Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބައިޑަންގެ ސައުދީ ދަތުރުފުޅު

ހަޝޯގީގެ ގަތުލަށް ބައިޑަން ބީރު ކަންފަތެއް ދެއްވީތަ؟

ހަޝޯގީގެ މަރުގެ ފަހަތުގައި ވަނީ އެމްބީއެސްގެ އަތްޕުޅު ކަމަށް އެމެރިކާގެ ޖާސޫސުން ކަނޑައެޅި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 15 ޖޫން 2022 | ބުދަ 06:15
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

ކަމެއްގައި އިންތިހާއަށް ތަކުލީފު ބޮޑުވެއްޖެނަމަ ޝާނާއި ޝައުކާތު، ޝަރަފާއި އިއްޒަތް، އަބުރާއި ގަދަރަށް ބެލުމެއް ނެތި، އެ މުހުތާދެއް ފުދެން އޮތް ގޮތަށް އެކަމަކަށް ތަސައްލީ ހޯދުމަކީ އިންސާނީ ތޮބީއްޔަތުގައި އޮންނަ ކަމެކެވެ. އަރާއި ބާރުގެ ގޮތުން ކިތަންމެ ނުފޫޒުގަދަކޮށް، ގަދަބަސް ބުނެ އުޅޭ މީހާވެސް، ވާދަވެރިއެއްގެ ފައިބުޑަށް ތިރިވާންޖެހޭ ފަހަރު އާދެއެވެ. ވެގެން މިއުޅެނީވެސް އެފަދަ ގޮތެކެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަޓިކް ބާރުގެ ގޮތުގައި އަމިއްލަ ތަސްވީރު ކުރަހާ ދެމުން އަންނަ އެމެރިކާއަކީ އިންސާނީ ހައްގުތަކުގެ ދިފާއުގައި އެފަދަ ދެވަނައެއް ނެތް މިންވަރަށް ތެދުވާނެ ގައުމެއް ކަމުގެ އަވާމެންދުރުގައި ޖެހިފައި އޮތް ގައުމަކަށްވާއިރު، ނޮވެމްބަރު 2020 ގައި އެ ގައުމުގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކުރި ހޯއްދެވި އަދުގެ ރައީސް ޖޯ ބައިޑަންގެ އެއް ވައުދަކީ، ސައުދީ އަރަބިއްޔާއާއެކު އޮތް ގުޅުން ހަވާސާ ކުރެއްވުމެވެ. ތެލުގެ މުއްސަނދިކަމުގައި، ތަނަވަސްކަމުގެ އެންމެ އުސް ހަރުފަތުގައި ފައިތިލަ ސާބިތުކޮށްފައިވާ ސައުދީ އަރަބިއްޔާއަކީ އިންސާނީ ހައްގުތަކުގެ މައިދާނުގައި "ނުރައްކާ" ގައުމެއްގެ ގޮތުގައި ހުޅަނގުގެ ބާރުތަކުން ތަސްވީރުކޮށްދެއެވެ.

ކަން މިހެން އޮތް ނަމަވެސް، އެމެރިކާގެ ބާޒާރުގައި ތެލުގެ އަގުތައް އިންތިހާއަށް އުފުލި، ގައުމުގެ ކަންކަން ބޮއްސުންލަމުންދާ ދިއުމާއި ގުޅިގެން، ބައިޑަންއަށް މިއަދު މަޖުބޫރުވެވަޑައިގަތީ ސައުދީ އަރަބިއްޔާއަށް ވަޑައިގަތުމަށެވެ. އަދި ސައުދީ ލީޑަރުންގެ ތެރެއިން އިންސާނީ ޙައްގުތަކުގެ ހިތި ރެކޯޑެއް އޮތް ނުފޫޒުގަދަ ވަލީ އަހުދު، މުޙައްމަދު ބިން ސަލްމާން (އެމްބީއެސްއާ) ވެސް ބައްދަލުކުރައްވާށެވެ. އެ ބައްދަލުވުން ތާވަލުކޮށްފައި ވަނީ އަންނަ ޖުލައި މަހު، ބައިޑަން ސައުދީއަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވެ، ސައުދީގެ އިންސާނީ ހައްގުތަކުގެ ރެކޯޑްގެ މައްސަލާގައި އެ ގައުމާއި ދެކޮޅަށް އެމެރިކާގެ ރުޅިވެރިކަމުގެ ރާގު ގަދަ ކުރިއެވެ. ވަކިން ހާއްސަކޮށް، އެމެރިކާގެ ދުވަހު ނޫހެއް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓްގައި ލިޔުންތަކެއް ޝާއިއު ކުރަމުން ދިޔަ ސައުދީގެ ތަޖުރިބާކާރު ނޫސްވެރިޔާ، ޖަމާލް ހަޝޯގީ، ސައުދީ އެމްބަސީ ތެރޭގައި އިހާނެތި ގޮތަކަށް، 2018 ވަނަ އަހަރު މަރާލި ހާދިސާ ހުއްޖަތަކަށް ހަދައިގެންނެވެ. ހަޝޯގީގެ މަރުގެ ފަހަތުގައި ވަނީ އެމްބީއެސްގެ އަތްޕުޅުކަމަށް އެމެރިކާގެ ޖާސޫސުން ކަނޑައެޅިއެވެ. ނަމަވެސް ސައުދީއިން އެ ތުހުމަތުތަކަށް އިންކާރު ކުރެއެވެ.

އެހެންކަމުން، ބައިޑަންގެ ސައުދީ ދަތުރުފުޅާއި އެމްބީއެސްގެ ބައްދަލުވުމާ ބެހޭ ގޮތުން ބަހުސަކަށް ނުދާންވީ ސަބަބެއް ނެތްތާއެވެ. މިކަމާ ގުޅިގެން އެމެރިކާ ހާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ، އިންސާނީ ހައްގުތަކުގެ ކަންކަމަށް ރިއާޔަތް ނުކޮށް ދޫކޮށް ނުލާނެކަމަށެވެ.

ބައިޑަންގެ ކުރިން އެމެރިކާގައި ރައީސްކަން ކުރެއްވި ޑޮނާލްޑް ޓްރަމްޕަކީ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދާ ގާތް ގުޅުމެއް ބޭއްވި ރައީސްއެކެވެ. ނަތީޖާއެއްގެ ގޮތުން ކެމްޕޭން ތެރޭގައި ބައިޑަން ވެވަޑައިގެންނެވި އެއް ވައުދުފުޅަކީ، ހަޝޯގީގެ ގަތުލުގެ އަގު، ސައުދީއިން ކުރަންޖެހޭނެ ކަމުގެ ވައުދުފުޅެވެ.

އިންސާނީ ހައްގުތަކަކީ އެމެރިކާގެ ހާރިޖީ ސިޔާސަތުތަކުގެ އަސާސް ކަމަށް ވިދާޅުވަމުން ގެންދެވި ބައިޑަން، އެމްބީއެސްއާ ބައްދަލު ކުރެއްވުމަކީ، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކަށް ހަޖަމް ކުރަން މާ ފަސޭހަ ކަމެއް ނޫނެވެ.

ބައިޑަންގެ ސައުދީ ދަތުރުފުޅު ތާވަލުކުރައްވާފައި ވަނީ ޖުލައި 13ން ޖުލައި 16 ގެ ނިޔަލަށް ކަމަށް ވާއިރު، އެ ދަތުރުފުޅުގެ ތެރެއިން، އިޒްރޭލާއި ހުޅަނގު އައްސޭރިއަށްވެސް ބައިޑަން ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ނޫސްވެރިޔާ ޖަމާލް ހަޝޯގީޖޯ ބައިޑަންއެމެރިކާސައޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު