Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ އިބޫ، ފުރިހަމަ ކޮންޓްރޯލް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް!

3 ފެބުރުއަރީ 2018 | ހޮނިހިރު 09:26

މަސީހު މަގާމުން ވަކިކުރަން ބޭނުން ވަނީ 43 މެމްބަރުގެ ވޯޓް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 ފެބުރުއަރީ 2018 | ހޮނިހިރު 09:26
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ކަނޑައެޅިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުން ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ނިންމުމުން އެއީ މެމްބަރުން ނޫން ކަމަށް މަޖިލީހުން ވެސް ނިންމާފައިވަނިކޮށް، މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމުމުން ރައްޔިތުންގެ މަޖިލީހުން ވަނީ އެއީ މަޖިލީހުގެ މެމްބަރުން ކަމަށް ކަނޑައަޅާފަ އެވެ.

Advertisement - newsAdvertisement

މަޖިލީހުން ރަސްމީކޮށް މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ ނަން މަޖިލީހުގެ ޖަލްސާއެއްގައި އިއުލާން ކުރަން ޖެހެއެވެ. އެހެންކަމުން މަޖިލީހުން ދެން އެންމެ އަވަހަށް ބާއްވާ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ އިބޫ ކަމަށާއި މައިނޯރިޓީ ލީޑަރަކީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ކަމަށް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިންމާފައިވަނީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކީ އިބޫ ކަމަށް ނިންމާފަ އެވެ. އަދި އެނގިފައިވާ ގޮތުގައި އެކަން ވަނީ މަޖިލީހުގެ އިދާރާއަށް ހުށަހަޅާފަ އެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ފިޔަވާ އެހެން ހުރިހާ މެމްބަރުން ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާއީދު ކުރައްވާފަ އެވެ.

މަޖިލީހުގައި ތިއްބަވަނީ 85 މެމްބަރުންނެވެ. މެޖޯރިޓީއަކީ 43 އެވެ. އެހެންކަމުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ވޯޓަށް އަހައި މަސީހު އެ މަގާމުން ވަކިކުރުމުގެ ބާރު އިދިކޮޅު ސިޔާސީ ޕާޓީތަކަށް މިވަނީ ލިބިފަ އެވެ.

ހަމަ އެގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލީހަށް ލިބިދެ އެވެ.

ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމަށް ސަބަބު ބަޔާންކޮށް މަޖިލީހަށް ގަރާރެއް ހުށަހެޅިދާނެ އެވެ. އެގޮތުން އެ ގަރާރު މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުންނަށް ނުވަތަ އެއަށްވުރެ ގިނަ މެމްބަރުންގެ ސޮޔާއެކުގަ އެވެ. އެއީ މަޖިލީހުގެ 29 މެމްބަރުންނެވެ.

ސަބަބާއެކު އެގަރާރު މަޖިލީހަށް ހުށަހެޅުމުން އެމައްސަލައާމެދު މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަހު ކުރިން ރައީސުލްޖުމްހޫރިއްޔާއަށް އަންގަން ޖެހެއެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއައްޔާއަށް ލިބެންޖެހެ އެވެ. އަދި ގާނޫނީ ވަކީލުން ބޭނުން ކުރުމުގެ ހައްގުވެސް ލިބިދޭން ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރި މީހަކު ވަކިކުރެވޭނީ ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށަހަޅާ ގަރާރަށް ވޯޓަށް އެހުމުން، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ނެވެ. އެއީ 57 މެމްބަރުންނެވެ.

އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގައި މިވަގުތު 44 މެމްބަރުން ތިއްބެވިއިރު ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕާ ގުޅެންއުޅޭ ކަމުގެ ވާހަކަތައް ދަނީ ފެތުރެމުންނެވެ. އެހެންކަމުން މަޖިލީހުގެ އެންމެ މަތީ އަޣްލަބިއްޔަތު ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ މަގާމު އަޒުލް ކުރުމާއި ގާނޫނުއަސާސީ އިސްލާހު ކުރުންފަދަ ކަންކަން މަޖިލީހުގެ ތެރެއިން އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕަށް ލިބިގެން ދިއުމަކީ ވަރަށް ގާތް ކަމެކެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް