Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކްލޯއީ ކާޑޭޝިއަން

ކްލޯއީ ކާޑޭޝިއަންގެ ބަނޑަށް 6 މަސް، ހުރީ ވަރަށް އުފަލުން

ކްލޯއީ ބަލިވެއިންކަން އިއުލާން ކުރީ ޑިސެމްބަރުމަހުގެ ތެރޭގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 4 ޖެނުއަރީ 2018 | ބުރާސްފަތި 07:01
ކްލޯއީ ކާޑޭޝިއަން އޭނާގެ ބަނޑަށް 6 މަސްވުމުން ލާފައިވާ ފޮޓޯ

ކްލޯއީ ކާޑޭޝިއަން އޭނާގެ ބަނޑަށް 6 މަސްވުމުން ލާފައިވާ ފޮޓޯ

ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތު ކާޑޭޝިއަން" ގެ ތަރިއެއް ކަމަށްވާ ކްލޯއީ ކާޑޭޝިއަން ބަލިވެ އިންކަން ހާމަކޮށްފައި ވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

ކްލޯއީ ވަނީ އޭނާގެ ބަނޑަށް ހަ މަސް ވުމުން އެކަން ފާހަގަކޮށް އިންސްޓަގްރާމަށް ފޮޓޯއެއް ލާފައެވެ.

ކްލޯއީ އަންގާރަ ދުވަހު އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގައި ބުނެފައި ވަނީ "އޮފިޝިއަލީ 6 މަންތްސް" ކަމަށެވެ.

ކްލޯއީ ބަލިވެއިން ކަމަށް ބުނެ އާންމުކޮށްފައިވާ ފުރަތަމަ ފޮޓޯގައި ޖަހާފައި ވަނީ ކުއްޖަކު ލިބުން އެއީ އޭނާ އެންމެ ދެކޭ ހުވަފެން ކަމަށެވެ. އޭނާ އާއި ލޯބިވެރިޔާ ޓްރިސްޓަން އަށް ކުއްޖަކު ލިބެން އުޅޭ ކަމަށާއި އެކަމަށް ހެއްދެވި ފަރާތަށް ޝުކުރުވެރިވާ ކަމަށް ކްލޯއީ ބުނެފައިވެއެވެ. އަދި ބަލިވެ އިނުމުން އޭނާއަށް ޓްރިސްޓަން އަޅާލާ އަޅާލުމަށާއި ދޭ ލޯތްބަށް ކްލޯއީ ވަނީ ޝުކުރު އަދާކޮށްފައެވެ. ބަލިވެ އިނނުން އެއީ އޭނާގެ ހަޔާތުގައި އެކިކަހަލަ އިހްސާސްތައް ގެނުވާ ފުރަތަމަ ފަހަރު ކަމަށް ވެސް ކްލޯއީ ވަނީ ބުނެފައެވެ.

މިއީ ކްލޯއީގެ އަލަތު ދަރިފުޅަށް ވީނަމަވެސް އޭނާގެ ލޯބިވެރިޔާ ޓްރިސްޓަން އަށް ވަނީ 1 އަހަރުގެ ކުއްޖަކު ލިބިފައެވެ. އެއީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޖޯޑަން ކެރައިގް އަށެވެ.

ސެލެބްރިޓީންގެ ޚަބަރު ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ ޕީޕަލްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކްލޯއީ ބަލިވެއިންކަން އިއުލާން ކުރީ އޭނާ އެކަމަށް ރަނގަޅަށް ތައްޔާރުވުމުންނެވެ. މިއީ ކްލޯއީ ވަރަށް ބޭނުންވެފައި ހުރި ކަމެއް ކަމަށާއި އޭނާ ބޭނުންވީ ރަނގަޅު މީހަކާ ގުޅުމުން ދަރިއަކު ހޯދަން ކަމަށް ކްލޯއީގެ ގާތް މީހަކު ބުނެފައިވާ ކަމަށް އެ ނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ކްލޯއީ ވިހާނެ ކަމަށް ބެލެވެނީ އަންނަ އެޕްރީލްމަހުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

މަޝްހޫރު ލަވަކިޔުންތެރިޔާ ސުނިދީގެ ބަނޑަށް ފަސް މަސް

15 އޯގަސްޓު 2017
މަޝްހޫރު ލަވަކިޔުންތެރިޔާ ސުނިދީގެ ބަނޑަށް ފަސް މަސް
20 އެޕްރީލު 2017

ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި

20 އެޕްރީލު 2017
ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި
12 އެޕްރީލު 2017

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ހަރުފައެއް ގައިދީން އިސްލާހުކޮށްފި

12 އެޕްރީލު 2017
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ހަރުފައެއް ގައިދީން އިސްލާހުކޮށްފި
11 އެޕްރީލު 2017

ދަރިފުޅަށް ތިން މަސްވީތަނާ ޖެނެޓާއި ވިސާމް ވަރިވެއްޖެ

11 އެޕްރީލު 2017
ދަރިފުޅަށް ތިން މަސްވީތަނާ ޖެނެޓާއި ވިސާމް ވަރިވެއްޖެ
29 މާރިޗު 2017

ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި

29 މާރިޗު 2017
ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު