިބެއެވެ.

މީގެ އިތުރުން އެގައުމުގެ ދެކުނުގެ ހެލްމަންޑް ޕްރޮވިންސްގައި އަމިއްލަ އަށް މަރުވެގެން ދިން ކާރު ބޮމުގެ ދެ ހަމަލާއެއްގައި ސިފައިންގެ ދެ މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ތެރެއިން ފުރަތަމަ ހަމަލާގައި ހެލްމަންޑް ޕްރޮވިންސްގެ ނާދް އަލީ ޑިސްޓްރިކްޓްގައި ހުންނަ އަސްކަރީ ބޭސްއަކަށް ތާލިބާން ހަނގުރާމަވެރިން އަސްކަރީ އުޅަނދެއް ބޭނުން ކޮށްގެން ވަދެ ހަމަލާ ދިނުމަށް މަސައްކަތް ކުރަނިކޮށް، އެއީ ހަނގުރާމަވެރިންގެ އުޅަނދެއްކަން އެނގިގެން ސިފައިންގެ ބަޔަކު ވެހިކަލް ފައްސާލިއެވެ. އެހެންނަމަވެސް، އެ ވެހިކަލް ފައްސާލުމާ އެކު އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ ހަމަލާގައި ސިފައިންގެ ދެ މީހަކު މަރުވެފައި ވެއެވެ. އަސްކަރީ ބޭސްގެ ތެރެއަށް ވަދެ އެހަމަލާ ދެވުނު ނަމަ، މިހަމަލާގައި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ހެލްމަންޑް ޕްރޮވިންސްގެ ވެރިރަށް ލަޝްކަރް ގަހްގައި ހުންނަ ފުލުހުންގެ ހެޑްކުއާޓަރގެ ކައިރީގައި ހުންނަ އެންޑީއެސް ކޮމްޕައުންޑެއްގައި ދިން ކާރު ބޮމުގެ ހަމަލާގައި ހަތް މީހަކު ޒަޚަމްވެފައި ވެއެވެ.

ވެރިރަށް ކާބުލްގެ ޑިޕްލޮމެޓިކް އޭރިއާގެ ކައިރީގައި ހޮނިހިރު ދުވަހުގެ ހެނދުނު އަމިއްލަ އަށް މަރުވެގެން ދިން ހަމަލާގައި އާއްމުންގެ ތިން މީހަކު މަރުވިއެވެ. މިހަމަލާގެ ޒިންމާ، އިރާގާއި ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ނަގާފައެވެ.

އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު ނަޖީބު ދާނިޝް ވިދާޅުވީ، ކާބުލްގެ ޝަޝް ޑަރަކް އޭރިއާގައި ބޮމުގެ ހަމަލާ ދީފައި ވަނީ ގްރީން ޒޯން ވަކި ކުރާ ބޯޑަރުގެ ކައިރީގައި ކަމަށެވެ.

އެސަރަހައްދަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ނޭޓޯގެ ފައުޖުތަކުގެ ހެޑްކުއާޓަރާއި ކައިރި ހިސާބެކެވެ. އަދި އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ އެމްބަސީ ވެސް ހުންނަނީ އެތަނާއި ދުރުނޫން ހިސާބެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާ އިން ވަނީ، އެ ހަމަލާގައި ހަ މީހަކު ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް ކަމަށް ބުނެފައެވެ.

މިއަހަރުގެ މިހާތަނަށް އަފްޣާނިސްތާނުގެ އެކި ކަންކޮޅުތަކުގައި ދިން ހަމަލާތަކުގައި ސަތޭކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އަފްޣާނިސްތާނުގައި އެކި ސަރަހައްދުތައް ކޮންޓްރޯލް ކުރާ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނާއި ދެކޮޅަށް އަފްޣާނިސްތާނުގެ އަސްކަރިއްޔާ އާއި އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ގުޅިފައިވާ ފައުޖުތަކުން ހަނގުރާމަ ކުރަމުން ދިޔަ ނަމަވެސް، ހަނގުރާމަވެރިންގެ ހަމަލާތައް ގިނަވެ، އެގައުމުގެ ސަލާމަތީ ކަންކަން ދަނީ ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުންނެވެ.

އެގޮތުން ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ކާބުލްގެ އިންޓަރކޮންޓިނެންޓަލް ހޮޓެލް އަށް ތާލިބާން ހަނގުރާމަވެރިން ދިން ހަމަލާއެއްގައި 20 މީހަކު މަރާލާފައި ވެއެވެ.

އޭގެ ތިން ދުވަސް ފަހުން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އަފްޣާނިސްތާނުގެ އިރުމަތީގެ ސަހަރެއް ކަމަށްވާ ޖަލާލްއާބާދުގައި އައިއެސްގެ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ތިން މީހަކު މަރުވިއެވެ. އަދި ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު، ގޮވާތަކެތިން ފުރާފައިވާ އެމްބިއުލާންސެއްގައި ދުއްވި ތާލިބާންގެ ހަނގުރާމަވެރިޔަކު ކާބުލްގެ މެދުތެރޭގައި ދިން ހަމަލާއެއްގައި 103 މީހަކު މަރުވެ، 235 މީހަކު ޒަޚަމްވެފައި ވެއެވެ.

އޭގެ އެއް ދުވަސް ފަހުން ކާބުލްގައި ހުންނަ އަސްކަރީ އެކަޑަމީއަކަށް ދިން ބަޑީގެ ހަމަލާއެއްގައި އަފްޣާނިސްތާން ސިފައިންގެ 11 މީހަކު މަރާލާފައި ވެއެވެ.

އަފްޣާނިސްތާނުގައި ހަނގުރާމަވެރިން ދޭ ހަމަލާތައް އިތުރުވެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އެމެރިކާގެ ފައުޖުތަކަށް އިތުރު ތިން ހާސް ސިފައިން އަފްޣާނިސްތާނަށް ފޮނުވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އެނިންމުމާ އެކު އަފްޣާނިސްތާނުގައި ގާއިމްވެ ތިބޭ އެމެރިކާ ސިފައިންގެ އަދަދު 14 ހާހަށް އަރާނެއެވެ.

އެހެންނަމަވެސް، ހަނގުރާމަވެރިންގެ ހަމަލާތައް ވަރުގަދަވެ، ހަމަލާތައް ގިނަ ކޮށްފައިވާއިރު، 16 އަހަރަށް ދިގުދެމިގެން ގޮސްފައިވާ ހަނގުރާމަ ކާމިޔާބު ކުރުމުގައި އެމެރިކާގެ ރައީސް ގެންގުޅުއްވާ ސިޔާސަތުތަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
14 ޖެނުއަރީ 2017

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

14 ޖެނުއަރީ 2017
އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް