Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދޫނި ކަތިލުން

ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ފަހަރަކު ދޫންޏެއް ފަހަރަކު ދޫންޏެއް ކަތިލަމުން ދިޔަ ހިތްދަތި މަންޒަރު

29 މާރިޗު 2017 | ބުދަ 16:26

ކަތިލަމުން ދިޔައީ އެހެން ދޫނިތަކުގެ ކުރިމަތީގައި

ރާއްޖެ އެމްވީ | 29 މާރިޗު 2017 | ބުދަ 16:26
ދޫނިކަތިލާ މަންޒަރު ދައްކާ ވީޑިއޯގެ ސްކްރީން އިމޭޖެއް

ދޫނިކަތިލާ މަންޒަރު ދައްކާ ވީޑިއޯގެ ސްކްރީން އިމޭޖެއް

ކޮށްޓަކައިލައި ބަންދުކޮށްފައި ބައިތިއްބައިގެން، އަޑުން އަޑުނަގާ "ރޮމުން"ދިޔަ ދޫނިތަކެއް ފަހަރަކު ދޫންޏެއް ފަހަރަކު ދޫންޏެއް ކަތިލަމުން ދިޔަ މަންޒަރު ހާމަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެއެވެ.

ވީޑިއޯ އިން ފެންނަ މަންޒަރުތަކާއި އަޑުތަކަށް ބަލާއިރު އެކަން ހިނގަމުން ދިޔައީ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ތެރޭގައި ކަން ގަބޫލު ކުރެވެއެވެ.

Advertisement - newsAdvertisement

ވީޑިއޯ އިން ފެންނަނީ، ޔުނިފޯމުގައި ތިބި ބަޔަކު، ކޮށީގައި ތިބި ދޫނިތަކުގެ ތެރެއިން ފަހަރަކު ދޫންޏެއް ހިފައިގެން ކޮށިން ނެރެ ކޮށި ކުރިމަތީގައި ބަހައްޓާފައި ހުރި ކުޑަ ކޮންޓޭނަރަކަށް ލޭތައް ފައިބާ ގޮތައް ވަޅިއަކުން ދޫނީގެ ކަރު ބުރިކުރާ މަންޒަރެވެ.

ވީޑިއޯގެ ހިސާބަކުން "ދައްކައިގެން މިގޮތައް ކުރާކަށް ނުވާނޭ" އެތަނުން އެކަކު ބުނާ އަޑު އިވެއެވެ.

ރާއްޖެ އެމްވީން ވާހަކަ ދެއްކި ތިމާވެށީގެ ތަޖުރިބާކާރަކު ނަން ނުޖެހުމަށް އެދި ޝަރުތު ކުރަމުން ބުނެފައިވަނީ ކަތިލާތަން ފެންނަނީ އެފްރިކަން ގްރޭ ނަމަކަށް ކިޔާ ދޫނިތަކެއް ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެއީ އެފްރިކަން ގްރޭ ނަމަ ރާއްޖޭގައި އެކަތިލީ ދިވެހިރާއްޖޭން ބައިވެރިވެފައިވާ ސައިޓީސް މުއާހަދާގެ ދަށުން ހިމާޔަތް ކޮށްފައިވާ ދޫންޏެކެވެ.

ދުނިޔޭއިން ނެތުމުގެ ބީރު ހީވެފައިވާ ބާވަތްތަކުގެ ތެރެއިން އެފްރިކަން ގްރޭ ހިމެނިފައިވަނީ އޭގެ ދަރިފަސްކޮޅު ދެމެހެއްޓުމަށް އެންމެ ނުރައްކާވެފައިވާ ބާވަތްތަކުގެ ތެރޭގައެވެ.

މިދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި ދޭއް ނުވަތަ ތިން މިލިއަންއާ ގާތް ކުރާ އަދަދެއްގެ މިބާވަތުގެ ދޫނީގެ ވަގު ވިޔަފާރި ދުނިޔޭގައި ހިނގާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެފްރިކަން ގްރޭގެ އާބާދީ ދަށަށް ގޮސް އޭގެ ގުދުރަތީ މާހައުލުން މިބާވަތުގެ ދޫނި ވަރަށް ބޮޑަށް މަދުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

އެފްރިކަން ގްރޭއަށް ދުނިޔޭގެ ފެންވަރުގައި ހިމާޔަތް ދިނީ ހުސްވި އަހަރު ޖޮހަނަސްބާރގް ގައި ބޭއްވުނު ސައިޓީސްގެ ބައްދަލުވުމެއްގައި މެމްބަރު ގައުމުތަކުގެ މެދުގައި ނެގި ވޯޓުގައި އެފްރިކަން ގްރޭއަށް ހިމާޔަތް ދިނުމަށް ފާސްވުމާ ގުޅިގެންނެވެ.

ރާއްޖެއަކީ ސައިޓީސްގައި ބައިވެރިވެފައިވާ އަދި ސައިޓީސްގެ ބައްދަލުވުންތަކުގައި ބައިވެރިވަމުންދާ ގައުމެކެވެ.

އެފްރިކަން ގްރޭ ދޫނި ގެންގުޅޭ މީހުންގެ މެދުގައި މަގްބޫލްވަނީ، ފަރިތަކަމާއެކު ބަސްތައް ކިޔުމާއި، އުމުރު ދިގުވުމުގެ ސަބަބުންނެވެ. މިބާވަތުގެ ދޫނި 50 އަހަރު ވަންދެންވެސް ދުނިޔޭގައި ތިބޭ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.

ވީޑިއޯ ބެލި ބައެއް މީހުން ސޯޝަލް މީޑިއާގައި ދޫނިތައް ކަތިލަމުން ދިޔަ ވީޑިއޯގައި ފެންނަ މަންޒަރުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކޮށްފައިވާ ކަން ފާހަގަ ވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް