Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ހާލަތާ މެދު ބަހުސް ކުރުމަށް ދައުލަތުގެ އިދާރާތަކަށް މައުމޫން ހަމީދު ޗެލެންޖް ކުރައްވައިފި

14 ފެބުރުއަރީ 2018 | ބުދަ 13:42

ދައުވަތު ދެއްވާފައި ވަނީ ބަނޑާރަ ނައިބަށާއި، ޕްރޮސެކިއުޓަރ ޖެނެރަލަށާއި ފުލުހުންނާއި، ރައްޔިތުންގެ މަޖިލީހަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 14 ފެބުރުއަރީ 2018 | ބުދަ 13:42
ޤާނޫނީ ވަކީލު މައުމޫން ހަމީދު

ޤާނޫނީ ވަކީލު މައުމޫން ހަމީދު

މި ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެރޭ ސަރުކާރުން އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ޤާނޫނީ ސައްޚަކަމާ މެދު ހުޅުވިފައިވާ ބަހުސެއް ކުރުމަށް ދައުލަތުގެ ބައެއް އިދާރާތަކަށް ޤާނޫނީ ވަކީލު މައުމޫން ހަމީދު ގޮންޖައްސަވައިފިއެވެ.

ބުދަ ދުވަހުގެ މެންދުރު މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ޤާނޫނީ ސައްޚަ ކަމާއިމެދު ބަހުސް ކުރުމަށް މައުމޫން ހަމީދު ގޮންޖައްސަވައި، ދައުވަތު ދެއްވާފައިވަނީ ބަނޑާރަ ނައިބަށާއި، ޕްރޮސެކިއުޓަރ ޖެނެރަލަށާއި ފުލުހުންނަށެވެ. މީގެ އިތުރުން ދައުލަތުގެ އެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިސް ވެސް ވަނީ މައުމޫން ހަމީދުގެ ދައުވަތުގެ ލިސްޓްގައި ހިމަނާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މައުމޫން ހަމީދުގެ ޓްވީޓްގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުރަހީމް ޢަބްދުﷲ ވެސް ޓެގްކުރައްވާފައިވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމަށް ނެރެފައިވާ ޤަރާރުގެ ޤާނޫނީ ސައްޚަކަމާ މެދު ބަހުސް ކުރަން ހުށަހަޅުއްވައި މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ޓެގްކުރައްވާފައިވާ ފަރާތްތަކުން ބޭނުން އަދަދަކަށް މި ބަހުސްގައި ޤާނޫނީ ވަކީލުން ބައިވެރިކުރުމަށް ދައުވަތު ދެއްވާ ކަމަށެވެ. މައުމޫން ވަނީ ބަހުސްގައި އެބޭފުޅާ ހުންނަވާނީ އެކަނި ކަމަށް ވެސް ވިދާޅުވެފައެވެ.

"މިއީ ހަމަހަމަ ބަހުސަކަށް ހެދުމަށް، މިފަޅިން ހުންނާނީ އަޅުގަނޑު އެކަނި"

މި ޓްވީޓްގައި މައުމޫން ހަމީދު ވަނީ ޤާނޫނު އަސާސީގެ 257 ވަނަ މާއްދާގެ ސްކްރީންޝޮޓެއް ވެސް ހިމަނުއްވާފައެވެ. ޤާނޫނު އާސާސީގެ 257 ވަނަ މާއްދާއަކީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ނެރޭ ޤަރާރު ރައްޔިތުންގެ މަޖިލިހުން އެންޑޯޒް ކުރަން ޖެހޭނެ ކަމަށް ބުނާ މާއްދާއެވެ.

ހުޅުވާލެވިފައިވާ ބަހުސަކަށް މައުމޫން ހަމީދު ދެއްވާފައިވާ މި ދައުވަތަށް އެއްވެސް ފަރާތަކުން އަދި ރަސްމީކޮށް ރައްދެއް ދީފައެއް ނުވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ޤާނޫނީ ސައްޚަ ކަމާ މެދު ބަހުސް ކުރުމަށް މައުމޫން ހަމީދު ސަރުކާރަށް ދައުވަތު ދީފައިވާއިރު، ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކުން ދަނީ ރާއްޖޭގައި މިހާރު އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ ޣައިރުޤާނޫނީ ޤަރާރަކުން ރައީސުލްޖުމްހުރިއްޔާ އިޢުލާނު ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ބުނަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް