Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސާފް ޗެމްޕިއަންޝިޕްގެ އިނގިރޭސި ކޮމެންޓްރީ

ބައްޕަގެ ފަހަތުން ދަރިފުޅުވެސް ކޮމެންޓްރީ ބޮކްސްގެ ތެރެއަށް!

އަހުމަދު ވަނީ ދެ ބަހުންވެސް ފުޓްބޯޅަ ކޮމެންޓްރީ ގެނެސްދީފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2021 | ހުކުރު 20:02
އަހުމަދު އިމާދު (ކ) އާއި އިސްމާއީލް އަޒްމީން ސްޓޭޑިއަމްގެ ކޮމެންޓްރީ ބޮކްސްގައި

އަހުމަދު އިމާދު (ކ) އާއި އިސްމާއީލް އަޒްމީން ސްޓޭޑިއަމްގެ ކޮމެންޓްރީ ބޮކްސްގައި

ރާއްޖޭގައި ކުޅޭ ފުޓްބޯޅަ މުބާރާތްތަކުގެ މެޗުތައް ޓީވީން ލައިވްކުރާއިރު ކޮމެންޓްރީ ދިނުމަކީ ވަރަށް ކުރީއްސުރެ ކުރަމުން އަންނަ ކަމެކެވެ. ގައުމީ މުބާރާތަކަސް އަދި ބައިނަލްއަގުވާމީ މުބާރާތަކަސް އެކަން މިހާތަނަށް ކުރަމުން އައީ ހަމައެކަނި ދިވެހި ބަހުންނެވެ. އެކަމަކު ސާފް ޗެމްޕިއަންޝިޕް 2021 ފެށުމާއެކު މިކަމަށް ވަރަށް ބޮޑު އިންގިލާބެއް އަތުވެއްޖެއެވެ.

ބައިނަލްއަގުވާމީ މުބާރާތެއް ލައިވްކުރުމުގެ ހައްގު އެއްވެސް ސްޓޭޝަނަކަށް ދެންޏާ އެ މުބާރާތުގެ މެޗުތައް ދައްކަން ބޭނުންވާ ބޭރުގެ ޗެނަލްތަކަށް ފީޑްދޭއިރު އިނގިރޭސި ކޮމެންޓްރީ ހިމެނުން ލާޒިމުވީއެވެ. އެގޮތުން އައި ބަދަލަކީއެވެ. ކޮންމެއަކަސް ބޭރުގެ ޗެނަލްތަކަށް ޕީއެސްއެމުން ދޫކުރި ފީޑުގައި އިނގިރޭސި ކޮމެންޓްރީ ދިނުމަށް މިފަހަރު ހަރަކާތްތެރިވީ އެކަމަށް ވަރަށް ކުޅަދާނަ ދިވެހި ތިން ޒުވާނެކެވެ.

މި ތިން ޒުވާނުންގެ ތެރެއިން އެކަކު ވަރަށް ގިނަ ގޮތްގޮތުން ޚާއްސަވެގެންދެއެވެ. އެ މީހަކީ އަހުމަދު އިމާދެވެ. މި ތިން މީހުންގެ ތެރެއިން ކޮމެންޓްރީ ބޮކްސްއަށް ހަމަ ޔަގީނުންވެސް އެންމެ ދޮށީ މީހަކީ އަހުމަދު އިމާދެވެ. ތާޖުއްދީނު ސްކޫލްގެ ގްރޭޑް އެކެއްގައި އުޅެމުން އޭނާ ކޮމެންޓްރީ ބޮކްސްއަށް ވަންނަން ފަށައިފިއެވެ. ބައްޕަޔާއެކުގައެވެ.

އަހުމަދުގެ ބައްޕަޔަކީ 1994ން ފެށިގެން 2006ށް ޓީވީ މޯލްޑިވްސްގެ ޗީފް ފުޓްބޯޅަ ކޮމެންޓޭޓަރެވެ. ކޮންމެހެން ހަދާފައިވެސް ވިކްޓަރީ ސްޕޯޓްސް ކުލަބް ކުޅޭ ދުވަސް ދުވަހު ބައްޕަޔާއެކު އަހުމަދު ސްޓޭޑިއަމަށް ދެއެވެ. ވަރަށް ކުޑައިރުން ފެށިގެން އަހުމަދަކީ ވިކްޓަރީގެ ފޭނެކެވެ. ރަތް ޖޯޒީ ލަންޏާ އެޓީމެކެވެ. އެގޮތުން ސްޕޭނާއި މެންޗެސްޓަރ ޔުނައިޓެޑްގެ ވެސް ފޭނެކެވެ. މެޗު ބަލަން އިންނަނީ ބައްޕަޔާއެކު ކޮމެންޓްރީ ބޮކްސްގައެވެ.

ކޮމެންޓްރީ ބޮކްސް ތެރެއަށް ވަނުން ދޮށިވުމުގެ އިތުރަށް ކޮމެންޓްރީ ދިނުމުގައިވެސް އަހުމަދަށް ރިކޯޑެއް ލިބިފައިވެއެވެ. ޕާކިސްތާނާއި ދިވެހިރާއްޖެ ކުޅުނު ބައިނަލްއަގުވާމީ މެޗެއް 2013 ވަނަ އަހަރު ވީޓީވީން ދެއްކިއިރު އެ މެޗުގެ ކޮމެންޓްރީ ޓީމުގައި އަހުމަދު ހިމެނުނެވެ. އެފަހަރު ދިނީ ދިވެހި ބަހުންނެވެ. އެއީ އަހުމަދު ގްރޭޑް 12 ނިންމިތަނާއެވެ. އެކަންކުރީ ބައްޕަގެ އެދުމަކަށެވެ.

އަހުމަދުގެ ފުޓްބޯޅަ ޝައުގާއި ވާހަކަ ދެއްކުމުގެ ހުނަރު ތަރައްގީވުމުގައި ބައްޕަގެ ދައުރު ވަރަށް ބޮޑެވެ. ވާހަކަ ދެއްކުމުގެ ފަންނަށް އަހުމަދު ނެރެދީ އެންމެ ފުރަތަމަ ކޯޗުކޮށްދިނީވެސް ބައްޕައެވެ. އަހުމަދު ވަނީ ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގެ 13 އަހަރުން ދަށާއި 16 އަހަރުން ދަށުގެ ދެ ބައިން ދެ އަހަރު ޗެމްޕިއަންކަން ހޯދާފައެވެ. އަދި 18 އަހަރުން ދަށުގެ ބައިން ދެވަނަ ވެސް ހޯދާފައިވެއެވެ. އެހެންވީމާ މެޗު ބަލަމުން ވާހަކަ ދެއްކުން ނުވަތަ ކޮމެންޓްރީ ދިނުމަކީ އޭނާއަށް ނުހަނު ފަސޭހަ ކަމެކެވެ.

އަހުމަދަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައުލޫމާތުގެ ދާއިރާގައި އޭނާގެ ބައްޕަ ފަދައިން އެންސައިކްލޮޕީޑިޔާއެކެވެ. މި ހުނަރު ފާހަގަ ކުރެވިގެން ސްކޫލް ދައުރު އަދި ނުނިމެނީސް 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޕްރީ ޝޯތައް ވީޓީވީގައި ހޯސްޓް ކުރުމުގެ ފުރުސަތު އަހުމަދަށް ލިބުނެވެ. ބައެއް ޝޯތަކަށް ބައްޕަޔާއެކުވެސް އަރަން ޖެހުނެވެ.

ބައްޕަގެ ޕްރައިމަރީ ދާއިރާއަކީ ލިޔުންތެރިކަމާއި ނޫސްވެރިކަން ކަމުގައި ވިޔަސް އަހުމަދު އިޚުތިޔާރު ކުރީ އިންޖިނޭރިންގެ ދާއިރާއެވެ. ޔުނިވަރސިޓީ ތައުލީމު ފުރިހަމަކުރީ ސިވިލް އިންޖިނޭރިންގެ ދާއިރާއިންނެވެ. އޭނާގެ މިހާރުގެ ރަސްމީ ވަޒީފާއަކީ އެމްޓީސީސީގެ ސްޓްރަކްޗަރަލް އިންޖިނޭރުކަމެވެ. ބަނދަރުތަކާއި މަގުތަކާއި ބިލްޑިންގތަކާއި ބްރިޖްތަކާއި އެއަރޕޯޓް ފަދަ ތަންތަން ފަރުމާކުރުމެވެ.

ނޫސްވެރިކަމާއި ޓީވީގެ މަސައްކަތަކީ ޕާޓް ޓައިމް އުސޫލުން އަހުމަދު ކުރާ މަސައްކަތެކެވެ. ބައްޕަ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވީޓީވީގައި އަހުމަދު ޕްރައިމް ޓައިމް ނިއުސް އެންކަރކަން ކުރިއެވެ. އެއީ ސްކޫލް ނިމިގެން ޔުނިވަރސިޓީ ތައުލީމަށް ބޭރަށް ފުރުމުގެ ކުރިންނެވެ. ޔުނިވަރސިޓީގައި އުޅެމުން ޗުއްޓީއަށް އަންނަ ފަހަރު ފަހަރު ވީޓީވީގެ އިނގިރޭސި ޚަބަރާ ބެހޭ ޑެސްކުގައި މަސައްކަތްކޮށް އިނގިރޭސި ޚަބަރު ލިޔުމާއި އިނގިރޭސި ޚަބަރު ކިޔުމުގައި ވެސް ހަރަކާތްތެރިވިއެވެ. އެ ސްޓޭޝަނުގައި ދެ ބަހުން އެންމެ ފުރަތަމަ ޚަބަރު ކިޔާފައިވަނީވެސް އަހުމަދެވެ. ޕީއެސްއެމްގެ އިނގިރޭސި ޑެސްކާ އަހުމަދު ގުޅުނީ އެކުންފުނިން އެކަމަށް އެދިގެން 2019 ވަނަ އަހަރުގެ ފަހުކޮޅު ޕާޓް ޓައިމް އުސޫލުންނެވެ.

ކޮންމެ ދުވަހެއްގައިވެސް ރަސްމީ ގަޑީގައި އެމްޓީސީސީގެ ޓީމާއެކު ގައުމުގެ އުމްރާނީ އޮނިގަނޑު ތަރައްގީ ކުރުމުގެ މަސައްކަތުގައި އުޅެފައި އެނޫން ވަގުތު ޕީއެސްއެމްގެ އިނގިރޭސި ޑެސްކުގައި އަހުމަދުގެ މަސައްކަތަކީ ދިވެހި ޚަބަރު އިނގިރޭސި ބަހަށް ބަދަލުކުރުމާއި ޓީވީގައި އިނގިރޭސި ޚަބަރު ކިޔުމެވެ. ޕީއެސްއެމްގެ ފުޓްބޯޅަ ކޮމެންޓްރީ ޓީމާއެކު މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްވެގެން އައީ އެގޮތުންނެވެ.

ކޮންމެއަކަސް އިނގިރޭސި ކޮމެންޓްރީ މިފަހަރު ރާއްޖޭގެ ސްޓޭޝަނަކުން މުޅިން އަލަށް ފެށި ކަމުގައިވިޔަސް ކޮމެންޓްރީއަކީ އަހުމަދު އިމާދަށް އައު މަސައްކަތެއް ނޫނެވެ. އައު ހުނަރެއްވެސް ނޫނެވެ. އޭނާގެ ލޯ ފުޓްބޯޅަޔަށް ހުޅުވިގެން އައީ ކޮމެންޓްރީ ބޮކްސްގެ ތެރެއިންނެވެ. އަހުމަދު އެންމެ ތުއްތުއިރު އޭނާ އެންމެ ފަރިތަ ދެ މޫނަކީ ވެސް ފުޓްބޯޅައިގެ ދެ މޫނެވެ. ޖާރމަނީގެ ބަޔާން މިއުނިކްގެ ފޯވާޑް އެލެގްޒާންޑަރ ޒިކްލަރ އާއި އިޓަލީގެ ޔުވެންޓަސްގެ ފޯވާޑް ރޮބާރޓޯ ބާޖިއޯއެވެ. އެމީހުންގެ ބިޔަ ދެ ޕޯސްޓަރު ކޮޓަރީގައި ތަތްކޮށްފައި ހުންނަ ކަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައްޕަގެ އޮތީ އެންމެ އެދުމެއް، ދަރިފުޅުގެ ބޮލަށް ވަޒަންއެރި ހާދިސާ ރަނގަޅަށް ތަހުގީގުކޮށްދީ!

ބައްޕަގެ އޮތީ އެންމެ އެދުމެއް، ދަރިފުޅުގެ ބޮލަށް ވަޒަންއެރި ހާދިސާ ރަނގަޅަށް ތަހުގީގުކޮށްދީ!

21 އޯގަސްޓު 2021
ބައްޕަގެ ގާތް އެކުވެރިޔާ ކުރީ ޖިންސީ އަނިޔާ، އަދިވެސް އެވޭނުގައި!

ބައްޕަގެ ގާތް އެކުވެރިޔާ ކުރީ ޖިންސީ އަނިޔާ، އަދިވެސް އެވޭނުގައި!

10 އޯގަސްޓު 2021
ދެމަފިރިން މަސްތުވާތަކެތި ބޭނުން ކުރުމުން ކުޑަ ދަރިފުޅުވެސް ވީ 'ސިކު'

ދެމަފިރިން މަސްތުވާތަކެތި ބޭނުން ކުރުމުން ކުޑަ ދަރިފުޅުވެސް ވީ 'ސިކު'

12 މެއި 2021
ކޮރޯނާވައިރަސް: މަންމަ މަރުވީ ބައްޕަގެ ޖަނާޒާގައި ހުއްޓާ!

ކޮރޯނާވައިރަސް: މަންމަ މަރުވީ ބައްޕަގެ ޖަނާޒާގައި ހުއްޓާ!

29 ޖުލައި 2020
މަންމަ ފަހަތުން ހިނގަނީ ވަޅި ހިފައިގެން!

މަންމަ ފަހަތުން ހިނގަނީ ވަޅި ހިފައިގެން!

28 ފެބުރުއަރީ 2020

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު