Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވާހަކަަ
އާކުއްޖެކޭ ދަސްވީފަހުން

އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް

މަލީޝާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިތަން ފެނިފައި އަދްހަމް އަށް ހަމަޖެހިލެވުނު

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2017 | އަންގާރަ 04:08
ވާހަކައިގެ ތީމް ފޮޓޯ

ވާހަކައިގެ ތީމް ފޮޓޯ

އަނެއްދުވަހު ހަވީރުގެ ވަގުތެވެ. އައިޝާ، އަދްހަމް އަދި މަލީޝާ ބައްދަލުކުރަން ނިންމާފައިވަނީ ސްކޫލްކައިރީގައި ހުންނަ ކޮފީ ޝޮޕެއްގައެވެ.

މަލީޝާ ތަންކޮޅެއް ކުރިން އެތަނަށް ގޮސް އެމީހުންގެ އިންތިޒާރުގައި އިނެވެ. ކޮފީއަކަށް އޯޑަރު ދީފައި ފޯނުން ޗެޓްކުރަން ފެށިއެވެ. އިރުކޮޅެއް ނުވަނީސް ކޮފީގެނެސްފިއެވެ. އެތިފޮދުފޮދުން ކޮފީ ބޮމުން، ޗެޓް ކުރަމުންދިޔައެވެ. އެހެން އިނދެފައި ކެފޭތެރެއަށް ބަލައިލިއިރަށް އީތަން ފެނިއްޖެއެވެ.

އީތަން އިށީންދެގެން އިން މޭޒުން ތެދުވެގެން މަލީޝާ އާއި ދިމާއަށް އަންނަން ފެށުމުން ފެންނަކަމަށްވެސް ނުހަދައި އެހެން ދިމާއަކަށް ބަލަން ފެށިއެވެ.

"ހައި." އީތަން ހަނާ އަޅައިލިއެވެ.

މަލީޝާ ދެނަހުރިކަމަކަށް ނުހަދައެވެ. ކޮފީތަށިން ކޮފީ ފޮދެއް ބޮއެލަމުން ޗެޓްކުރަން ފެށިއެވެ.

"އޭތް އައިމް ސޮރީ. އަހަރެން އެވާހަކަ ދެއްކި އިރަކު ނޭނގޭ އެއީ ތީނަގެ ކޮއްކޮ ކަމެއް." އީތަން މަޢާފަށް އެދުނެވެ. މަލީޝާ އިސްއުފުލައި ބަލައިލި އެވެ.

"އަހަންނަށް އެކަން އެނގުނީ މަލީޝާ ލިޔެފަ އެއްލާލި ގަނޑުކޮޅުން." އީތަން ގެ ވާހަކައިން އޭނާ ދެރަވެފައި ހުރިވަރު ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ.

"އަހަރެން މިތާ އިނދެ ހަޅޭއްލަވަން ނުފަށަނީސް މިތަނުން ދާންއުޅޭ." މަލީޝާ ހަޅޭއްލަވައި ގަތެވެ.

އެވަގުތު އައިޝާ އާއި އަދްހަމް ކެފޭތެރެއަށް ވަދެގެން އަންނަނީ އެވެ. އޭރުވެސް އެދެބެއިން ގެންދިޔައީ އެކަކު އަނެކަކާ ދިމާކުރަމުން ނެވެ.

"އޭތް ސޮރީ އިނގޭ ލަސްވީތީ. މި އަދްހަމް އާ ހެދި ވާގޮތޭ މީ." އައިޝާ ދައްކަމުންދިޔަ ވާހަކަ ހުއްޓާލިއެވެ. އެތާނގައި އީތަން ހުރިކަން ފާހަގަ ކުރެވުމުންނެވެ.

"އީތަން މިތަނުގަ ކީއް ތިކުރަނީ؟"

"އަހަރެން ހަމަ އެކަނި މަލީޝާ ކައިރީގައި ސޮރީއޭ ބުނެލަން މިކޮޅަށް ޖެހިލީއޭ އޯކޭ!" އީތަންވެސް ހުރީ ރުޅިއައިސްފައެވެ.

"ވަޓް އެވަރ. ކައޭ މިތަނުން ދާން އުޅޭ." އަނގަޔަށް ވައްތަރު ޖައްސާލަމުން އައިޝާ ބުންޏެވެ.

"ރީ-ލެކްސް ސިސް." އަކުރުތަކަށް ދަމާލަމުން އަދްހަމް މަޑުމަޑުން ބުންޏެވެ.

އީތަން އިތުރު އެއްޗެއް ނުބުނެ އެތަނުން ހިނގައްޖެ އެވެ. މަލީޝާގެ ކުރިމަތީގައި ހުރި ގޮނޑީގައި އައިޝާ އިށީންނި އެވެ. އަދްހަމް އިށީންނީ އައިޝާގެ ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައެވެ.

"ޔޫ އޯކޭ؟" މަލީޝާގެ އަތުގައި ހިފާލަމުން އައިޝާ އެހިއެވެ.

"އެކަމާ އަޅާނުލާ އައިޝް. .. .. އޭނަ ސޮރީއޭ ބުނެފަ އެ ދިޔައީނު." އަދްހަމް ބޭނުންވީ އޭނާގެ ދައްތަ ހަމަޖައްސުވާށެވެ.

"އަދްހަމް އެބުނީ ތެދެއް. އޭނާ ހަމަ އަސްލުވެސް ދެރަވެގެން މަޢާފަށް އެދުނީކަމަށްވެސް ވެދާނެއެއްނު." ލަސްލަހުން މަލީޝާ ބުންޏެވެ.

"މަށަކަށް ގަބޫލެއް ނުކުރެވޭ. ވަރަށް ދުއްޕާން ބޮޑު ގޮލައެއް އެއީ." ދަތްކުނޑި ވިކާލަމުން އައިޝާ ބުންޏެވެ. "ހޫމް. ކޮންކަމަކާ، ކޮން ވާހަކައެއް ދައްކަންތަ އަހަރުން މިތަނަށް ތިގެނައީ؟"

"އެ ވާހަކަ ދޯ!" ތަތް ރާގެއްގައި މަލީޝާ ބުންޏެވެ.

"ކޮންމެހެން ދައްކަން ބޭނުން ނޫނިއްޔާ އޯކޭ ތިވާހަކައެއް ނުދެއްކިޔަސް." ދިމާކުރާ ރާގަކަށް އަދްހަމް ބުންޏެވެ.

"ނޫނޭ. އެވާހަކަ އެބަޖެހޭ ކޮންމެހެންވެސް ދައްކަން." މަލީޝާ ދުރަށް ބަލައިލި އެވެ. "އަހަރެންގެ މަންމަ މަރުވީ މީގެ 14 މަސްކުރިން. އޭގެ ފަހުން އަހަރެންގެ ބައްޕަ މުޅިން ބަދަލުވި. ޑްރަގްސް ނަގަންފެށީ ތަނެއް ދޮރެއް ބަލާފައެއް ނޫން. ދެން އެއް ދުވަހަކު-" މަލީޝާ ދައްކަންފެށި ވާހަކަ ހުއްޓާލިއެވެ.

"އިޓްސް އޯކޭ އޭ. އަހަރުން މިތިބީ މަލީ އާ އެކުގައެއްނު." މަލީޝާ އަށް ހިތްވަރު ދިނުމަށް އައިޝާ ބުންޏެވެ.

"އެދުވަހު އަހަރެންގެ މާމަ އާއި ކޮއްކޮ ނިންމީ ބައްޕަގެ ކައިރީގައި މަޑުކުރުމަށް. އޭރުވެސް ބައްޕަ އޮތީ ޖައްސައިގެން. އަހަރެން ހަމަ އެކަނި ހަނދާން ހުންނަނީ އޭގެ އަނެއް ދުވަހު އަހަރެންގެ އަނެއް މާމައަށް ފުލުހުން ގުޅާފަ ބުނީ-" މަލީޝާ އަށް ރޮވެން ފެށިއެވެ. "..........ބުނީ އަހަރެންގެ ބައްޕަ މަރުވި ވާހަކަ އާ އަހަރެންގެ ކޮއްކޮގެ ހަށިގަނޑު ނުފެނުނު ވާހަކަ."

"އޭނަ އަމިއްލައަށްތަ މަރުވީ؟" އަދްހަމް އެހިއެވެ.

މަލީޝާ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލިއެވެ. "ފުލުހުން ބުނީ އަހަރެންގެ ބައްޕަ ލައިގެން ހުރި ގަމީހުން، ކޮއްކޮގެ ބްލަޑް ފެނުނުކަމަށް. އަދި ބައްޕަ މަރުވުމަށް ބޭނުންކުރި ވަޅިންވެސް ކޮއްކޮގެ ބްލަޑް ފެނުނުކަމަށްވެސް ބުނި. އަހަރެން.... އަހަރެން ހިތަށް އަރަނީ އެދުވަހު އަހަންނަށް ގޭގަ ހުރެވުނު ނަމައޭ." މަލީޝާ ބަޑިފަޅައިގެން ހިނގައްޖެ އެވެ.

އައިޝާ ތެދުވިއެވެ. މަލީޝާގެ ކައިރިއަށްގޮސް އޭނާގެ ގައިގައި ބައްދާލިއެވެ. "ހޭ... މަލީ! ... އިޓްސް ނޮޓް ޔޯރ ފޯލްޓް!"

އަދްހަމްވެސް މަލީޝާގެ އަތްތިލައިގައި ހިފިއެވެ. "މަގޭ ސިސް ބުންޏަސް އެބުނީ ތެދެއް. އިޓްސް ނޮޓް ޔޯރ ފޯލްޓް."

އައިޝާ ދެތުވިއެވެ. "އެނގޭތަ. މަގޭ މީނދަ ބްރޯ މަށާ ކަމަކަށް އެއްބަސްވުމަކީ ވަރަށް ނުވާނެކަމެއް. އެހެންވީމަ އެއީ ދުނިޔޭގެ ހަތް އަޖައިބުންކުރެ އަޖައިބެއް ފެނުންފަދަ ކަމެއް. ސޯ ނައު އައިމް ގޮނާ ނީޑް އަ ކަޕް އޮފް ކޮފީ. އަ ސްޓްރޯންގް ވަން އިންޑީޑް." ތުއި ވެލަމުން އައިޝާ ބުންޏެވެ. އެއަށްފަހު އައިޝާ ދިޔައީ ކައުންޓަރު ދޮށަށެވެ.

މަލީޝާ އަށް ހެވުނެވެ. މަލީޝާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިތަން ފެނިފައި އަދްހަމް އަށް ހަމަޖެހިލެވުނެވެ.

"ހާދަ ސަޅި އޭ." އަދްހަމް މަސްތީ ރާގެއްގައި ބުންޏެވެ.

"އޭނ؟" ސުވާލުގެ ނަޒަރަކުން ބަލައިލަމުން މަލީޝާ ބުންޏެވެ.

"މިބުނީ މީ ހާދަ ސަޅި ތަނެކޭ. މިހެން ދޭތެރެއަކުން އަންނަންވެސް ރަނގަޅުތަނެއްނު މީ."

އަދްހަމްގެ ދެ ލޮލަށް މަލީޝާ ބަލައިލި އެވެ.

"މި ކެފޭގެ ގޮނޑިތައްވެސް އެހާ ސަޅި. އަދި މި މޭޒުވެސް ސަޅިއެއްނު." މަޑުމަޑުން އަދްހަމް ކިޔަމުން ދިޔައެވެ.

މަލީޝާ އެއްޗެކޭ ނުބުނެ ހިނިތުންވެފައި އިރުކޮޅެއްވަންދެން އިނީއެވެ.

"ހޫމް... ތިބުނިހެން މިތަނަށް އަހަރުން ގިނަގިނައިން އަންނަން ފަށަންވީ ދޯ!"

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އާކުއްޖެކޭ ދަސްވީފަހުން – އޮޅުންބޮޅުން

އާކުއްޖެކޭ ދަސްވީފަހުން – އޮޅުންބޮޅުން

02 ޑިސެމްބަރު 2017
  އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

12 ނޮވެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

30 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

20 އޮކްޓޯބަރު 2017
 އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން

އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން

29 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު