Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަތުލް ކެޝަޕް ޓުވީޓް

ރާއްޖޭގައި ގާނޫނު ނެގެހެއްޓުމާއި ސިޔާސީ ހަމަހަމަކަން ވަނީ ނުރައްކަލެއްގެ ތެރޭގައި: އަތުލް ކެޝަޕް

ރާއްޖޭގައި ގާނޫނު ނެގެހެއްޓުމާއި ސިޔާސީ ހަމަހަމަކަން ވަނީ ނުރައްކަލެއްގެ ތެރޭގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 ޖެނުއަރީ 2018 | ހޮނިހިރު 13:58
އދ. އިން ސްރީ ލަންކާއަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް

އދ. އިން ސްރީ ލަންކާއަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް

ރާއްޖޭގައި ގާނޫނު ނެގެހެއްޓުމާއި ސިޔާސީ ހަމަހަމަކަންވަނީ ނުރައްކަލެއްގެ ތެރޭގައި ކަމަށް އެމެރިކާ އިން ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ވިދާޅުވެއްޖެއެވެ.

ސަފީރު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ޖަލުގައި 191 ދުވަސް ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނެއްކާ ވެސް ފަތިހުގެ ވަގުތެއްގައި ފާރިސް ހައްޔަރުކުރުމަށާއި ގެ ބަލައި ފާސްކުރުމަށް އަމުރެއް ނެރުމުން ދޭހަވަނީ ރާއްޖޭގައި ގާނޫނު ނެގެހެއްޓުމާއި ސިޔާސީ ހަމަހަމަކަން ނުރައްކަލެއްގެ ތެރޭގައިވުން ކަމަށެވެ.

Advertisement - newsAdvertisement

ޖަލުގައި ހައްޔަރުކޮށްފައި ހުންނަތާ ހަ މަސް ފަހުން ބުރާސްފަތި ދުވަހު ކޯޓުން މިނިވަންކުރި ފާރިސް އަލުން ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހްމަތާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެއްސެވިކަމުގެ ތުހްމަތުގައެވެ.

ފާރިސްގެ އެޕާޓްމެންޓް ބަލައި ފާސްކުރުމަށް ނެރެފައިވާ ކޯޓް އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ފައިސާ ބެހިކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާއި ގުޅިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ގާނޫނީ ވެރިކަން ވައްޓާލުމަށް ގާނޫނާއި ހިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

މީގެ އިތުރުން ފާރިސްގެ ބަލައި ފާސްކުރުމުގެ އިތުރުން ފާރިސްގެ މޯބައިލް ފޯނާއި ސިމްކާޑާއި މެމޮރީ ކާޑާއި އެ ތަކެތީގައިވާ ހުރިހާ މައުލޫމާތާއި ފޯނުން ކޮށްފައިވާ އެންމެހާ މުއާމަލާތްތަކުގެ ތަފްސީލާއި ފޯން ކޯލްތަކާއި މެސެޖްތައް ހޯދުމަށް ކޯޓް އަމުރެއް ވެސް ފުލުހުން ވަނީ ހޯދައިފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު