Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވާހަކަައާކުއްޖެކޭ ދަސްވީފަހުން

އާކުއްޖެކޭ ދަސްވީފަހުން: މަލީޝާ

ސިއްސައިގެން ގޮސް ފަސް އެނބުރި ބަލައިލަމުން ލޮކަރު ލެއްޕި އެވެ. ދިގު، ދޮން އަންހެންކުއްޖެއް ހުރީ އޭނާއާއި ނުހަނު ގާތުގައެވެ. އެކުއްޖާ ލައިގެން ހުރީ ކުރުކުރު ޓޮޕްކޮޅަކާއި ނޫކުލައިގެ ޖީންސެކެވެ.

| 3 އޯގަސްޓު 2017 | ބުރާސްފަތި 01:12
އާކުއްޖެކޭ ދަސްވީފަހުން

އާކުއްޖެކޭ ދަސްވީފަހުން

ހުޅުމާލޭގައި މީހުން ވަޒަންވެރިވެ އުޅެންފެށިތާ މިހާާރު 40 އަހަރު ވެއްޖެއެވެ. މިހާރު ހުޅުމާލެއަކީވެސް ފުރި ތޮއްޖެހިފައިވާ ތަނެކެވެ. ދެވަނަ ފިޔަވަހީގައި ހިއްކި ސަރަޙައްދު ނުވަތަ އައު ހުޅުމާލެވެސް ފުރޭކަށް މާގިނަ ދުވަހެއް ނެތެވެ. ހުޅުމާލެ ކިތަންމެ ތޮއްޖެހިފައި އޮތަސް، ބިޔަ ޖަންގަލި ހިމެނޭ ސަރަޙައްދެއް އެރަށުގައި ބާއްވާފައި އޮތްކަމުން ރަށުގައި ފެހިކަންގަދަ ސަރަޙައްދެއް އޮތުމުގެ ހިތްހަމަޖެހުން އެރަށުގެ ރައްޔިތުންނަށް ލިބެމުންދެއެވެ. ނަމަވެސް އެ ބިޔަ ޖަންގަލި ސަރަޙައްދުގައި ގޮތްނޭނގޭ ކަންތައްތަކެއް ހިނގަމުން އަންނަކަމީ މިފަދަ ޒަމާނެއްގައިވެސް ޤަބޫލުކުރަން ޖެހިފައިވާ ޙަޤީޤަތެކެވެ.

**************

އައިޝާގެ ފޯނު އޮންކޮށްލިއެވެ. އެނދުގެ އަނެއްފަރާތަށް އެނބުރުނެވެ. ފޯނުގެ ލޮކް ހުޅުވުމަށްފަހު ދެފަހަރަކަށް ގަޑި ބަލައިލިއެވެ. އޭނާ ސްކޫލަށްދާން ތައްޔާރުވާ ގަޑި ޖެހިއްޖެކަން އެނގުނަސް ކަންނެތްވެފައި މިއަދުވެސް އޮވެވުނީއެވެ.

"އަނެއްކާ މިއަދުވެސް ގަޑިޖެހޭނެކަން ޔަޤީން" މަޑުމަޑުން އައިޝާއަށް ބުނެލެވުނެވެ. އެނދުން ތެދުވެ، އިސްތިރިކުރާ މޭޒުމަތީގައި އޮތް އޭނާގެ ހެދުން ނެގިއެވެ. ރޭގައި އޭނާ އިސްތިރިކޮށްފައި ބާއްވާފައި އޮތް ހެދުން ނަގަމުން ފާޚާނާ އާއި ދިމާއަށް ދުއްވައިގަތެވެ.

"މައި ޑިއަރ ސިސް، އަނެއްކާ މިއަދުވެސް ސިސް ނިމެންދެން އަހަންނަކަށް މަޑެއް ނުކުރެވޭނެ އިނގޭ!" ފާޚާނައިގެ ދޮރުގައި ޓަކިޖަހާލަމުން އަދުހަމް ޝަކުވާކުރިއެވެ.

"އެއްމެ 5 މިނެޓޭވާނީ!!"

"އޯކޭ، ޔޯރ ޓައިމް ސްޓާރޓްސް ނައު އިނގޭ، ޓިކް ޓޮކް، ޓިކް ޓޮކް" މިހެން ކިޔަމުން އަދުހަމް ދުރަށް ދިޔައެވެ.

ލޯގަނޑު ކުރިމަތީގައި ހުރެގެން އަރިއަރިއަށް ގުދުވަމުން، އައިޝާ ހެދުން ރީތިކުރަމުން ދިޔައެވެ. އައިޝާގެ ދަބަހާއި ބޫޓް ނެގުމާއިއެކު އަވަސްވެގަތީ ތިރިއަށް ފޭބުމަށެވެ. އެ ދެބެންގެ ކޮޓަރި ހުންނަނީ ފުރަތަމަ ފްލޯގައެވެ. ގްރައުންޑް ފްލޯގައި ހުންނަނީ ސިޓިން ރޫމާއި ބަދިގެ އަދި ކާގެއެވެ. އައިޝާ ގޮސް މަޑުކޮށްލީ ކާމޭޒު ކައިރީގައެވެ. "ކޮބާ މަ ބުނީމެއްނު ރެޑީވާނަމޭ އޮން ޓައިމް އަށް"

އަދުހަމް ކަމުން ގެންދިޔަ ޕާންފޮތި ތަށީގައި ބޭއްވިއެވެ. "އަސްލުވެސް ތިބުނީ ތެދެއް، އެކަމަކު އެއީ ފައިވް މިނިޓްސް އިޒް އީކުއަލް ޓޫ-" އަތުގައި އޮތް ގަޑިއަށް އަދުހަމް ބަލައިލަމުން ބުނަންފެށި ޖުމްލަ ފުރިހަމަ ކުރިއެވެ. "އިފް ފައިވް މިނިޓްސް އިޒް އީކުއަލް ޓު ޕްރިސައިސްލީ ޓްވެންޓީ ސެވެން މިނިޓްސް ދޯ!!"

"ވަޓް!!!؟ ކީއްވެ ކުރިން މަށަށް ނުގޮވީ؟"

"އޯހް އައި އޭމް ސޯ ސޮރީ ޑިއަރ ސިސް. އަހަންނަކަށް ނޭނގޭ ކަރުއޮތް މިނަށް 'ފެލުން' އެއީ ގޮވުން ނޫންކަމެއް" ދިމާކޮށްލަމުން އަދުހަމް ޖަވާބު ދިނެވެ.

އައިޝާ ލޯ އަޅައިލިއެވެ. "ކޭންވީ ގޯ ނައު ޑިއަރ ބްރޯ؟" މޭޒުމަތިން އާފަލެއްނަގައި ދަތް އަޅަމުން އައިޝާ ހިނގައިގަތެވެ.

އަދުހަމް އާއި އޭނާގެ ދައްތަ އައިޝާއަށް ސްކޫލާއި ހަމައަށް ދެވުނީ ފުރަތަމަ ޕީރިއަޑް ފެށުމަށް ޖަހާ ރަނގަބީލު ޖެހުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ. އަދުހަމް ދިޔައީ އިމާރާތުގެ އަނެއް ވިންގާއި ދިމާއަށެވެ. އައިޝާ ދިޔައީ ލޮކަރ ރޫމަށެވެ. "މިއަދުވެސް އަނެއްކާ ޑިޓެންޝަނަކަށް ކަން ނޭނގެ ދާާނީ. މިސް ރުބީނާ ހުންނާާނީ މަ ކާލާވަރަށް ރުޅިގަދަވެފަ މިހާރު"

ލޮކަރު ތެރެއަށް ދަބަސް އެއްލުމަށްފަހު އައިޝާ އަވަސްވެގަތީ ހިސްޓްރީ ފޮތް ހޯދުމަށެވެ. އޭނާގެ ލޮކަރު ތެރެއެކޭ ކުނިގޮނޑެކޭ ހަމަ އެއްވެސް ތަފާތެއް ނެތެވެ. އެއްޗެހިތައް ހުރީ އެއްވެސް ތަރުތީބެއް ނެތި އެގޮތް މިގޮތަށެވެ. ފޮތްތައް ހާާވަނިކޮށް ވަޅޯވެ ހަލާކުވެފައިވާާ އާފަލެއް ފެނުނެވެ. "އަހަރެން ހިތަށްވެސް އެރިއޭ ކޮންމެވެސް ތަނަކަށް ތި އާފަލުގަނޑު ލެވުނޭ" އައިޝާ ސޭކެއް ފަދައިން ވާހަކަދެއްކީ އާފަލާއެވެ.

"ތީނަ ތި އާފަލު ކާންތަަ ތިއުޅެނީ؟" އައިޝާގެ ފުރަގަހުން އިވުނީ މަޑުމޮޅި އަޑެކެވެ.

ސިއްސައިގެން ގޮސް ފަސް އެނބުރި ބަލައިލަމުން ލޮކަރު ލެއްޕިއެވެ. ދިގު، ދޮން އަންހެން ކުއްޖެއް ހުރީ އޭނާއާއި ނުހަނު ގާތުގައެވެ. އެކުއްޖާ ލައިގެން ހުރީ ކުރުކުރު ޓޮޕްކޮޅަކާއި ނޫކުލައިގެ ޖީންސެކެވެ.

"ސޮރީ، ތީނަ ބިރުގަންނަވާާލާކަށް ނޫން އަހަރެން ބޭނުންވީކީ" ހިނިތުންވަމުން އަންހެންކުއްޖާ ވާާހަކަދައްކަން ފެށިއެވެ.

އައިޝާ ބުމަ އަރުވާލިި އެވެ. "ތީ މި ސްކޫލަށް އާ ކުއްޖެއްތަ؟"

"ޔަޕް" އަންހެންކުއްޖާ ޖަވާބުދިނެވެ.

"އެވެސް އިން ދަ މިޑްލް އޮފް ދަ ސެމެސްޓަރ. އިސްޓަރެސްޓިންގ"

"ޔަަޕް. އެކަމަކު އެއީ ވަރަށް ދިގު ވާހަކައެއް" ދުރަށް ބަލައިލަމުން އަންހެންކުއްޖާ ބުންޏެވެ.

"އައި ލަވް ސްޓޯރީސް. އެކަމަކު ކިޔާކަށް ނޫން. ޖަސްޓް ޓު ލިސްން އިނގޭ" އައިޝާ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. "ތިއެއް ނޫނޭ. މިހާރު މާ ލަސްވަނީ. ރުބީނާ މިސް ހުންނާނީ މިހާރު ވަރަށް ނައްޓާފަ"

މަގުދައްކަމުން ގޮސް އައިޝާ ވަނީ އައިޝާގެ ކުލާާހަށެވެ. އެކުއްޖާގެވެސް އައިޝާގެ ފަހަތުން ގޮސްވަނީ ހަމަ އެ ކުލާހަށެވެ. ގްރޭޑް 11 –ސީ އަށެވެ.

"އެއް ސްކޫލެއްގެ، އެއް ކްލާހެއްގަ އެކަމަކު ތީނާގެ ނަމެއް އަދިވެސް ނޭނގޭ" ނުސީދާކޮށް އައިޝާ އެކުއްޖާގެ ނަމަކީ ކޮބައިތޯ ސުވާލުކުރި އެވެ."ބައިދަ ވޭސް، މަށަކީ އައިޝާ، ތީނައަށް ކިޔަނީ ކޮންނަމެއްތަ؟"

އަންހެން ކުއްޖާ އައިޝާ އާއި ހަތަރުކަޅި ހަމަަކޮށްލިއެވެ. "މަށަކީ މަލީޝާ"

- ނުނިމޭ -

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން – އޮޅުންބޮޅުން

02 ޑިސެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން – އޮޅުންބޮޅުން
12 ނޮވެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

12 ނޮވެމްބަރު 2017
  އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް
30 އޮކްޓޯބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

30 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި
20 އޮކްޓޯބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

20 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން
10 އޮކްޓޯބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް

10 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް
29 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން

29 ސެޕްޓެމްބަރު 2017
 އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން
16 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން – ސިއްރުތައް

16 ސެޕްޓެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން – ސިއްރުތައް
09 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ފަޅައިގެން ދިއުން

09 ސެޕްޓެމްބަރު 2017
 އާކުއްޖެކޭ ދަސްވީފަހުން: ފަޅައިގެން ދިއުން
04 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ގެއްލިގެން

04 ސެޕްޓެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: ގެއްލިގެން
26 އޯގަސްޓު 2017

އާކުއްޖެކޭ ދަސްވީފަހުން: މިތުރުން

26 އޯގަސްޓު 2017
އާކުއްޖެކޭ ދަސްވީފަހުން: މިތުރުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު