Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއޮޅުވާލައިގެން ފައިސާހޯދުން

ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!

އެހެން ފަރާތަކުން އެދުނު ނަމަވެސް އެކައުންޓުގެ މައުލޫމާތު ދީގެން ނުވާނެ

ރާއްޖެ އެމްވީ | 25 ޖޫން 2017 | އާދީއްތަ 17:48
ބޭންކް އޮފް މޯލްޑިވްސް: އެކައުންޓުގެ މައުލޫމާތު ހޯދައިގެން ގަވައިދާ ޚިލާފަށް ފައިސާގެ މުއާމާލާތްތައް ހިންގާ މައްސަލައަށް ސަމާލު ވުމަށް ބޭންކުން ވަނީ ގޮވާލާފައި

ބޭންކް އޮފް މޯލްޑިވްސް: އެކައުންޓުގެ މައުލޫމާތު ހޯދައިގެން ގަވައިދާ ޚިލާފަށް ފައިސާގެ މުއާމާލާތްތައް ހިންގާ މައްސަލައަށް ސަމާލު ވުމަށް ބޭންކުން ވަނީ ގޮވާލާފައި

އެކި އެކި ނަންނަމުގައި ހިންގާ ޕްރޮމޯޝަންތައް ކަމަށް ބުނެ އޮޅުވާލައިގެން ބޭންކް އޮފް މޯލްޑިވްސްގެ ބައެއް ކަސްޓަމަރުންނަށް ގުޅައި އެކައުންޓުގެ މަޢުލޫމާތު ހޯދާ، އެ އެކައުންޓަށް ފައިސާ ފޮނުވުމަށް އެދެމުންދާކަމުގެ ރިޕޯރޓް ތައް ލިބެމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ހާމަ ކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭންކުން ސޯޝަލް މީޑީއާގައި އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، މިފަދަ ކޯލްތަކަކީ ސައްހަ ނޫން ކޯލްތަކަށްވާތީ ކަސްޓަމަރުން މިކަމަށް އިތުރަށް ސަމާލުވެ ހުރިހާ ވަގުތެއްގައިވެސް މިފަދަ ކަންކަމުން ރައްކާތެރިވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންގެ ކިބައިން އެދިފައި ވަނީ ފޯން ނުވަތަ އީމެއިލް މެދުވެރިކޮށް އެކައުންޓްގެ މައުލޫމާތު ހޯދުމަށް މީހަކު އެދުނު ނަމަވެސް އެ މައުލޫމާތު ހިއްސާ ނުކުރުމަށާއި ފައިސާ ފޮނުވުމުގެ އެއްވެސް މުޢާމަލާތެއް ނުކުރުމަށެވެ.

އެކައުންޓާ ބެހޭ މައުލޫމާތު އެހެން މީހުންނާ ހިއްސާ ކުރުމަކީ، ކުށެއްގައި ނޭގި ހުރެ ބެދިދާނެ ކަމެއް ކަމުގައިވާތީ، އެކައުންޓުގެ މައުލޫމާތު އެހެން ފަރާތްތަކަށް ހިއްސާ ނުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންގެ ކިބައިން އެދެއެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި، ދަންނަ މީހުންނަށް ގުޅާ، އެކައުންޓުގެ މައުލޫމާތު ހޯދުމަށްފަހު، އެ އެކައުންޓަށް ގޮތްނޭގޭ ގޮތައް ފައިސާ އެހެން މީހަކު ލައްވާ ޖަމާ ކުރުވުމަށްފަހު، ފޯނުން ގުޅި މީހާ އެކައުންޓުގެ ވެރި ފަރާތައް ގުޅާ އެ ފައިސާ ހޯދަނީއެވެ. އެގޮތައް ކަންތައް ކުރަނީ، ފޯނުން ގުޅި މީހާގެ ރެކޯޑެއް ނޯންނާނެ ގޮތައް އޮޅުވާލުމުގެ ގޮތުން ކަމަށްވެސް އެނގިފައިވެއެވެ.

އޮޅުވާލާއިގެން ފައިސާ ހޯދުމުގެ ކަންކަމަކީ ދޭތެރެ ދޭތެރެއިން މިހާރަކަށް އައިސް ރާއްޖޭގައި ފެންމަތިވަމުން އަންނަ މައްސަލައެއްކަން ފާހަގަ ކުރެވެއެވެ.

އިތުރަށް ކިޔާލަން

09 ޖުލައި 2017

ސިޓްރޯން"ރޯދަ ވެދުން"ގެ ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވައިފި

09 ޖުލައި 2017
ސިޓްރޯން"ރޯދަ ވެދުން"ގެ ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވައިފި
06 ޖުލައި 2017

ފިޓްރޯން ރެޒިޑެންސްގެ ނަމުގައި ލަގްޜަރީ ފްލެޓް އިމާރާތެއް މުނި އެންޓަރޕްރައިޒަސްއިން އަޅަނީ

06 ޖުލައި 2017
 ފިޓްރޯން ރެޒިޑެންސްގެ ނަމުގައި ލަގްޜަރީ ފްލެޓް އިމާރާތެއް މުނި އެންޓަރޕްރައިޒަސްއިން އަޅަނީ
07 ޖޫން 2017

އިސްލާމިކް ބޭންކުގެ ބޭނުން ނުކުރާ އެކައުންޓްތައް އުވާލަނީ

07 ޖޫން 2017
އިސްލާމިކް ބޭންކުގެ ބޭނުން ނުކުރާ އެކައުންޓްތައް އުވާލަނީ
26 އެޕްރީލު 2017

ޑޫސާން ލައްކަ ޕްރޮމޯޝަން ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ ފަށައިފި

26 އެޕްރީލު 2017
ޑޫސާން ލައްކަ ޕްރޮމޯޝަން ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ ފަށައިފި
02 އެޕްރީލު 2017

ޑްރައިޕާސް މެގަ ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލުކޮށްފި

02 އެޕްރީލު 2017
ޑްރައިޕާސް މެގަ ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު