Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވާހަކަަ
އާކުއްޖެކޭ ދަސްވީފަހުން

އާކުއްޖެކޭ ދަސްވީފަހުން: ހުވަފެންތައް

ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2018 | ހޮނިހިރު 18:35
ތީމް ފޮޓޯ

ތީމް ފޮޓޯ

ޖެނުއަރީ 21، 2018 ވަނަ ދުވަހުގެ އަދަދާ ގުޅޭ

އައިޝާ ގެ ކޯލްތައް އަންނަލެތް ގިނަކަމުން ކަންބޮޑުވެގެން އަދުހަމް ގެއަށް ދިޔައެވެ. ސިޑިން މައްޗަށް އެރެވުނުއިރު މީހާ ހުރީ މާނޭވާ އަރާފައެވެ. ބޮލަށް އެނބުރުން އަރާހެން ހީވެގެން ގޮސް ސޯފާއަށް ވެއްޓިގަތެވެ. ސޯފާ ކުރިމަތީގައި ބަހައްޓާފައިހުރި މޭޒަށް ދެފައި އަރުވައި ދަމާލިއެވެ.

"ކިހިނެތްވީ އަނެއްކާ؟ ތަނަކަށް ތަދުވީތަ؟" ވަރަށް ބާރަށް ބުނިއަޑު އިވުނެވެ. ކުރިމަތީގައި ހުރީ އައިޝާ އެވެ. އަދުހަމް އަށް ލިބުނީ ކުއްލި ސިހުމެކެވެ. މޭޒުމަތީގައި ބާއްވާފައިއޮތް ދެފައި ތިރިކޮށްލިއެވެ.

"މި ބާސްކެޓް ބޯޅައެއްގެ ޕްރެކްޓިސް އާހެދި ހުވާ މިބުނީ މިއޮތީ ބޮޑު-" އަދުހަމް ބުނަން އުޅުނު ބަސް މެދުކަނޑާލިއެވެ.

އަދުހަމްގެ ކުރިމަތީގައި ހަށަމަށް އަތް ނަގައިގެން ހުރީ އައިޝާ އެވެ. އެތައް ހަފުތާއެއް ފަހުން މިއަދު އައިޝާ އެހުރީ ރަނގަޅަށެވެ. މުޅިން ނޯމަލް ކޮށެވެ. އޭނާ ލައިގެން ހުރީ ނޫކުލައިގެ ޓީޝާޓަކާއި ޖީންސެކެވެ. އިސްތަށިގަނޑު ހުރީ ރީތިކޮށް އޮމާންކޮށްފައެވެ. މޫނުގައި ކޮންމެވެސް ވަރަކަށް މޭކަޕްގެ އަސަރުވެސް ފެންނަން ހުއްޓެވެ. ލޯމަތިން މިފަހަކަށް އައިސް ފެންނަން ހުންނަ 'ދުޅަކަމެއް' ވެސް އެހާބޮޑަށް ފާހަގައެއް ނުވެއެވެ.

ތެދުވަމުން، އަދުހަމްގެ ދެލޯ އުނގުޅާލިއެވެ. ލިބިފައިހުރި ހައިރާން ކަމުންނެވެ. "އައިޝާ ތިހުރީ އަނެއްކާ ހަމައިގަތަ؟"

"ކީކޭ؟ އަހަރެން ނިދަން ލާން ގެންގުޅޭ ހުރިހައި އެއްޗެއް ދާވެފަ ހުރީމައޭ މި އެއްޗެހި މިގަޑީގަ ލައިގެން މިހުރީ." އިސްތަށިގަނޑުގައި އަތުން ފުނާ އަޅަމުން، މޭޒުގެ އެއް ކަނުގައި އިށީންނިއެވެ. އިސްދަށަށް ޖަހައިލަމުން އަތުގައި އޮތް ކެވެލިކޮޅާއި ކުޅެންފެށިއެވެ.

އައިޝާއަށް އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާއި ބޭނުން ޓޮޕިކަކަށް ވާހަކައެއް ދައްކަން ފެށުން އެއީކީ އެހައި ބޮޑުކަމެއް ނޫނެވެ. އުނދަގޫކަމެއް ނޫނެވެ. އަދުހަމް އަކީ އެހައި ވިސްނުންތެރި، އޭނާއަށް އަޅައިލައި ކުއްޖަކަށް ވާނެކަމަށް މީގެ ކުރިން އޭނާ ހިއެއް ނުކުރެއެވެ. އަދި ފްރީކޮށް ކޮންމެފަދަ ވާހަކައެއްވެސް ދައްކައިލެވިދާނެ ކުއްޖެއް ކަމަށް ހިއެއް ނުކުރެވެ އެވެ. ނަމަވެސް އައިޝާ އެއްމެ ހިތްދަތިވި ދުވަސްކޮޅު އަދުހަމްގެ ފަރާތުން ފެނިގެން ދިޔައީ ހީވެސް ނުކުރާހާ ރަނގަޅު ބަދަލެކެވެ.

"އަހަރެން ދައްތަ ކައިރީގަ ވާހަކައެއް ބުނަންވެފަ އެބައޮތް." އަދުހަމް ވަރަށް ޖެހިލުންވެ އިނދެ ބުންޏެވެ.

އަދުހަމް ބުނަން އުޅުނު ވާހަކަ ބުނެ ނުނިމިގެން އުޅެނިކޮށް އައިޝާ ވާހަކަދައްކަން ފެށިއެވެ. "މަށަށް އެނގޭ. ކޮންމެހެން އެކަން ފޮރުވަން އުޅުމުގެ ބޭނުމެއްނެތް، އަހަރެން ކައިރީ މަލީޝާ އެ ވާހަކަތައް ކިޔައިދީފި."

ކުއްލިއަކަށް އަދުހަމް ކޮޅަށް ދެތުވިއެވެ. ގޮށްމުށް ކަވާފައި ފާރުގައި ބޮނޑިއެއް އަޅުވައިލިއެވެ. "ޑޭމް. އޭނައަށް އެނގޭތަ؟ އައި އޭމް ސޯ ސޮރީ ސިސް. އައި މޭޑް އަ ހިއުޖް މިސްޓޭކް. އެރޭގަ އަހަންނަށް ހުރެވުނީ ޖައްސައިގެން. ދެން އޭނަ-"

އައިޝާ، އަދުހަމް އާއި ކައިރިއަށް ޖެހިލިއެވެ. "ކީކޭތަ ތި ކިޔަނީ؟ ކުރީ ރޭގަ އޭނައާއެކު ކެފޭގަ އިނީމެއްނު؟" އަދުހަމްގެ ކޮނޑުގައި ހިފައި އައިޝާ އާއި ދިމާއަށް އަނބުރާލަމުން ބުންޏެވެ.

އައިޝާ ގެ ޖުމްލަ ފުރިހަމަ ވުމުން އަދުހަމް އަށް ފުން ނޭވައެއް ބޭރުކޮށްލެވުނެވެ. އަދުހަމް އަށް ކުރެވުނީ ސިކުނޑި ސުމަކަށް ދާން އުޅޭކަހަލަ އިޙްސާސެކެވެ.

'ދައްތަ އެ ދައްކަނީ ކުރިންރޭ އަހަރުން ކެފޭއަށް ދިޔަވާހަކަދޯ. އަހަރެން މި ހީކުރަނީ އެ،.... އަނެއްރޭގެ ވާހަކަ ކަމަށް.' އަދުހަމް ބޮލުގައި އަތުން ހިފަހައްޓަމުން ސޯފާގައި އިށީންނިއެވެ. ހަމަ އެއާއެކު ސޯފާމަތީގައި ބާރަށް ޖެހިއެވެ.

'އަދުހަމް. ކިހިނެތްތަ ވެގެން ތިއުޅެނީ؟ މަލީޝާގެ ވާހަކައެއް ނޫންތަ އަދޫ ތި ދައްކަނީކީ؟"

އައިޝާ ގެ ސުވާލު އިވިފައި އަނެއްކާވެސް އަދުހަމް އަށް ތެޅިގަނެވުނެވެ. "އައިޝް. އަހަރެން އެރޭ." އަދުހަމްގެ ހިތް ބާރަށް ތެޅެމުންދާ އަޑު ޚުދު އޭނާއަށް އިވެންފެށި އެވެ.

"އަހަރެން ދުށިން ޝިފާ. މިބުނީ ޝިފާ ގެއްލުނު ރޭގަ އަހަރެން އޭނަ ދުށިން. މަގޭ ފްރެންޑުންނާއެކު ޕާޓީކޮށްފަ، ޖައްސަން ތިބެފަ އަހަރެން އަންނަނިކޮށް އޭނަ އަހަރެންގެ ބޯކޮޅު ބަލަމުން ފަހަތުން އަޅުވާލައިގެން އައީ." އަދުހަމް ގެ އަތުން ނިތްކުރީގައި ބާރަށް އަތް އުނގުޅަން ފެށިއެވެ. "އޭނަ އުޅުނީ ގަދަކަމުން އަހަންނާ ކިސް ކުރަން. އަހަރެން އޭނަ ދުރަށް ކޮއްޕާލިން. ޝިފާ ގާތަށް ވަރަށް ބޮޑަށް ރުޅިއައި. ދެން އޭނާ ތަނެއް ދޮރެއް ނުބަލައި އަހަރެން ގައިގަ ތަޅަން ފެށީ. އަހަރުމެން ދެމީހުން ވަރަށް ގަދަޔަށް ޒުވާބުކުރިން އެރޭގަ." އަދުހަމް ދެލޯ މަރައިލިއެވެ. ސޯފާގައި ބޯޖަހަމުން މޫނު ފޮރުވިއެވެ.

"އެއްމެ ރަނގަޅު. ތި ދެމީހުން ކިތައްމެ ރުޅި އައިސްފަ ތިއްބަސް، އަދޫ އެތަނުން ދުރަށް ދިޔައިރު، ވޯޒް ޝީ އޯކޭތަ؟" އަދުހަމް ގެ ބޮލުގައި ފިރުމާލަމުން އައިޝާ އެހިއެވެ.

"އޮފް ކޯޒް ޝީ ވޯޒް މޯރ ދެން އޯކޭ. އެނގެއެއްނު ޝިފާގެ ގޮތް. އަސްލު އަހަރެން ހީކޮށްގެން ހުރީ އޭގެ އަނެއް ދުވަހު ސިސް ކައިރީގަ މިވާހަކަ ބުނަން. އެކަމަކު ދެން އޭނާ-"

އަދުހަމް ދެއްކި ހުރިހައި ވާހަކައެއް އައިޝާ އަޑުއެހިއެވެ. އައިޝާ އަދުހަމް ކައިރީ ކުރަން ބޭނުން އެތައް ސުވާލެއް ބޮލުތެރޭގައި ފުނިޖެހެމުން ދިޔަޔަސް އޭނާ ބޭނުންވީ އެ ސުވާލުތައް އެހެން ވަގުތެއްގައި ކުރުމަށް މަޑުކޮށްލުމަށެވެ.

އަދުހަމް އާއި ދިމާއަށް އައިޝާ ބަލަން އިނެވެ. ވިސްނަމުންނެވެ. ވިސްނަމުން ދިޔައީ އޭނާއަށް ފެންނަ ހުވަފެންތަކުގެ ވާހަކަ އަދުހަމް ކައިރީގައި ކިޔައިދޭނީތޯ ނުވަތަ ކިޔައިނުދީ މަޑުކޮށްލާނީތޯ އެވެ.

"އަދޫ. އަހަރެންވެސް އަދޫ ކައިރީގަ ވާހަކައެއް ޝެއަރކޮށްލަން ބޭނުން."

އަދުހަމް އިސްއުފުލައިލިއެވެ. އަޑުއެހުމަށް ޝައުޤުވެރިކަން ހުރުމުން ކުރިއަށް ޖެހިލިއެވެ.

"އަހަންނަށް ހުވަފެނެއް ފެންނަނީ. އެ ހުވަފެނުން ފެންނަނީ ޝިފާ އަށް ނުރައްކަލެއް ކުރިމަތިވެގެން އުޅެނިކޮށް. އަހަރުމެންނަށް އެ ހުވަފެނުގަ ތިބެވެނީ ނުވެސް ދަންނަ ތަނެއްގަ." އައިޝާ އަށް ފެންނަ ހުވަފެން ކިޔައިދޭން ހަމަ ފެށުމާއި އެކު އޭނާ ހުއްޓުވޭތޯ އަދުހަމް މަސައްކަތް ކުރިއެވެ. ނަމަވެސް އައިޝާ ގެ ވާހަކަތައް މެދުކަނޑައިނުލައި ކުރިއަށް ގެންދިޔައެވެ. "އަހަންނަށް މި ހުވަފެން ފެންނަން ފެށީ ޝިފާ ގެއްލުނުފަހުން. ދެން އަނެއްކާ އީތަން ގެއްލުނުފަހުން، ހަމަ އެކަހަލަ ހުވަފެނަކުން އީތަން ވެސް ފެންނަން ފެއްޓި. ކޮންމެ ފަހަރަކުވެސް އެ ހުވަފެން ފެންނަނީ ހަމަ އެއްގޮތަކަށް. އެއްމެ ތަންކޮޅެއްވެސް ބަދަލެއް ނުވެ. އެ ހުވަފެނުން އެއްމެ ބިރުގަންނަ ތަންކޮޅަކީ ބިމުން އަރާ އަތެއް ފެންނާތީ."

"ބިމު އަޑިން އަތެއް އަރައި ބިމު ތެރެއަށް ޝިފާ ދަމައިގަނެގެން ގެންދާތީ ދޯ!" ހައިރާންވެ އިނދެ އަދުހަމް ބުންޏެވެ.

އައިޝާއަށް ހީވީ ގައިގައި ކަރަންޓް ޖެހުނުހެންނެވެ. މުޅި މީހާގެ ގަޔަށް ވަރުގަދަ ހީރޯޅިއެއް އަރައިގެން ދިޔައެވެ. "ކިހިނެތް އަދޫ އަށް ތިކަން އެނގުނީ؟"

"އަހަންނަށްވެސް ހަމަ ތި ހުވަފެންތައް، ހަމަ ތިގޮތަށް ފެންނަތާ ދުވަސްކޮޅެއް ވެއްޖެ!!!"

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

  އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

12 ނޮވެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

30 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

20 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް

އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް

10 އޮކްޓޯބަރު 2017
 އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން

އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން

29 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު