Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝެއިޚް އިމްރާން

ޝެއިޚް އިމްރާން ވަގުތުން ދޫކޮށްލުމަށް 40 ދީނީ އިލްމުވެރިއަކު ގޮވާލައްވައިފި

21 ފެބުރުއަރީ 2018 | ބުދަ 07:00

ޝެއިޚް އިމްރާނަށް ކޮށްފައިވާ ހުކުމަކީ ޝަރީޢަތް ހިނގުމުގައްޔާއި އަދި ކުށް ސާބިތުކުރުމުގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 21 ފެބުރުއަރީ 2018 | ބުދަ 07:00
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވަގުތުން ދޫކޮށްލުމަށް 40 އިލްމުވެރިއަކު ގޮވާލައްވައިފިއެވެ.

ޝެއިޚް އިމްރާން ވަގުތުން ދޫކޮށްލުމަށް، ރާއްޖޭގައި ތިއްބެވި ފުންނާބުއުސް 40 އިލްމުވެރިންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ވަނީ ޝެއިޚް ޢިމްރާނުގެ މައްޗަށް ޓެރެރިޒަމްގެ ކުށުގެ ތުހުމަތެއްގައި 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަން ޖެހިވަޑައިގެންފައިވުމަކީ އިލްމުވެރިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމީ ދަޢުލަތަށާއި އަދި އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ދައުލަތުގެ ކަންކަން ހިންގުމަށްކުރެވޭ މަސައްކަތަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް ބަޔާނުގައި ވެއެވެ. ޝެއިޚް އިމްރާންގެ މައްޗަށް ހިންގި ޝަރީޢަތުގެ މުޅި އިޖުރާއާތް ބިނާކޮށްފައި ވަނީ، ތުހުމަތުކުރެވޭ ފަރާތާއި އަދި ދިފާޢީ ވަކީލުންނާ ވެސް ޙިއްސާ ނުކުރެވޭ އިންޓެލިޖެންސް ރިޕޯޓުތަކާއި އަދި ސުވާލުކުރެވޭނެ އެކަށީގެންވާ ފުރުޞަތު ނުލިބޭހެން ހުށަހެޅި ސިއްރު ހެއްކެއްގެ މައްޗަށް ކަމަށް ވާއިރު، އިސްލާމީ ޝަރީޢަތުގައި ހެއްކަކީ ބަޔާންވެގެންވާ ވާޟިޙް އެއްޗެއް ކަމަށް އޮންނަ އުޞޫލާ މިކަން ފުށޫއަރާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތުގައި ޖިނާއީ މައްސަލަތަކުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށްސާބިތުކުރުމަށް އޮންނަ ހަރުދަނާ މިންގަނޑަށް ފެތޭމިންވަރަށް ޝެއިޚް ޢިމްރާނުގެ މައްޗަށް ކުށްސާބިތުކުރެވިފައިވާ ކަމަށް ގަބޫލުކުރެވޭނެ ޖާގައެއް ނެތް ކަމުން ޝެއިޚް އިމްރާން ވަގުތުން ދޫކޮށްލުމަށް އިލްމުވެރިން ވަނީ ގޮވާލައްވާފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޝެއިޚް އިމްރާނުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އިސްލާމީ ޝަރީޢަތުގައި އެމީހަކު ނުކުރާ ކަމަކަށް އެމީހަކު ޒިންމާވާން ނުޖެހޭ އަދި ނުކުރާ ކުށަކަށް އަދަބު ލިބެން ނުޖެހޭ ކަމަށް އޮންނަ އުޞޫލާ ފުށުއަރާ ހުކުމެއް ކަމަށެވެ. އަދި ކުށުން ބަރީއަވުމުގެ ފުރުޞަތަކީ އިސްލާމީ ޝަރީޢަތުގައި އެންމެ ފަހު ވަގުތާ ހަމައަށް ވެސް ތަނަވަސްވެފައި އޮންނަ ފުރުޞަތަކަށް ވާހިނދު، ޚާއްޞަކޮށް މިފަދަ ބޮޑު ޖިނާއީ ޝަރީޢަތެއްގައި ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުޞަތަށް ޝަރީޢަތުން އިންކާރުކޮށްފައި ވުމަކީ އިސްލާމީ ޝަރީޢަތުގެ މިންގަނޑުން ބަލާއިރު ޝަރީޢަތުގެ ޢަދުލުވެރިކަން އެކީ ނިގުޅައިގަނެވޭ ކަމެއް ކަމަށް ފާހަގަކޮށްފައި ވެއެވެ.

އެހެން ކަމުން އިސްލާމި ޝަރީޢަތުގެ މިންގަނޑުތަކުން ބަލާއިރު ޝެއިޚް އިމްރާނަށް ކޮށްފައިވާ ހުކުމަކީ އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ހިނގުމުގައްޔާއި އަދި ކުށް ސާބިތުކުރުމުގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭތީ، ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަކުރުމަށް ފަހު ލަސްނުކޮށް ވީ އެންމެ އަވަހަކަށް ޝައިޚް ޢިމްރާން ޢަބްދުﷲ މިނިވަންކުރުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތަކަށް އެ 40 އިލްމުވެރިން ވަނީ ގޮވާލައްވާފައެވެ.

ޝެއިޚް އިމްރާން ވަގުތުން ދޫކޮށްލުމަށް ގޮވާލެއްވި ދީނީ އިލްމުވެރިންގެ ލިސްޓު

ޝެއިޚް އިމްރާން ވަގުތުން ދޫކޮށްލުމަށް ގޮވާލެއްވި ދީނީ އިލްމުވެރިންގެ ލިސްޓު

"29 ސެޕްޓެމްބަރ 2015 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން 25 ފެބްރުއަރީ 2016 ވަނަ ދުވަހު ހާމަކޮށްފައިވާ މަޢުލޫމާތުތަކުން ޝެއިޚް އިމްރާންގެ މައްޗަށް ތުހުމަތުކުރެވުނު ކަންކަން ހިންގާފައިވަނީ ކޮން ބައެއްކަން އޮޅުންފިލާފައި ވާތީ އާއި، ދިވެހިރާއްޖޭގެ ޝަރުޢީ މަރުޙަލާގެ އެންމެ ފަހު ބަސްބުނާ ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށްވެފައި މިމައްސަލައަށް ޚާއްޞަކުރެވިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފައިސަލާކުރަނިވި ޙުކުމެއް ކޮށްފައި ނުވާތީ އާއި، އަދި ޤާނޫނާ ޚިލާފަށް މީހުން ހިފާ ހައްޔަރުކުރުމާގުޅޭ މައްސަލަތައް ބަލާ އދ. ގެ ވޯކިން ގުރޫޕުން، ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ ހައްޔަރުކުރުމުގައްޔާއި އަދި އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ހިނގުމުގައްޔާއި އަދި ކުށް ސާބިތުކުރުމުގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައި ވާތީ، ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަކުރުމަށް ފަހު ލަސްނުކޮށް ވީ އެންމެ އަވަހަކަށް ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ މިނިވަންކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ." ދީނީ އިލްމުވެރިން ނެރުއްވި ބަޔާނުގައި ވަނީ ބުނެފައެވެ.

މި އިލްމުވެރިންގެ ތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު އަބްދުލް ބާރީ އާއި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް އާއި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމާއި ޑރ. ޢަބްދުﷲ ޖަމީލް ހިމެނި ވަޑައިގަންނަވައެވެ. އަދިވެސް މި ނޫނަސް ފާހަގަކޮށްލެވޭ އިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ

09 އެޕްރީލު 2017
ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ
31 މާރިޗު 2017

ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން

31 މާރިޗު 2017
ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން
30 މާރިޗު 2017

ޠޮއްޔިބު ދޫކޮށްލުމަށް ގޮވާލައި ރައީސަށާއި ހޯމް މިނިސްޓަރަށް ސިޓީ ފޮނުވަން އެމްނެސްޓީން ގޮވާލައިފި

30 މާރިޗު 2017
ޠޮއްޔިބު ދޫކޮށްލުމަށް ގޮވާލައި ރައީސަށާއި ހޯމް މިނިސްޓަރަށް ސިޓީ ފޮނުވަން އެމްނެސްޓީން ގޮވާލައިފި
26 މާރިޗު 2017

މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ

26 މާރިޗު 2017
މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ
21 މާރިޗު 2017

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2017
އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި
19 މާރިޗު 2017

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި
07 މާރިޗު 2017

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު
24 ފެބުރުއަރީ 2017

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

24 ފެބުރުއަރީ 2017
އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް