Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

އުރީދޫއަށް މިދިޔަ އަހަރުގެ ފަހު ތިން މަހު 140 މިލިޔަން ރުފިޔާގެ ފައިދާއެއް

އާމްދަނީގެ ގޮތުގައި 472.4 މިލިއަން ރުފިޔާ ލިބުނު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 ޖެނުއަރީ 2018 | ބުދަ 14:34
އުރީދޫ

އުރީދޫ

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 140.8 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

އެ ކުންފުނިން ޖެނުއަރީ 30 ވަނަ ދުވަހު ނެރުނު މާލީ ރިޕޯޓް ދައްކާ ގޮތުން 472.4 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ވަނީ ލިބިފައެވެ. އެއީ އޭގެ ކުރީގެ ތިން މަސް ދުވަހާ އަޅާ ބަލާއިރު ފަސް ޕަސެންޓްގެ އިތުރުވުމެކެވެ. އަދި 2016 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އުރީދޫއަށް ލިބުނު ފައިދާއަކީ 110.9 މިލިޔަން ރުފިޔާއެވެ.

އެ ކުންފުނީގައި ވަތަނިއްޔާ އިންޓަނޭޝަނަލްގެ 90.5 ޕަސެންޓް ހިއްސާ އޮންނައިރު، މިދިޔަ އަހަރު ދިވެހިންނަށް 9.5 ޕަސެންޓް ހިއްސާ ވިއްކާފައި ވެއެވެ.

އުރީދުއަށް މިދިޔަ ކުއާޓަރުގައި ޚަރަދުތައް ކަނޑައި، ހިންގުމުގެ ފައިދާގެ ގޮތުގައި 176.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައި ވަނީ 173.4 މިލިއަން ރުފިޔާއެވެ. އުރީދޫން ޓެކްސްގެ ގޮތުގައި 32.5 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ
12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު