Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވާހަކަައާކުއްޖެކޭ ދަސްވީފަހުން

އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން

"ވަރަށް ހިތްހަމަޖެހިއްޖެ މަލީޝާ މިތަނަށް އައިކަމުން. ތޭންކްސް އިނގޭ." ސަމުސާ ނަގަމުން އައިޝާ ކާންފެށިއެވެ.

| 29 ސެޕްޓެމްބަރު 2017 | ހުކުރު 12:39
ވާހަކައިގެ ތީމް ފޮޓޯ

ވާހަކައިގެ ތީމް ފޮޓޯ

ޝިފާ އަށް ވީނުވީއެއް ނޭނގި ގެއްލުނުތާ 14 ދުވަސް ފަސް

އައިޝާ އެކަނިމާއެކަނި ކެފޭގައި އިންތަން މަލީޝާއަށް ފެނުނެވެ. އައިޝާގެ ޓްރޭގައި ހުރި އެއްވެސް އެއްޗެއްގައި އަތްވެސް ޖައްސާލާފައެއް ނެތެވެ.

'އޭތް." އައިޝާއަށް ގޮވާލަމުން ކައިރީގައި ހުރި ގޮނޑީގައި މަލީޝާ އިށީންދެއްޖެ އެވެ. އައިޝާ ކުޑަކޮށް ހިނިތުންވެލި އެވެ.

އައިޝާގެ ޓްރޭ ތެރޭގައި އޮތް ކަޕްކޭކް މަލީޝާ ނެގިއެވެ. "މި ކަޕްކޭކް ވަރަށް މިރުވާނެހެން ހީވޭ."

"ތީނަ ބޭނުން އެއްޗެއް ނަގައިގެން ހަމަ ކާންވީ." ފުން ނޭވައެއް ދޫކޮށްލަމުން އައިޝާ ބުންޏެވެ.

"އައިޝް، ކިހިނެތްވީ؟ ޝިފާގެ ކަންތަކުގަތަ ތި ވިސްނަނީ؟"

އައިޝާ އޭނާގެ ދެ އަތުން މޫނު ފޮރުވިއެވެ.

"އަޅެ އޭނާ ކިހާގޯސް. އޭނާ ކީއްވެ އަހަންނަށް މިހެން ހެދީ، ކީއްވެ އޭނަ މަންމައަށް މިހެންހެދީ، އޭނަދެކެ ލޯބިވާ އެއްމެން ހިތުޖައްސާފަ ކޮންތަނަކަށްތަ އަޅެ އޭނާ އެ ދިޔައީ؟ އެހެން ހަމަ ހުރެލާފަ ފިލައިގެން ދިޔުން އެއީ ކިހާ ކަޑަކަމެއް. އޭނަ ވީތަނެއް ދެނެވޮޑިންގެންވާނީ މާތް ﷲ." އައިޝާ މިއަދުވެސް ދެކެނީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިގެން ޝިފާ ފިލީ ކަމަށެވެ.

"އޭނަ ކޮންމެ ތަނެއްގަ ހުއްޓަސް ހުންނާނީ 'ސޭފްކޮށް' އިރާދަކުރެއްވިއްޔާ." އުފާވެރިގޮތް ދެއްކޭތޯ މަސައްކަތްކުރަމުން މަލީޝާ ބުންޏެވެ.

"ކިހިނެތްތަ ތިއެއް އެނގެނީކީ؟"

"ހަމަ އަހަރެންގެވެސް ހިތް ބުނަނީ އެހެން. އައިޝް ދެން އެކަމާ އެހައި ވަރަށް ނުވިސްނާ ތަންކޮޅެއް ބަލައިގެން އުޅެން ވެއްޖެއެއްނު." ހިނިތުންވަމުން އައިޝާގެ ޓްރޭ މަލީޝާ އާއި ކައިރިއަށް ދަމާލިއެވެ. "ހިނގާ ދެމީހުންވެގެން ކަމާދޯ."

"ވަރަށް ހިތްހަމަޖެހިއްޖެ މަލީޝާ މިތަނަށް އައިކަމުން. ތޭންކްސް އިނގޭ." ސަމުސާ ނަގަމުން އައިޝާ ކާންފެށިއެވެ.

"ތިއެއް ނޫނޭ. މަލީ އެސްއެމްއެސް އަކުން ބުނީމެއްނު މަށާ އަދްހަމް އާ ކޮންމެވެސް ކަމަކާ ވާހަކަދައްކާލަން ބޭނުމޭ ދޯ؟"

"އާނ. އެކަންދޯ. މާދަން ސްކޫލް ނިމިގެން ސްކޫލް ކައިރީ ހުންނަ އެއްކަލަ ކެފޭ ކައިރިން އައިޝް އާ އަދްހަމް އަށް މަށާ ބައްދަލުކުރެވިދާނެތަ؟" މަލީޝާ އެހިއެވެ.

"އެއީ އަނެއްކާ އީތަން ގެ ކަންތަކާ ވާހަކަދައްކަންތަ؟"

"ނޫނޭ. ގައިމުވެސް ތިކަމެއް ނޫން." މަލީޝާ އާފުރިލަމުން ބުންޏެވެ.

"އެހެންވީމަ މާދަމާ ހަވީރު ހައެއް ޖަހާއިރު ދޯ!"

ނުނިމޭ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން – އޮޅުންބޮޅުން

02 ޑިސެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން – އޮޅުންބޮޅުން
12 ނޮވެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

12 ނޮވެމްބަރު 2017
  އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް
30 އޮކްޓޯބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

30 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި
20 އޮކްޓޯބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

20 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން
10 އޮކްޓޯބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް

10 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް
16 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން – ސިއްރުތައް

16 ސެޕްޓެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން – ސިއްރުތައް
09 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ފަޅައިގެން ދިއުން

09 ސެޕްޓެމްބަރު 2017
 އާކުއްޖެކޭ ދަސްވީފަހުން: ފަޅައިގެން ދިއުން
04 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ގެއްލިގެން

04 ސެޕްޓެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: ގެއްލިގެން
26 އޯގަސްޓު 2017

އާކުއްޖެކޭ ދަސްވީފަހުން: މިތުރުން

26 އޯގަސްޓު 2017
އާކުއްޖެކޭ ދަސްވީފަހުން: މިތުރުން
03 އޯގަސްޓު 2017

އާކުއްޖެކޭ ދަސްވީފަހުން: މަލީޝާ

03 އޯގަސްޓު 2017
އާކުއްޖެކޭ ދަސްވީފަހުން: މަލީޝާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު