Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވާހަކަައާކުއްޖެކޭ ދަސްވީފަހުން

އާކުއްޖެކޭ ދަސްވީފަހުން – ސިއްރުތައް

"ތިކަހަލަ ރަނގަޅު ފްރެނޑެއް ލިބުނީތީ އަހަރެން ވަރަށް އުފާވޭ." މަލީޝާ ހަމަޖެހިލަމުން ބުންޏެވެ.

| 16 ސެޕްޓެމްބަރު 2017 | ހޮނިހިރު 14:20
ވާހަކައިގެ ތީމް ފޮޓޯ

ވާހަކައިގެ ތީމް ފޮޓޯ

މަލީޝާ ކުލާހުން ނިކުތްތަން އައިޝާއަށް ފެނިއްޖެއެވެ. މަލީޝާގެ ކަރުނަތައް ހިފެހެއްޓުމަށް މަސައްކަތްކުރަމުން ދިޔައެވެ. އޭނާގެ މޫނުވެސް ވަނީ އެއްކޮށް ރަތްވެފައެވެ.

ވޮޝްރޫމާއި ދިމާއަށް ދިޔަ މަލީޝާގެ ފަހަތުން އައިޝާވެސް ދިޔައެވެ. ވޮޝްރޫމްގައި ހުރި ތަނބެއްގައި ލެނގިލައިގެން މަލީޝާ ހުރިތަން ފެނުނެވެ.

"އޭތް ކިހިނެތްވީ؟ މަލީ، އާރ ޔޫ ފައިން؟" މަލީޝާގެ ކޮނޑުގައި އަތް ބާއްވާލަމުން އައިޝާ އެހިއެވެ.

"ކަމެއް ނުވޭ." މަލީޝާ ހިންދިރުވައިލި އެވެ. "އެނގެއެއްނު ބައްޕައަކު އޭނާގެ އަންހެން ދަރިއެއް މަރައިލި ކަމަށް ކިޔާ ޙާދިޘާއެއް ހިނގިކަން، ....... ޚަބަރުގަވެސް ކިޔެއްނު؟"

"އެކުއްޖާގެ ހަށިގަނޑު އަދިއަދަށްވެސް ނުފެނިގެން އުޅޭ ކުއްޖާ ދޯ؟" އައިޝާ ވެސް ކުރީ ސުވާލެކެވެ.

މަލީޝާ ބޯޖަހައިލި އެވެ.

"ހޫމް. އޭނައަށް ކިހިނެތްވީ؟ ކީއްވެ ކުއްލިއަކަށް އެވާހަކަ ދައްކަން ތި ފެށީ؟"

"އެ އަންހެން ކުއްޖާއަކީ އަހަރެންގެ ކޮއްކޮ." ވަރަށް އުނދަގުލުން، ކުރަކިވެފައިވާ އަޑަކުން މަލީޝާ ބުންޏެވެ.

އައިޝާ އަށް ހުރެވުނީއެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އިރުކޮޅަކު ހުރުމަށްފަހު ބުންޏެވެ. " އަދި ތިވާހަކަ މަލީ ނުބުނަމެއްނު. ވަރަށް ދެރަވެއްޖެ ތި ވާހަކަ އިވުމުން."

"އެއީ ދައްކަން އެހައި ފަސޭހަ ވާހަކައެއް ނޫން. އެއްމެންވެސް ހީކުރަނީ އަހަރެންގެ ކޮއްކޮ މަރައިލީ އަހަރެންގެ ބައްޕަ ކަމަށް. އަހަރެންގެ އުފަން ރަށް ދޫކޮށްފަ މިތަނަށް، މާމަ ކައިރިއަށް އަންނަން ޖެހުނީވެސް މަޖުބޫރުވެގެން." މަލީޝާގެ ކޯތާފަތް މައްޗަށް ކަރުނަތައް ފައިބަން ފެށިއެވެ. "އެ ހުރިހައި ކަމެއް ވެ ދިޔައިރު އަހަންނަށް ނުކުރެވުނު އެއްކަމެއްވެސް!!"

މަލީޝާ ހަމަޖެއްސުމަށްޓަކައި އޭނާގެ ކޮނޑުގައި ހިފައި ފިތަން ފެށިއެވެ.

"ހުއްޓާލާ. ތީ އެހާ ފިނޑިކުއްޖެއް ނޫނެއްނު. ހިތުގަ ހުރި އުދާސްތައް ބޭރުކޮށްނުލައި އުޅޭކަށް ނުވާނެ. މަލީ ބޭނުން ކޮންމެ ވާހަކައެއް އަހަންނާ ހިއްސާ ކުރެވިދާނެ. އަހަރެން ހުންނާނަން އަބަދުވެސް މަލީ އާއި އެކުގަ އޯކޭ؟"

"ތިކަހަލަ ރަނގަޅު ފްރެނޑެއް ލިބުނީތީ އަހަރެން ވަރަށް އުފާވޭ." މަލީޝާ ހަމަޖެހިލަމުން ބުންޏެވެ.

"އެނގޭ މީކީ ކާއެއްޗެއްގެ ވާހަކަ ދައްކަން އެހާ 'ޕަރފެކްޓް ޓައިމް' އެއް ނޫންކަންވެސް. އެކަމަކު އަޅެ ހާދަ ބަނޑުހައޭ. ހިނގާބަލަ އަޅެ ކެންޓީނަށް؟" އައިޝާ މަޑުމޮޅި ގޮތަކަށް ހިނިތުންވެލި އެވެ. "ގައިމުވެސް ޝިފާ ހުރިނަމަވެސް ބުނާނީ މިހެން."

"ޔޫ ރިއަލީ މިސް ހަރ ދޯ؟" ގަދަކަމުން ހިނިތުންވަމުން މަލީޝާ އަހާލިއެވެ.

އައިޝާ އޭނާގެ ތިރީ ތުންފަތުފައި ދަތްއެޅިއެވެ. "ކޮންމެ ތަނެއްގަ ޝިފާ ހުރިކަމުގަ ވިޔަސް އޭނާ ހުންނާނީ ސަލާމަތުން، ރައްކާތެރިކަމާ އެކުގަކަން މަށަށް އެނގޭ."

މަލީޝާ ގޮސް މޫނު ދޮންނަ ތަށި ކައިރީގައި ހުއްޓުނެވެ. މޫނަށް ފެންފޮދެއް ޖަހައިލުމަށް ފަހު ހޭންޑް ބޭގުން ޓިޝޫއެއް ނަގައި މޫނު ފޮހެލިއެވެ. އެއަށް ފަހު ކޮންމެވެސް ވަރަކަށް މޫނުގައި 'ޓަޗް' ކޮށްލުމަށް ފަހު ލޯގަނޑުން ރަނގަޅަށް މޫނު ބަލައިލިއެވެ. "އޯކޭ ހިނގާ ދާން."

ނުނިމޭ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން – އޮޅުންބޮޅުން

02 ޑިސެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން – އޮޅުންބޮޅުން
12 ނޮވެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

12 ނޮވެމްބަރު 2017
  އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް
30 އޮކްޓޯބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

30 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި
20 އޮކްޓޯބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

20 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން
10 އޮކްޓޯބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް

10 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް
29 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން

29 ސެޕްޓެމްބަރު 2017
 އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން
09 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ފަޅައިގެން ދިއުން

09 ސެޕްޓެމްބަރު 2017
 އާކުއްޖެކޭ ދަސްވީފަހުން: ފަޅައިގެން ދިއުން
04 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ގެއްލިގެން

04 ސެޕްޓެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: ގެއްލިގެން
26 އޯގަސްޓު 2017

އާކުއްޖެކޭ ދަސްވީފަހުން: މިތުރުން

26 އޯގަސްޓު 2017
އާކުއްޖެކޭ ދަސްވީފަހުން: މިތުރުން
03 އޯގަސްޓު 2017

އާކުއްޖެކޭ ދަސްވީފަހުން: މަލީޝާ

03 އޯގަސްޓު 2017
އާކުއްޖެކޭ ދަސްވީފަހުން: މަލީޝާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު