Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވާހަކަަ
އާކުއްޖެކޭ ދަސްވީފަހުން

އާކުއްޖެކޭ ދަސްވީފަހުން: ފަޅައިގެން ދިއުން

މިނެޓެއްހައި އިރުފަހުން މަލީޝާ ލޯ ހުޅުވައިލި އެވެ. ދެކަންފަތް މަތިން އަތްވެސް ނެގިއެވެ. އޭނާގެ ނޯޓްފޮތުން ގަނޑެއް ވީދާލިއެވެ. ހަމަ އެއާއެކު ކޮންމެވެސް އެއްޗެއް އެ ގަނޑުގައި ލިޔަން ފެށި އެވެ.

ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2017 | ހޮނިހިރު 06:17
ވާހަކައިގެ ތީމް ފޮޓޯ

ވާހަކައިގެ ތީމް ފޮޓޯ

ޝިފާއަށް ވީނުވީއެއް ނޭނގި ގެއްލުނުތާ މިހާރު 10 ދުވަސް ފާއިތުވެ ހިނގައްޖެ އެވެ. ކަމާބެހޭ ފަރާތްތަކުންވެސް ދޭތެރެއަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ކޮންމެވެސް މޮޅު ވާހަކަތަކެއް ދެއްކުން ފިޔަވައި އެހެން ކަމެއް ނުކުރެޔޭވެސް ހީވާ ކަހަލަ އެވެ. ނަމަވެސް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް ސްކޫލް ތެރެއިން އަދިވެސް އެވާހަކަތައް ކުދިންގެ މެދުގައި ދެކެވެމުން ދެއެވެ. ކުދިން އަމިއްލައަށް ބައި ހަދާފައި 'ޝިފާ ހޯދުމަށް' ތަފާތު މަސައްކަތްތައްވެސް ކުރަމުން ދެއެވެ.

ކުލާސްރޫމް ތެރެއެވެ. ހުރިހައި ދަރިވަރުންވެސް ތިބީ ސީރިއަސްކަމާއެކު ފިލާވަޅުތައް ރިވައިޒް ކުރުމުގައެވެ. ނަމަވެސް އީތަން އަށް މަޑުން އިނދެވެނީކީއެއް ނޫނެވެ. އީތަން އަށް ލިބިފައިވާ 'ބޮޑު ޚަބަރު' ހުރިހައި ކުދިންނަށް އެންގޭނެ ދަނޑިވަޅަކަށް ބަލަބަލައި އިނީ ކެތްމަދުވެފައެވެ. އެއްމެފަހުން އީތަންގެ ކުރިމަތީގައި އިން އަދުހަމްގެ ބުރަކަށީގައި ކޮއްޓާލިއެވެ.

"އަދުހަމް، ހަމަ ހުވާކޮށްފަ މި ބުނަނީ އެގޮލާ، އެގޮލާގެ ވައިފް އާއި އަންހެން ދަރިފުޅުވެސް ހަމަ މަރާލީއޭ!" އެއްމެފަހުން ވައި އަޑުން އީތަން 'ނިއުސް ބްރޭކް' ކޮށްލި އެވެ.

"ކިހިނެތްތަ އީތަން އަށް ތިއެއް އެނގެނީ؟" ޢާދިލް ވެސް ވައި އަޑަކުން އަހާލިއެވެ.

"ބަލާއެއްނު ނަގޫ--، ކައޭ ހަނދާން ނެތުނީތަ މަގޭ ބައްޕައަކީ ކޮޕެއްކަން؟" އީތަން ދެލޯ ބޮޑުކޮށްލަމުން ފޮނިގޮތަކަށް ބުންޏެވެ.

"އޯކޭ، ދެން އެމީހުންގެ އަނެއް އަންހެން ދަރި ކޮބަޔޯ؟"

"އޭނަޔަށޯ ފެނުނީ އޭނާގެ މަންމަ އާއި ކޮއްކޮ މަރާލިތަން. ކައެއަށް ހީވޭތަ އެވަރުގެ ކަމެއް ފެނުނީމަ އެކުއްޖާ ބައްޕަ ކައިރީ އުޅެފާނެ ކަމަށް؟ އެ ކުއްޖާ ފިލައިގެން ދިޔައީޔޯ." އީތަން ވައި އަޑުން ބުންޏެވެ.

"ވޯވް، ތިއީ ސަޅި ސްޓޯރީއެއް." މަލާމާތުގެ ރާގަކަށް ހީލަމުން އަދުހަމް ބުންޏެވެ. ހަމަ އެއާއެކު އޭނާގެ ފޮތްތަކުގެ ދުނިޔެއަށް އަލުން ވަދެއްޖެ އެވެ.

"ކިހިނެތް އެނގެނީ އެގޮލާގެ ފެމެލީއަށް އިތުރު ކަންތައްތަކެއް ނުކުރާކަމެއްވެސް!" އަދުހަމް ކިޔަން އިން ފޮތް ޖިއްސައިގަންނަމުން އީތަން އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

"އޭތް ފަނި ނުހަދާ. އަހަރެން އެބަޖެހޭ ޓެސްޓަށް ފިލާވަޅު ދަސްކުރަން." ފޮތް އަތުލުމަށް އަދުހަމް އަތްދިއްކޮށްލަމުން ބުންޏެވެ.

"އަހަރެން މި ކިޔާދޭ ވާހަކަ 'ކެމް' އަށްވުރެން ވަކިން އިންޓަރެސްޓިން ކަން ކުޑައެއް ނުވާނެ." ކެމިސްޓްރީ ފޮތަށް އިޝާާރާތް ކުރަމުން އީތަން ތަންކޮޅެއް ބާރަށް ބުންޏެވެ. "އެގޮލާގެ ޢާއިލާ އެއްކޮށް ކަހަލަގޮތަކަށް ކޮށާ ކުދިކުދި ކޮށްލިއްޔޯ. ކައެއަށް ގެޓް ވެއްޖެތަ މިކިޔާ އެއްޗެއް؟"

"ޝަޓް އަޕް. ޝަޓް އަޕް. ޖަސްޓް ޝަޓް އަޕް. އިތުރަށް އެކައްޗެކޭވެސް ނުކިޔާތި. ހަމަ މިހާރު ތި ވާހަކަ ހުއްޓާލާ!!"

މުޅި ކުލާސްރޫމް އެއްކޮށް ހަނުވާވަރަށް، ބާރަށް އީތަންގެ ފަހަތުން ކުއްޖަކު ހަޅޭއްލަވަމުން ބުންޏެވެ. އީތަން ފަސްއެނބުރި ބަލައިލިއެވެ. އޭނާ އިން ގޮނޑިއާއި ޖެހިގެން ދެ ގޮނޑިބަރި ފަހަތުގައި އިނީ މަލީޝާ އެވެ. މަލީޝާ އިނީ ދެކަންފަތް މަތީގައި އަތް އަޅައިގެންނެވެ. އޭރުވެސް މަލީޝާ ގެންދިޔައީ ހަޅޭއްލަވަމުންނެވެ.

"ޝަޓް އަޕް!"

މިނެޓެއްހައި އިރުފަހުން މަލީޝާ ލޯ ހުޅުވައިލި އެވެ. ދެކަންފަތް މަތިން އަތްވެސް ނެގިއެވެ. އޭނާގެ ނޯޓްފޮތުން ގަނޑެއް ވީދާލިއެވެ. ހަމަ އެއާއެކު ކޮންމެވެސް އެއްޗެއް އެ ގަނޑުގައި ލިޔަން ފެށި އެވެ.

"ތީނަ އަނެއްކާ އޯކޭތަ؟ ކިހިނެތްވީ؟" މަލީޝާގެ ފަހަތުގައި އިން އަންހެން ކުއްޖަކު ސުވާލުކުރި އެވެ. މަލީޝާ ފަސްއެނބުރި ބަލައިވެސް ނުލައެވެ. އެއްޗެއް ލިޔަމުން ގެންދިޔަ ގަނޑު ބޮނޑިކޮށްލާފައި ތަޅުންމައްޗަށް ހޫރާލުމަށްފަހު ވައިސޫރިއެއްހެން ކުލާހުން ބޭރަށް ނިކުމެއްޖެ އެވެ.

"އޭނަޔަށް ކިހިނެތްތަ އެވީ؟" އަދުހަމް ސުވާލުކުރީ އީތަން އާ އެވެ.

"ބަލައިއެއްނު، ކިހިނެތްތަ މަށަށް އެނގެނީ." ރުންކުރުކޮށް އީތަން ޖަވާބު ދިނެވެ.

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އާކުއްޖެކޭ ދަސްވީފަހުން – އޮޅުންބޮޅުން

އާކުއްޖެކޭ ދަސްވީފަހުން – އޮޅުންބޮޅުން

02 ޑިސެމްބަރު 2017
  އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

12 ނޮވެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

30 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

20 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް

އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް

10 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު