Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިންނަށް ބިރު ދެއްކުން

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ނޫސްވެރިން ޕްރެފެޝަނަލް ވުމަށް ވަނީ ގޮވާލާފައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2018 | ހޮނިހިރު 07:43
ހުކުރުދުވަހުގެރޭ ފުލުހުން އަނިޔާކުރުމުގެ ސަބަބުން އަދިވެސް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ރާއްޖެޓީވީގެ ނޫސްވެރިޔާ ޙުސައިން ޙަސަން

ހުކުރުދުވަހުގެރޭ ފުލުހުން އަނިޔާކުރުމުގެ ސަބަބުން އަދިވެސް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ރާއްޖެޓީވީގެ ނޫސްވެރިޔާ ޙުސައިން ޙަސަން

ޓީވީ ޗެނަލްތަކުން ލައިވްކޮށް ދެއްކި މަންޒަރުތައް ދޮގުކޮށް، ނޫސްވެރިންގެ އަޚުލާޤީ މިންގަނޑު ހިފަހައްޓައި، ޕްރޮފެޝަނަލް ކަމާ އެކު މަސައްކަތްކުރުމަށް ފުލުހުން ގޮވާލައިފިއެވެ.

ހޮނިހިރު ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފުލުހުންގެ އެންގުމަކާ ޚިލާފަށް ފެބްރުއަރީ 16 ވަނަ ދުވަހު މާލޭގެ މަގުތަކަށް މީހުން އެއްވެފައިވާ ކަމަށާއި، އެކަން ކަވަރުކުރުމަށް ހަރަކާތްތެރިވަމުން ދިޔަ ބައެއް ނޫސްވެރިންގެ ފަރާތުން އެއްވުމުގެ ބައިވެރިންނާ އެއް ހަމައެއްގައި އަމަލުތައް ފެނިގެން ދިޔަ ކަމަށެވެ. ހަމަ މިއާ އެކު އެއްވުން ކަވަރުކުރުމުގައި ހަރަކާތްތެރިވި ބައެއް މީޑިއާތަކުން ކަނޑައެޅިގެން ހަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ފަތުރަމުން ދިޔަ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

Advertisement - newsAdvertisement

ފުލުހުންގެ ބަޔާނުގައި މިފަދައިން ބަޔާންކޮށްފައިވާއިރު، އެއްވުމުގެ ބައިވެރިންނާއި މާ ދުރުން ހަމައެކަނި ނޫސްވެރިން ވަކިން ތިއްބައި ވެސް ހުކުރު ދުވަހުގެރޭ ފުލުހުން ވަނީ ނޫސްވެރިން ފަހަތަށް ޖައްސައި، ނޫސްވެރިންނަށް އަމާޒުކޮށް ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައެވެ. މީޑިއާތަކުން ދޮގު މައުލޫމާތު ފެތުރި ކަމަށް ފުލުހުން ބުނާއިރު، މުޒާހަރާ ކަވަރުކުރި މީޑިއާތަކުން ވަނީ މުޒާހަރާގެ މަންޒަރުތަކާއި، ފުލުހުން އަމަލުކުރަމުންދިޔަ ގޮތް ވަގުތުން ޓީވީ އިން ދައްކާފައެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، މިފަދަ ހަރަކާތްތައް ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިން، ނޫސްވެރިންގެ އަޚުލާޤީ މިންގަނޑުތައް ހިފަހައްޓައި، ޕްރޮފެޝަނަލް ކަމާ އެކު މަސައްކަތްކުރުމަށް ވެސް މި ފުރުޞަތުގައި އިލްތިމާސް ކުރާ ކަމަށެވެ.

ފުލުހުން މިފަދައިން ބުނެފައިވާއިރު، ހުކުރުދުވަހު ބައެއް ފުލުހުންގެ ފަރާތުން އަޚުލާޤީ ފެންވަރުދަށް މަންޒަރުތައް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ވަގުތުން ޓީވީ އިން ދައްކަމުންދިޔަ މަންޒަރުތަކުގައި އެކި ފަހަރުމަތިން، ހަޑިހުތުރު ބަހުން މީޑިއާތަކާއި، އާންމުންނާ މުޚާތަބު ކުރުމާއި، މީޑިއާތަކުގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިންގެ ގަޔަށް އަތްލައި، ލަދުވެތި ގުނަވަންތައް ވެސް ހިމެނޭ ގޮތަށް އެ ފަރާތްތަކުގެ ހަށިގަނޑުގެ އެކި ތަންތަނުގައި ބައެއް ފުލުހުން ހިފާފައިވާ ކަމަށް އެ ނޫސްވެރިން ވަނީ ބުނެފައެވެ. އަދި އިއްޔެ އާއި ރޭގެ އެއްވުމުގައި އާންމުން ދުރަށް ޖެއްސުމަށް ވުރެ އެ މަންޒަރުތައް ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން ވަނީ އަހްލާގީ ދަށް ފެންވަރުގެ އަމަލުތައް ހިންގާފައެވެ. އެ މަންޒަރުތައް ލައިވްކޮށް ޓީވީތަކުން ދައްކާފައި ވެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ފެބްރުއަރީ 16 ވަނަ ދުވަހު މާލެ އާއި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މީހުން އެއްވެ، ހަމަނުޖެހުން ހިންގައި، ސަލާމަތީ ބާރުތަކާއި (ޤާނޫނުތަކުގައި ބުނަނީ ސަލާމަތީ ޚިދުމަތްތައް ކަމަށް) ކުރިމަތިލައި ޤައުމު ހަލަބޮލިކޮށްލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމާއި، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރެވި އެކަން ތަންފީޒުކުރެވެމުންދާ މި ދަނޑިވަޅުގައި އަދި ޤާނޫނު އަސާސީގެ 31 ވަނަ މާއްދާ، ހަޅުތާލު ކުރުމުގެ ޙައްޤު އަދި ޤާނޫނު އަސާސީގެ 32 ވަނަ މާއްދާ، އެއްވެ އުޅުމުގެ މިނިވަންކަން ސަސްޕެންޑް ކުރެވިފައިވާ ދުވަސްވަރެއްގައި، އެ އެއްވުން ކުރިއަށް ގެންދަން ފުލުހުން ފުރުޞަތު ނުދޭނެ ކަމަށް ކުރިން އަންގާފައިވާނެ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި އެއްވެ އުޅުން ސަސްޕެންޑްކޮށްފައިވާކަން ފާހަގަކޮށްފައިވާއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ފަހުން ސަރުކާރު ހިންގާ ޕާޓީ އިން، ސިފައިންނާއި ފުލުހުންގެ އެހިތެރިކަމާއި، އެއްބާރުލުމާ އެކު އެކިއެކި އެއްވުންތަކާއި، އުޅަނދުބުރުތައް ވަނީ ބާއްވާފައެވެ. އަދި އެ އެއްވުންތަކުގެ ސަލާމަތާއި ރައްކާތެރިކަން ފުލުހުން ބަލަހައްޓައިދީފައި ވެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ފުލުހުން މިފަދަ ބަޔާނެއް ނެރެފައިވާ އިރު، މި ބަޔާނުގައި ހިމެނޭ ގިނަ ވާހަކަތަކަކީ ހުކުރު ދުވަހުގެރޭ ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނާއިބު ރައީސް، ޢަބްދުރަޙީމް ޢަބްދުﷲ ދެއްކެވި ވާހަކަތަކާއި ދާދި އެއް ވާހަކަތަކެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބާ ދިމާކޮށް ރޭޑިއޯ ޓީވީތަކުން ގެނެސްދޭ ކޮންޓެންޓް މޮނިޓަރ ކުރަން ފަށައިފި

އިންތިޚާބާ ދިމާކޮށް ރޭޑިއޯ ޓީވީތަކުން ގެނެސްދޭ ކޮންޓެންޓް މޮނިޓަރ ކުރަން ފަށައިފި

10 އެޕްރީލު 2017
ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

06 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި

ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި

05 އެޕްރީލު 2017
ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ފަހަރަކު ދޫންޏެއް ފަހަރަކު ދޫންޏެއް ކަތިލަމުން ދިޔަ ހިތްދަތި މަންޒަރު

ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ފަހަރަކު ދޫންޏެއް ފަހަރަކު ދޫންޏެއް ކަތިލަމުން ދިޔަ ހިތްދަތި މަންޒަރު

29 މާރިޗު 2017
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު