Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރަށް ރައީސް އަންގަވައިފި

5 ފެބުރުއަރީ 2018 | ހޯމަ 05:05

ސިޔާސީ ހައްޔަރީންގެ މައްސަލައަށް ހައްލެއް ހޯދައި ދެއްވުމަށް އެދިވަޑައިގެންނެވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 ފެބުރުއަރީ 2018 | ހޯމަ 05:05
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރެވެން ނެތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އުއްތަމަ ފަނޑިޔާރަށް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ދާދި ދެންމެ އިއުލާން ކުރެއްވި ގޮތުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ރައީސް އަބްދުﷲ ޔާމިން ވަނީ ތިން މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސިޔާސީ ބައެއް ބޭފުޅުން ދޫކޮށްލަން ކޮށްފައިވާ އަމުރު ތަންފީޒުކޮށްފި ކަމަށްވާނަމަ ގާނޫނު އަސާސީއާ އެއްގޮތައް ދައުލަތް ހިންގަން އުނދަގޫ ވާނެ ކަމަށް ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް އަންގާފަ އެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ފުރަތަމަ މައްސަލާގައި ބުނެފައިވަނީ އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރުގައި ހިމެނޭ ކޮންމެ މީހެއްގެ މައްޗަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިހުތިސާސް ހިނގާނޭކަމުގައި ސަރީހަ އިބާރާތުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ އަމުރުގައި ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ބެލުމުގެ ބާރު ލިބިދީފައިނުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ އެކޮމިޝަންގެ މަސައްކަތައް އެރަސް އެޅޭ ކަމަށެވެ. މިއީ ސުޕްރީމް ކޯޓަށް ވިޔަސް ލިބިދީފައިވާ ބާރަކަށް ނުވާތީ، ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއްގެ މަތީން ކޯޓުގެ އަމުރު ބަދަލު ކޮށްދެއްވުމަށް އެދޭ ކަމަށެވެ.

ރައީސް ޔާމީން ފޮނުއްވާފައިވާ ދެވަނަ ސިޓީގައި މައިގަނޑުގޮތެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރުގައި މިނިވަން ކުރުމަށް އަމުރުކޮށްފައިވާ 09 މީހުންގެ މައްސަލަ އެވެ. މިކަމާ ގުޅިގެން ޝަރުއީ މަރުހަލާގެ ހުރިހާ ކޯޓަކުން ނިންމައި، ހުކުމް ކޮށްފައިވާ މައްސަލަތަކެއް ކަމަށާއި އެ މައްސަލަތަކުގެ ހުކުމްތައް ބާތިލު ކުރުމެއް ނެތި، ދަށު ކޯޓަކުން ބެލުމަށް އަމުރުކޮށް، އެކަން ނުކޮށްފި ބަޔަކީ ޖިނާއީ ކުށްވެރިންކަމުގައި ދޭހަވާ ގޮތަށް ކަނޑައަޅުއްވައި، ޝަރުއީ ފަހު މަރުހަލާއާ ހަމައިން ހުކުމްކޮށްފައިވާ މީހުންނާއި، އަދި ޝަރުއީ އެކިއެކި މަރުހަލާގައި މައްސަލަތައްހުރި މީހުންނާއި ތަހުގީގު މަރުހަލާގައި މައްސަލަތައް ހުރި މީހުން ހިމެނޭ ގޮތަށް އެތައް ކުށްވެރިންނެއް، ވަގުތުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ގާނޫނުއާސާސީއާ ގާނޫނު ހަމަތަކުގެ ތެރެއިން، އެ އަމުރު ތަންފީޒު ކުރެވިދާނޭ ކަމަށް ގަބޫލު ނުކުރެއްވޭތީ، އެމައްސަލަތަކަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތެރެއިން ކަންކަން ކުރެއްވޭނެ ގޮތްތައް ކަނޑައަޅުއްވައި ދެއްވުމަށް ވެސް ރައީސް ޔާމީން އެދިލައްވާފައި ވެއެވެ.

ތިން ވަނަ ސިޓީގައި ބުނެފައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލް އެމައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަކީ އެ މައްސަަލަ ތަހުގީގު ހުއްޓި، ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅިފައިވާ ކަމަށެވެ.

އެހެންކަމުން މިކަމަށް ވެސް ހައްލެއް ހޯދައިދީ، ގާނޫނުއަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުގެމަތިން ދައުލަތުގެ މުއައްސަސާތައް ހިނގާނެކަން ކަށަވަރުކުރުމަކީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އާއި (ނ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާއަކަށްވާތީ، ސުޕްރީމް ކޯޓުގެ އެ އަމުރު ބާތިލް ކޮށްދެއްވުމަށް ދަންނަވާ ކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް