Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ުއުއްތަމަ ފަނޑިޔާރު އަބްދުﷲ ސަ

އުއްތަމަ ފަނޑިޔާރު ބަހައްޓާފައި ހުންނެވީ އިންސާނުން ބަހައްޓަން ހެޔޮވާވަރުގެ ތަނެއްގައެއް ނޫން: ގާނޫނީ ވަކީލު

އެ މައްސަލަ އެޗްއާރުސީއެމް އަަށް ވަނީ ހުށަހަޅާފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2018 | ބުދަ 11:46
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލު ހިސާން ހުސެއިން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލު ހިސާން ހުސެއިން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުރީ އިންސާނުން ބަހައްޓަން ހެޔޮވާވަރުގެ ތަނެއްގައި ނޫން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިސާން ވިދާޅުވީ އުއްތަމަ ފަނޑިޔަރާ މެދު އަމަލު ކުރެވެމުންދަނީ އެ މަގާމުގައި ހުންނަވާ ބޭފުޅަކާ މެެދު އަމަލު ކުރެވިގެންވާނެ ގޮތައް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ހިސާން ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރު ބަހައްޓާފައިވާ ތަނުގެ މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނަށް އެމަނިކުފާނުގެ އާއިލާގެ ފަރާތުންނާއި ގާނޫނީ ވަކީލުންގެ ފަރާތުން ވަނީ ހުށަހަޅުއްވާފައެވެ. އަދި އެ މައްސަލަ ކްރިމިނަލް ކޯޓަށް ވެސް ހުށަހަޅުއްވާފައިވާ ކަމަށް ހިސާން ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން ހިތާމަކުރަން ހިއުމަން ރައިޓްސް ކޮމިޝަނަށް މި މައްސަލައަށް ހައްލެއް ހޯދައިދޭން އެކަށީގެން ވާވަރުގެ މަސައްކަތެއް ކުރެވިފައި ނުވާތީ. ހަމަ އެއާ އެކު ކްރިމިނަލް ކޯޓަށް ވެސް އެ މައްސަލަ އަޅުގަނޑުމެން ހުށަހެޅިން. ކްރިމިނަލް ކޯޓަށް މި މައްސަލަ ހުށަހަޅަން ޖެހުނު ސަބަބަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރެވިގެން އުޅުނުއިރު އޮންނާނެ ނިންމަވާފައި މޯލްޑިވްސް ޕޮލިސް ސާވީސް އިން ދައުލަތުގެ އިސް މަގާމުގައި ތިއްބަވާ ބޭފުޅުން ހައްޔަރުކޮށްގެން ގެންގުޅޭއިރު އަމަލު ކުރަން ޖެހޭ އިންޓާނަލް އުސޫލެއް އޮންނަން ޖެހޭނެ ކަމަށް،" ހިސާން ވިދާޅުވިއެވެ.

ރިޝްވަތު ހިފައި ވަކި ގޮތަކަށް ހުކުމް ނެރުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހްމަތުގައި އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ސިފައިން ސުޕްރީމް ކޯޓަށް ވަދެގެންނެވެ. އަދި ސުޕްރީމް ކޯޓުގެ ދޮރުތައް ހަލާކުކޮށްލައިގެން ސިފައިން އެތަނަށް ވަދެފައިވާއިރު އޭރު އެތަނަށް ވަން މީހުންގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބު އުއްތަމަ ފަނޑިޔާރު ކަނޑައެޅުއްވި ވާހަކަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހިސާން ތަކުރާރުކުރެއްވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިހާރު ވަނީ އެކަން ދޮގުކޮށްފައެވެ. ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުރުމަތްކެނޑިކަމުގެ އަދަބު ބައެއް މީހުންގެ މައްޗަށް ކަނޑައަޅާފައިވާނެ ކަމަށް ތަހްގީގަށް އައި ފުލުހުންނަށް ވެސް އުއްތަމަ ފަނޑިޔާރު ދަންނަވާފައިވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އުއްތަމަ ފަނޑިޔާރާ ވަކީލެއްގެ ގޮތުން ބައްދަލުވުމަށް ދަތިތަކާ ކުރިމަތިވެވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ

ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު