Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުޕްރީމް ކޯޓްގެ އަމުރު

ސުޕްރީމް ކޯޓުގެ ނިންމުމަށް އެމެރިކާ އިން މަރުހަބާ ކިޔައިފި

ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި، ހުރިހާ ފަރާތްތަކަށް ޤާނޫނާއި އެއްގޮތަށް އިންސާފް ކަށަވަރު ކޮށްދިނުމަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެރޭ ނިންމި ނިންމުމަށް މަރުހަބާ ކިޔަން: ކެޝަޕް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 1 ފެބުރުއަރީ 2018 | ބުރާސްފަތި 20:27
އެމެރިކާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އަތުލް ކެޝަޕް

އެމެރިކާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އަތުލް ކެޝަޕް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމަށް އެމެރިކާ އިން މަރުހަބާ ކިޔައިފި އެވެ.

އެމެރިކާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އަތުލް ކެޝަޕް ބުރާސްފަތި ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި، ހުރިހާ ފަރާތްތަކަށް ޤާނޫނާއި އެއްގޮތަށް އިންސާފް ކަށަވަރު ކޮށްދިނުމަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެރޭ ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.

އަދި ސުޕްރީމް ކޯޓުގެ އަމުރާއެކު ދިވެހިރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާ ކުރުމަށާއި، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ބާރު ލިބިފައިވާ ކަމަށާއި، ސުޕްރީމް ކޯޓުގެ ނިންމުމަށް ސަރުކާރާއި ސަލާމަތީ ބާރުތަކުން އިހްތިރާމް ކުރުމަށް ކެޝަޕްގެ ޓްވީޓްގައި ގޮވާލާފައިވެއެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެރޭ ނެރެފައިވާ އަމުރު (ނަމްބަރު 2018/SC-SJ/01) ދިވެހިރާއްޖޭގެ ކަމާއިބެހޭ އިދާރާތަކާއި ހިއްސާ ކުރައްވާފައިވާ ޖުޑީޝަރީން ކަމަށް ބުނެފައިވާއިރު، ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރުމަށް ދިވެހި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށާއި ދައުލަތުގެ ކަމާއިބެހޭ އެންމެހައި މުއައްސަސާތަކާއި ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.

އަދި މިއަމުރާއި ޚިލާފަށް އެއްވެސް މިންވަރަކަށް ޢަމަލުކޮށްފިނަމަ ނުވަތަ ހުރަސް އަޅައިފިނަމަ، ނުވަތަ ފަރުވާ ކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަކަށް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް އަންގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން އަމުރުކޮށްފައިވާ ކަމަށް އެއަމުރުގައިވެއެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމް ބާތިލްވެއްޖެ ކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ގަވާއިދުން ކުރިއަށް ގެންދިއުމަށް އަމުރު ކޮށްފައިވެއެވެ. މީގެ އިތުރުން ސިޔާސީ ލީޑަރުންގެ މައްސަލަތަކާއިމެދު ޝަރުއީ ހަމަތަކުގެ މަތިން އަލުން ގޮތެއް ކަނޑައެޅެންދެން، އެމައްސަލަތައް ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ވަގުތުން ދޫކޮށް މިނިވަންކުރުމަށް އަމުރު ކޮށްފައިވެއެވެ. މީގެ އިތުރުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާކޮށް ބެލުމުގެ އެއްވެސް އިހްތިސާސެއް ނުވަތަ ބާރެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިގެންނުވާ ކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު އައްޔަން ކުރުމާއި ބެހޭ ގޮތުން އެއްވެސް ކަމެއް އެހެން އެއްވެސް ފަރާތަކުން ނުކުރުމަށް އަމުރު ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު