Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވާހަކަަ
އާކުއްޖެކޭ ދަސްވީފަހުން

އާކުއްޖެކޭ ދަސްވީފަހުން: މިތުރުން

އައިޝާ ކޮޅަށްތެދުވިއެވެ. އަދްހަމްގެ އަތުގައި ހިފައި ދަމައިގަތެވެ. "ސްޓޭ އަވޭ ފްރޮމް ހާރ އޯކޭ. ހިނގާ ދާން މަލީޝާ."

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2017 | ހޮނިހިރު 02:32
ވާހަކައިގެ ތީމް ފޮޓޯ

ވާހަކައިގެ ތީމް ފޮޓޯ

ހުޅުމާލޭގައި ހުންނަ 'އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް ސްކޫލް' (އައި.އެން.އައި.އެސް) އަކީ ޒަމާނީ ތަޢުލީމު ދެމުން އަންނަ ހައި-ސްކޫލެކެވެ. ކޮންމެ ކުލާސް ރޫމެއް ތައްޔާރުކޮށްފައިވަނީ ޚާއްޞަ މާއްދާއެއް ކިޔަވައިދިނުމަށް އެއްމެ އެކަށީގެންވާ ގޮތަށެވެ. ކޮންމެ މާއްދާއަކަށް ވަކި ކުލާސް ރޫމެކެވެ. އެ މާއްދާާއެއް އޮންނަ ގަޑިއަކަށް، އެ މާއްދާއެއް އޮންނަ ކުލާހަކަށް ދަރިވަރުން ހާޒިރުވާންޖެހޭ ގޮތަށެވެ.

އައިޝާ އާާއި މަލީޝާ، އެކުގައި ތިން ކުލާާހެއް ނަގަން ޖެހެއެވެ. ކޮންމެ ކުލާހަކަށް ގޮސްފައި ހުރިހައި ދަރިވަރުންނަށް މަލީޝާ ތަޢާރަފްކޮށްދެމުން އައިޝާ ގެންދިޔައެވެ. ސްކޫލްގެ ހުރިހައި ތަނަކަށް މަލީޝާ ގޮވައިގެން ދިޔައެވެ. އައިޝާގެ ނޯޓްސްތައް މަލީޝާއާާއި ހިއްސާާ ކުރިއެވެ. ބްރޭކް ގަޑީގައި އައިޝާގެ ރައްޓެހިންނާާއިއެކު އެއް މޭޒުދޮށުގައި ތިބެ ކެއުމުގެ ފުރުޞަތުވެސް މަލީޝާއަށް ދިނެވެ. މިއީ އައިޝާ މާގިނައިން ކޮށްއުޅޭކަމެއް ނޫނެވެ. މިއަދުވެސް މެންދުރުގެ ބްރޭކަށް އެމީހުން ސްކޫލް ކެފޭއަށް ދިޔައީ އެކީގައެވެ. ލަންޗް ޓްރޭތައް ހިފައިގެން އެމީހުން އިށީންނުމަށް މިސްރާބުޖެހީ ކެފޭގެ އެއް ކަނެއްގައި ހުރި މޭޒަކާއި ދިމާާއަށެވެ.

"ތަންކޮޅެއް ބާރަށް ގޮސްގެން ޓޭބަލްއެއް ލިބޭނީ." މަލީޝާ ބުންޏެވެ.

"އާނ، އެހެން ބައެއް އެބައުޅޭވިއްޔާ ޑަސްބިން ކައިރިން މޭޒެއް ނުލިބިގެން." ދިމާކުރާ ރާގަކަށް އައިޝާ ބުންޏެވެ.

ގޮނޑިތައް ދަމާލަމުން އެމީހުންގެ ޓްރޭޭތައް މޭޒުމަތީގައި ބެހެއްޓިއެވެ. އިށީންދެ ހަމަޖެހިލަމުން އައިޝާގެ ފޯނު ޖީންސްގެ ޖީބަށް ލިއެވެ. އެވަގުތު ފުރަގަހުން ދެ އަތެއް އައިސް އޭނާގެ މޫނުމަތީގައި އެޅިއެވެ.

"ތިދެން ކިހާ ބޮޑުކަމެއް އަދްހަމް." އައިޝާ ހަޅޭއްލަވައިގަތެވެ.

"އާއިތް ބޮޅެއް. ދިމައެއް ނުވިއެއްނު!" ދަންނަ އަޑަކުން ޖަވާބު ދިނެވެ.

"މި ޝިފާ ގަނޑު ދޯ." އައިޝާއަށް ހަމަޖެހުމެއް ލިބުނެވެ.

"މަލީޝާ، މިއީ މަގޭ ފްރެންޑް ޝިފާާ. ޝިފާ މިއީ މަގޭ ނިއު ފްރެންޑް މަލީޝާ. މިއަދު މިއީ މަލީޝާ މި ސްކޫލަށް އައި ފުރަތަމަ ދުވަސް."

ޝިފާ ކުރިއަށް ޖެހިލިއެވެ. މަލީޝާއާއި ކައިރިއަށް ޖެހިލަމުން ސަލާމް ކޮށްލަން އަތްދިއްކޮށްލިއެވެ. "ހައި، ހައި. ސަޅި ޓޮޕެއް. ތީ މަލީޝާ މާމަގެ ޓޮޕެއްތަ؟" ލާނެތް ހިނިގަނޑަކާާއެކު ޝިފާ އެހިއެވެ.

"ޝަޓް އަޕް ޝިފާ!" އައިޝާ ދަތްކުނޑި ވިކާލަމުން ބުންޏެވެ.

"އައްދޭ، އައިމް ޖަސްޓް ކިޑިންގ އޭ. އަސްލުވެސް ސަޅިއޭ ތި ޓޮޕް. ކޮންމެވެސް ދުވަހަކުން އަހަރެން ލާާން ދޭންވާނެ އިނގޭ ތީތި؟" ހެވިފައި ހުރެ ޝިފާާ ބުންޏެވެ.

"މައްސަލައެއް ނޯންނާާނެ!" މަލީޝާވެސް މަޖާާވެލަމުން ޖަވާާބުދިނެވެ.

"އޭތް ކޮބާތަ އަދްހަމް؟ މިއަދު އަދި ނުވެސް ފެނޭ." މަލީޝާއަށް ބަލަމުން ޝިފާ ސުވާާލުކުރީ އައިޝާ އާއެވެ.

"މިހިރަ އަންނަނީނު." އާފުރެމުން އައިޝާ ބުންޏެވެ.

ތިންމީހުން އެއްފަހަރާ އަދްހަމް އާއި ދިމާއަށް ބަލަންފެށިއެވެ. ސްމާޓް ހިނގުމެއްގައި އަދްހަމް އެމީހުންނާއި ދިމާއަށް ހުރެ އާދެއެވެ. އޭނާ ލައިގެންހުރީ ވެސްޓެކެވެ. އަތުގައި ބާސްކެޓް ބޯޅައެއްވެސް އޮތެވެ.

"ޗީޑި. ނިކަން ފެންވަރައިގެން އަންނަން ދޭބަލަ. ދުވާ ނުބައިވަހުން މިތާ ކައިރީ ގަސްތައްވެސް މިހާރު ހުންނާނީ މިލާ މޯޅިވެފަަކަން ޔަޤީން." އައިޝާގެ އަނގައިގައި ހުރި ޖޫސްބޯ ހޮޅި ތަށްޓަށް ދޫކޮށްލަމުން ބުންޏެވެ.

"ދެން އޭނައާ ތިވަރަށް ދިމާ ނުކޮށްބަލަ. އޭނާާ އެހެރީ ވަރަށް ވަރުބަލިވެސް ވެފަ." ޝިފާ ހިނިތުންވަމުން ބުންޏެވެ.

ކައިރީގައި ހުރި އެހެން މޭޒަކުން ގޮނޑިއެއް ދަމާލަމުން އަދުހަމް އިށީންނީ އައިޝާއާއި ޖެހިގެންނެވެ. އައިޝާގެ ޓްރޭ އިން ކަޕް ކޭކެއް ނަގަން އަދްހަމް އަތް ދިއްކޮށްލި އެވެ.

"ކިހާބޮޑުކަމެއް. އަމިއްލައަށް ކާއެއްޗެހި ގެނެސްގެން ކައިބަލަ!" އަދްހަމްގެ އަތުގައި ހިފަހައްޓަމުން އައިޝާ ބުންޏެވެ.

"ދޫކުރޭ، މަގޭ އަތުން ހަމަ މިހާރު ދޫކުރޭ. މިއީ ދެން އެހާާވަރު ކަމެއްތަ. މިއީ ކުޑަކުޑަ ކަޕްކޭކެއްނު. ކަމޯން ސިސް." އަދްހަމް ހާސަރުތައް ދަމަން ފެށިއެވެ.

"މަވެސް ނުބުނަމެއްނު މިއީ މާބޮޑު ކޭކެކޭ." ފޫހި ގޮތަކަށް އައިޝާ ބުންޏެވެ.

"އަން. މިއޮތީ މަގޭ ކޭކް އައިޝާއަށް." ދޭތެރެއެއް ހާވާލަމުން މަލީޝާ ބުންްޏެވެ.

ކުރިން ނުދެކޭ ކުއްޖެއްކަމުން މަލީޝާ އާއި ދިމާއަށް އަދްހަމް އެނބުރުނެވެ. "ތީ ކޮންކުއްޖެކޯ؟"

"އަމްމް..." މަލީޝާ އަށް އެއްޗެއް ނުބުނެވުނެވެ.

އައިޝާ ވާހަކަދައްކަން ފެށިއެވެ. 'މިއީ މަލީޝާ. މިތަނަށް މުޅިން އާކުއްޖެއް މީ. މީ އަދި މިހާާރު މަގޭ ފްރެންޑެއް."

އަދްހަމް އޭނާގެ އަތް ދިއްކޮށްލިއެވެ. މަލީޝާ އަދްހަމްގެ އަތުގައި ހިފިއެވެ.

"ހައި. މަށަކީ އަދްހަމް. ޔޫ ކޭން ކޯލް މީ 'އަދޫ'"

އައިޝާ ކޮޅަށްތެދުވިއެވެ. އަދްހަމްގެ އަތުގައި ހިފައި ދަމައިގަތެވެ. "ސްޓޭ އަވޭ ފްރޮމް ހާރ އޯކޭ. ހިނގާ ދާން މަލީޝާ."

އައިޝާ އާއި މަލީޝާ ކެފޭއިން ނިކުމެގެން ދިޔަތަން ބަލަން އަދުހަމް އިނެވެ.

"މަށަށްވެސް އެޓްލީސްޓް ހެެލޯ އޭ ބުންޏަސް އަދްހަމް އަނގައިގެ ބަހެއް ހުހެއް ނުވާނެ." އަދްހަމްގެ ފުރަގަހުން އިވުނީ ޝިފާގެ އަޑެވެ.

"މަ އެބައުޅެން ދޯ ހޭބަލިވެގެން!" އަދްހަމް މިހެން ބުނަމުން އެތަނުން ހިނގައްޖެއެވެ.

އަދްހަމް އެތަނުން ދާތަން ބަލަން ޝިފާ އިނީ ދެރަވެފައެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލައިގެން ދާ ހިސާބަށް މިހާރު ކަންތައް ގޮސްފިއެވެ. އަދްހަމް ތުވިކަން އެދައްކަނީ މާބޮޑަށެވެ.

"ތިހެން ކިތަންމެ ވަރަކަށް އުޅުނަސް، ތީ މަގޭ މީހަކަށް ހަދާފަ ހުއްޓާލާނީ."

ނުނިމޭ ....

ކޮމެންޓް

އިތުރަށް ކިޔާލަން

އާކުއްޖެކޭ ދަސްވީފަހުން – އޮޅުންބޮޅުން

އާކުއްޖެކޭ ދަސްވީފަހުން – އޮޅުންބޮޅުން

02 ޑިސެމްބަރު 2017
  އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

12 ނޮވެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

30 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

20 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް

އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް

10 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު