Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވޯޓަރ ފްރަންޓް ރެސްޓޯރަންޓް

ކޮސްޓާ ކޮފީ ވެސް ރާއްޖެއަށް

ކޭއެފްސީ އާއި ޕިއްޒާ ހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓްގެ ރެސްޓޯރެންޓްތައް ހުޅުވަން ވަނީ ނިންމާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2018 | ހޯމަ 12:12
ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ހަދަމުން އަންނަ ވޯޓަރ ފްރަންޓް ރެސްޓޯރެންޓްގައި މަޝްހޫރު ފްރެންޗައިސް ރެސްޓޯރަންޓްތައް ކަމަށްވާ، ކޭއެފްސީ އާއި ޕިއްޒާ ހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓްގެ ރެސްޓޯރެންޓްތައް ހުޅުވަން ނިންމައިފިއެވެ.

މި ހަތަރު ފްރެންޗައިޒް ރެސްޓޯރެންޓްތައް ހިންގުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލް ކުންފުންޏާ އެކު ވަނީ ހޯމަ ދުވަހު ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) ގެ ވީއައިޕީ ލައުންޖްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑަރެކްޓަރ އާދިލް މޫސާއެވެ. އަދި އެޗްއެމްއެސް ހޮސްޓްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު ވޮލްޓާ ސިއެބްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ ވޯޓަރ ފްރަންޓް ރެސްޓޯރެންޓްގެ ހިދުމަތް ކުރިއަށް އޮތް ތިން މަސް ތެރޭގައި އާންމުންނަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެއަރޕޯޓަށް އިތުރު މަޝްހޫރު ބްރޭންޑްތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލް ކުންފުނިން މިހާރު ވެސް 150 ގައުމެއްގެ އެއަރޕޯޓްގައި ހިދުމަތް ފޯރުކޮށްދެމުންދެއެވެ.

އެޗްއެމްއެސް ހޮސްޓްގެ ސީއީއޯ ވޮލްޓާ ވިދާޅުވީ މި ރެސްޓޯރެންޓްތަކުގެ ސަބަބުން ދިވެހިންނަށް ވަޒީފާ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި އިންޓަނޭޝަން ބްރޭންޑްތައް ރާއްޖެއަށް ގެނައުމުގެ މަގު ފަހިވެގެންދިޔުމުން އުފާކުރައްވާ ކަމަށެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ 3.2 ބިލިއަން ޔޫރޯގެ އާމްދަނީ ލިބިފައެވެ.

އެމްއޭސީއެލް އިން އިޓަލީގެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

.

އިތުރަށް ކިޔާލަން

29 މެއި 2017

ޕިރަމިޑުން ރާއްޖެއަށް މެޖޫލް ޑޭޓްސް ތަޢާރުފުކޮށްފި

29 މެއި 2017
ޕިރަމިޑުން ރާއްޖެއަށް މެޖޫލް ޑޭޓްސް ތަޢާރުފުކޮށްފި
21 މެއި 2017

އޮސްމޯ ބްރޭންޑްގެ ޕްރޮޑަކްޓެއް ރާއްޖެއަށް ތަޢާރަފްކޮށްފި

21 މެއި 2017
އޮސްމޯ ބްރޭންޑްގެ ޕްރޮޑަކްޓެއް ރާއްޖެއަށް ތަޢާރަފްކޮށްފި
12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު