Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއީޝާ ޑިއޯލް

އީޝާ ޑިއޯލްއަށް ދަރިއަކު ލިބިއްޖެ

މިއީ އީޝާއާއި ބާރަތުގެ އަލަތު ދަރިފުޅު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 23 އޮކްޓޯބަރު 2017 | ހޯމަ 08:22
ބޮލީވުޑުގެ ބަތަލާ އީޝާ ޑިއޯލް

ބޮލީވުޑުގެ ބަތަލާ އީޝާ ޑިއޯލް

ބޮލީވުޑްގެ ތަރި އީޝާ ޑިއޯލް އާއި އޭނާގެ ފިރިމިހާ ބާރަތު ތަހްތާނީއަށް އަންހެން ދަރިއަކު ލިބިއްޖެއެވެ.

އެދެމީހުންގެ އާއިލާއިން ބުނެފައިވަނީ އީޝާއާއި ބާރަތަށް އަލަތު ދަރިއެއް ލިބުމުން ތިބީ ވަރަށް އުފަލުން ކަމަށެވެ. އީޝާއާއި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށާއި މިވަގުތު ތިބީ ހިންދުޖާ ހޮސްޕިޓަލުގައ ކަމަށް ބުނެފައިވެއެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލާނީ މާދަމާގެ ވަގުތެއްގައެވެ.

އީޝާ ޑިއޯލް އަކީ ފިލްމީ ތަރި ދަރުމެންދުރާ ޑިއޯލް އަދި ހެމާ މާލިނީގެ ދޮށީ އަންހެން ދަރިފުޅެވެ. އަދި ފިލްމީ ތަރި ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލް ގެ އެއްބަފާ ކޮއްކޮ ވެސް މެއެވެ.

ފިލްމް ކުޅުމުގެ އިތުރުން އީޝާ ޑިއޯލް އަކީ މަންމަ ހެމާ މާލިނީ ފަދައިން ކްލެސިކް ޑާންސް ދަސްކޮށްފައިވާ ނެށުން ތެރިއެކެވެ. މީގެ އިތުރުން އީޝާ ޑިއޯލަކީ އިންޑިޔާގެ ގައުމީ ފެންވަރުގައި އަންހެނުންގެ ފުޓްބޯޅަ ކުޅޭ ފުޓްބޯޅަ ކުޅުންތެރިއެއް ވެސް މެއެވެ.

އީޝާ ޑިއޯލް ހިންދީ ފިލްމީ ދާއިރާއަށް ނިކުތީ 2002 ވަނަ އަހަރު ނިކުތް ކޮއި މޭރޭ ދިލްސޭ ޕޫޗޭ އިންނެވެ. މިހާތަނަށް 20 އަށް ވުރެ ގިނަ ފިލްމްތަކުގައި މައި ރޯލް ތަކުން އީޝާ ފެނިގެން ގޮސްފައި ވެއެވެ.

ފުރަތަމަ ފިލްމްގައި އީޝާ އާއިއެކު ހަރަކާތްތެރި ވެފައިވަނީ އަނިލް ކަޕޫރުގެ ކޮއްކޮ ސަންޖޭ ކަޕޫރު އަދި އާފްތާބް ސިވްދަސާނީ އެވެ. އީޝާ ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިޓްވި ފިލްމަކީ 2004 ވަނަ އަހަރު ނިކުތް ދޫމް އެވެ. އޭގެ ފަހުން ނިކުތް ކާލް އަކީ ވެސް ހިޓްވި ފިލްމެކެވެ.

އީޝާގެ ފިލްމް ތަކުގެ ތެރެއިން އެންމެ ފަހުން ނިކުމެފައިވާ ފިލްމަކީ 2008 ވަނަ އަހަރު ކުރީކޮޅު ނިކުމެފައިވާ ސަންޑޭ އަދި ވަން ޓޫ ތްރީ އެވެ.

އިތުރަށް ކިޔާލަން

18 ޖޫން 2017

ބިޔޯންސޭއަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

18 ޖޫން 2017
ބިޔޯންސޭއަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ
06 ޖޫން 2017

ޖޯޖްއާއި އަމާލް ކްލޫނީއަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ

06 ޖޫން 2017
ޖޯޖްއާއި އަމާލް ކްލޫނީއަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ
04 ޖޫން 2017

ޓިއުބްލައިޓް: އެޅުވުމުގެ ކުރިންވެސް800 ކުރޯޑް ރުޕީސް ލިބިއްޖެ

04 ޖޫން 2017
ޓިއުބްލައިޓް: އެޅުވުމުގެ ކުރިންވެސް800 ކުރޯޑް ރުޕީސް ލިބިއްޖެ
27 އެޕްރީލު 2017

އީޝާ ޑިއޯލް ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑު!

27 އެޕްރީލު 2017
އީޝާ ޑިއޯލް ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑު!
06 މާރިޗު 2017

ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

06 މާރިޗު 2017
ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު