Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްލާމިކް ސްޓޭޓް

އައިއެސްގެ ލީޑަރު ބަޤްދާދީ ދުނިޔޭގައި އެބަހުރި: އިރާޤް

ސީރިއާގެ ރައްޤާގައި ދިން ވައިގެ ހަމަލާތަކެއްގައި ބަޤްދާދީގެ ފައި ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 13 ފެބުރުއަރީ 2018 | އަންގާރަ 03:47
ެއައިއެސްގެ ލީޑަރު އަބޫބަކުރު އަލް ބަޤްދާދީ

ެއައިއެސްގެ ލީޑަރު އަބޫބަކުރު އަލް ބަޤްދާދީ

އިރާޤާއި ސީރިއާގައި އަތްގަދަ ކުރި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކުރު އަލް ބަޤްދާދީ ދުނިޔޭގައި އެބަހުރި ކަމަށާއި، ބަޤްދާދީ ދަނީ ސީރިއާގައި ސިއްހީ ފަރުވާ ހޯދަމުން ކަމަށް އިރާޤްގެ އިސް އޮފިޝަލަކު ބުނެފި އެވެ.

އިރާޤްގެ އޮފިޝަލަކާއި ހަވާލާދީ އަލް ޖަޒީރާ އިން ބުނީ، ވައިގެ ހަމަލާތަކެއްގައި ބަޤްދާދީ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށާއި، އެކަމަށް ސީރިއާގެ އިރުއުތުރުގެ ސަރަޙައްދެއްގައި ހުރި ސިއްހީ ޚިދުމަތްދޭ ތަނަކުން ބަޤްދާދީ ފަރުވާ ހޯދަމުންދާ ކަމަށެވެ.

ވައިގެ ހަމަލާތަކުގައި ބަޤްދާދީގެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށް އިރާޤުގެ އިންޓެލިޖެންސް އަދި ކައުންޓަރޓެރަރިޒަމް ޑިޕާޓްމަންޓުގެ ވެރިޔާ އަބޫ އަލީ އަލް ބަސްރީ އާ ހަވާލާދީ އިރާޤްގެ ސަރުކާރުން ހިންގާ ސަބާހް ޑެއިލީ އިން ހޯމަ ދުވަހު ރިޕޯޓްކޮ ށްފައިވެއެވެ.

ސަބާހް ޑެއިލީ އާ ވާހަކަ ދައްކަމުން އަލް ބަސްރީ ވިދާޅުވީ، އައިއެސްގެ އެތެރޭގެ މަސްދަރުތަކުން ލިބޭ މައުލޫމާތުތަކާއި ލިޔެކިޔުންތަކަށް ބަލާއިރު ބަޤްދާދީ ދުނިޔޭގައި އެބަހުރި ކަމަށާއި، ބަޤްދާދީ ފިލުވުމަށް އޭނާގެ ވާގިވެރިން އެހީތެރިވަމުންދާ ކަމަށެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ ނުރައްކާތެރި ޓެރަރިސްޓުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބަޤްދާދީ ހޯދުމަށް އެމެރިކާ އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބަޤްދާދީގެ ބޮލަށް އެމެރިކާ އިން ވަނީ 25 މިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައެވެ. ބަޤްދާދީ މިހާރު ދިރިއުޅެނީ ސީރިއާގެ ޑެއިރް އަޒޫރްގެ ހުޅަނގުގައި އޮންނަ ސީރިއާގެ ޖަޒީރާ ސަހަރާގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އަލް ބަސްރީ ވިދާޅުވި އެވެ.

މީގެ އިތުރުން ބަސްރީ ވަނީ، ފަޔަށް ލިބުނު ޒަޚަމްތަކުގެ އިތުރުން ހަކުރު ބައްޔާއި، ހަށިގަނޑާއި ފައިގެ ކަށިތަކުގައި ރެނދުލާފައިވުމުގެ ސަބަބުން ބަޤްދާދީ އަމިއްލަ އަށް ހިނގާބިނގާވެ ނޫޅެވޭ ކަމަށް ވިދާޅުވެފައެވެ.

އިރާޤާއި ސީރިއާގައި އައިއެސް އަށް ފާއިތުވި އަހަރުތަކުގައި އަސްކަރީ ގޮތުން ބޮޑެތި ނާކާމިޔާބީއެއް ލިބުނު ނަމަވެސް، ސީރިއާގެ އިރުއުތުރުގެ ހަސާކާ ޕްރޮވިންސްގައި އެޖަމާއަތުގެ ހަނގުރާމަވެރިން އަދިވެސް ހަރަކާތްތެރިވަމުންދާ ކަމުގެ މައުލޫމާތު ލިބެއެވެ.

ބަޤްދާދީ އަށް އަމާޒުކޮށް ވައިގެ ހަމަލާދީފައިވަނީ ކޮން އިރަކު، ކޮން ބައެއް ކަމެއް ސާފުވެފައެއްނުވެއެވެ. އެހެންނަމަވެސް އޭނާ ޒަޚަމްވެފައި ވަނީ އިރާޤުގައި ދިން ވައިގެ ހަމަލާތަކުގެ ތެރޭގައި ކަމަށް ބަސްރީ ވިދާޅުވި އެވެ.

ރަޝިއާގެ ދިފާޢީ ވުޒާރާ އިން ވަނީ، ކުރިން އައިއެސްގެ ބާރުގެ ދަށުގައި އޮތް ސީރިއާގެ ރައްޤާގެ ރަށް ބޭރުގައި ރަޝިއާ އިން ދިން ވައިގެ ހަމަލާއެއްގައި ބަޤްދާދީ މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް މީގެ ކުރިން ބުނެފައެވެ. އައިއެސްގެ އަތްދަށުން ރައްޤާ މިނިވަންވެފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

އެމެރިކާގެ އޮފިޝަލަކާއި ހަވާލާދީ ސީއެންއެން އިން ހޯމަ ދުވަހު ވަނީ، ރައްޤާގައި ދިން ވައިގެ ހަމަލާތަކެއްގައި ބަޤްދާދީ ޒަޚަމްވެފައިވާ ކަމަށާއި، ލިބުނު ޒަޚަމްތަކާއި ގުޅިގެން ހަނގުރާމަވެރި ޖަމާއަތުގެ ކޮމާންޑް އެހެން ފަރާތަކާއި ހަވާލު ކުރަން ޖެހުނު ކަމަށް ރިޕޯޓްކޮށްފައެވެ.

އެމެރިކާގެ އޮފިޝަލް ބުނީ، ރައްޤާގައި އެމެރިކާގެ ކޯލިޝަނާއި ވަކިން ރަޝިއާ އިން ވައިގެ ހަމަލާތައް ދީފައިވާ ކަމަށާއި، އެހެން ކަމުން ބަޤްދާދީ ޒަޚަމްވެފައި ވަނީ ކޮން ބައެއްގެ ހަމަލާތަކެއްގައިކަން ސާފުނުވާ ކަމަށެވެ.

ސީރިއާގެ ހަނގުރާމާގައި ރަޝިއާ އިން ވާގިވެރިވަނީ އެގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ. އެމެރިކާ އިން މަދަދު ދެނީ، ބައްޝާރުގެ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރިންނަށެވެ.

މީގެ އިތުރުން އެހެން މީޑިއާ އަކާއި ވާހަކަ ދެއްކި އެމެރިކާގެ އޮފިޝަލަކު ވަނީ، މިހާރު އައިއެސްގެ ހަރަކާތްތައް ހިންގަނީ ބަޤްދާދީގެ ބެލުމުގެ ދަށުންތޯ ނުވަތަ ނޫންތޯ ކަށަވަރު ނުވާ ކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
08 އެޕްރީލު 2017

އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި

08 އެޕްރީލު 2017
އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
27 މާރިޗު 2017

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު