Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

އެމްއެމްޕީއާރުސީ ހިޔާނާތުގައި 3 ބިލިއަން ރުފިޔާ ގެއްލުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 މާރިޗު 2022 | ހުކުރު 12:16
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

2018 ވަނަ އަހަރު ވެރިކަން ގެއްލުނީ އޭގެ ކުރީ ފަސް އަހަރު ވަންދެން ވެރިކަން ކޯޓުން ހޯދައި ރައްޔިތުންނަށް ޖެއްސުމާއި އުނދަގުލާއި ފުރައްސާރަ ކުރެއްވީމައެވެ. ރައްޔިތުންގެ ހައްގުތަކަށް އަރައި ޚުދުމުހުތާރު ވެރިކަމެއް ކުރެއްވީމައެވެ. މިއީ ހަގީގަތެވެ. ވެރިކަން ބަދަލު ކުރީ ދިވެހި ރައްޔިތުން ނުކުމެއެވެ. ލައްކައަކަށްވުރެ ގިނަ މީހުން ބުނީ ހޯ ހޯ ދެން ތި ވެރިކަމެއް ގެންނަން ބޭނުން ނުވާ ކަމަށެވެ.

ދެން އެހެން ހުއްޓާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހިގެން ޖަލުގައި ހަދާފައި އިން ގަނޑުވަރަކަށް ވެސް ވަޑައިގަންނަވަން ޖެހުނެވެ. އެތަނުގައި ފަރިއްކުޅުވީ އިންޑިއާ އެޔަކަށް މަޝްހޫރު ބިރިޔާނީ ފަދަ ޝާހީ ކެއުންތަކެވެ. 2 ނަންބަރެއްގެ ތަފާތުން މިނިވަންވި ނަމަވެސް ވައްކަން ނުކުރާ ކަމަށް ކޯޓުން ވެސް ނުބުނެއެވެ. އޮތީ ނަހަމަ ގޮތުގައި ދިވެހި ރައްޔިތުންގެ މިލްކިއްޔާތު ވިއްކާލާ ފައިސާ ހޯދި ވާހަކައެވެ.

ޖަލުން ނުކުމެވަޑައިގެން ދެން ފެއްޓެވީ އެވާހަކަތަކަށް ފަސް އަޅަން އެހެން މަސައްކަތެކެވެ. ޖަލުގައި އޮންނަވައި ހުޅުކޮޅު ރޯކޮށްލެއްވިއެވެ. އެވެސް އިންޑިޔާގެ ބިރިޔާނީ ކާން އިންނަވާފައެވެ. އިންޑިޔާއިން މި ސަރުކާރަށް އެތައް ގޮތަކަށް އެހީވާތަން ފެނި އަމިއްލަފުޅު ސަރުކާރުން ނުކުރެވުނު ކަންކަން ކުރައްވާފާނެ ހިތްޕުޅާ އިންޑިޔާ އައުޓް ކާން އިންނެވި ބިރިޔާނީ ފެނިވަޑައިގެން ފައްޓަވަން އަމުރުކުރެއްވީއެވެ.

ދިވެހި ބަހުގައި މަޖާޒު ބަހެއް އޮވެއެވެ. މޮޔަގެރި އަވަލުން އެވެ. މާނައަކީ ފިރިހެނަކު އަންހެނެއްގެ ފަހަތުން މާބޮޑަށް އަޅައިގަނެގެން އުޅުމެވެ. ޖަލުގެ ގަނޑުވަރުން ނިކުމެވަޑައިގެން ސީދާ އިންޑިއާއާއި އެމަނިކުފާނާއި އޮތީ އެ ގުޅުމެވެ. ހެނދުނު ހޭލާފައި އިންޑިޔާ އޭ ނުކިޔުއްވައި ފެންފޮދެއްވެސް ދިރުވާނުލެއްވެއެވެ. ގަޟޯހާޖާވެސް ކުރައްވަނީ އެހެން ކިޔުއްވަމުންނެވެ. ދަންވަރަށް ވެސް އެގެއިން އިވެނީ އެ އަޑުކަމަށްވެއެވެ.

އިންޑިޔާ ދެކެ ނަފްރަތު ކުރައްވަނީ ވެރިކަން ގެއްލުމުން ކަމަށް ބައެއް މީހުން ބުނެ އުޅެއެވެ. އަނެއް ކަމަކީ އަމިއްލަ ވެރިކަމުގައި އިންޑިޔާއެކު ހެދި އެއްބަސްވުން ފަޅާއަރާފާނެތީ ގަނާކުރެއްވި ބިރުން އެވާހަކަތަކަށް ފަސް އަޅާ ފޮރުއްވަން މަސައްކަތް ކުރައްވަނީއެވެ. އަދި އެހެން ކަމެއްވެސް އެބައޮތެވެ. އެމްއެމްޕީއާރުސީގެ ލާރިގަނޑާއި އިންޑިޔާ މީހަކު ސީދާ އެމަނިކުފާނަށް ދެއްވި ރިޝްވަތުގެ ފައިސާގެ ވާހަކައެވެ.

ޕެންޑޯރާ ޕޭޕާސްގައި އެވާހަކަ ވަރަށް ތަފްސީލުކޮށް ލިޔެފައި އެބަ އޮތެވެ. އެވާހަކަ މިތާގައި މާ ތަފްސީލުކޮށް ނުދައްކާނަމެވެ. އޭގައި ވަނީ މިލިއަން ޑޮލަރުގެ ރިޝްވަތު ޔާމީން ނަމަކަށް ކިޔުނު މީހަކަށް އިންޑިއާގެ ފައިސާވެރިޔަކު ދިން ވާހަކައާއި އެ ފައިސާ ޔާމީންގެ އެކައުންޓަށް ޖަމާވި ވާހަކައެވެ.

ވަގުން ވައްކަން ކޮށްފައި އެކަން ނުކުރާ ކަމަށް ހެދެން ކޮންމެވެސް އެހެން މީހެއްގެ ބޮލުގައި އެވާހަކަ އަޅުވާނެއެވެ. އަދި ނިކަން ގިނަ ގިނައިން އެވާހަކަ ދައްކާ މުޅި މައުޟޫ ބަދަލުކުރުމަށް މަސައްކަތް ކުރާނެއެވެ. އެކަން ހަނދާން ނެތޭހާ ވަރަށް އެކަން ކުރާނެއެވެ. އަޑަށް ބާރުލާފައި ތިމާ ކުރި ކަމެއް ނޫންކަން ދައްކަން އެހެން ހުރިހާ ވާހަކައެއް ދައްކާނެއެވެ. ނަމަވެސް އެމްއެމްޕީއާރުސީ މެދުވެރިކޮށްގެން ރައްޔިތުންގެ 3 ބިލިއަން ރުފިޔާ ދަވާލި ވެރިޔަކީ އެ ނޫން ވެރިއަކަށް ނުވާނެއެވެ.

މިއީ ހުސް ރައްޔިތުންގެ ހަރުމުދާ ވިއްކައިގެން ވެރިޔަކު ކުރެއްވި ކަމެކެވެ. ނަމަވެސް މިއަދު އެ ރުޅި ބާލުއްވަނީ އިންޑިޔާއަށެވެ. ސީދާ މޮޔަގެރި އަވަލުން ފަދަ ކަމެކެވެ. ނަމަވެސް މިކަމާއި ކުރާނެ ބޭހެއް މި ސަރުކާރުން ނުހޯދިއެވެ. އެހެން ހަދާކަށް ނުވާނެއެވެ. ނަފްސާނީ ބަލީގެ ފަރުވާ ފުޅާކޮށް މިފަދަ ބަލިތަކަށް ވެސް ފަރުވާ ކުރާނެ ގޮތެއް ހޯދައި ދޭން އެބަ ޖެހެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ޔާމީނާއި ޕީޕީއެމް ސަރުކާރުން އިންޑިޔާއަށް ހުށައެޅި ހުށައެޅުމުގެ ކްރެޑިޓް އަލިފުން ޔާއަށް ހައްގުވަނީ އެބޭފުޅުންނަށެވެ.

ރައީސް ޔާމީނާއި ޕީޕީއެމް ސަރުކާރުން އިންޑިޔާއަށް ހުށައެޅި ހުށައެޅުމުގެ ކްރެޑިޓް އަލިފުން ޔާއަށް ހައްގުވަނީ އެބޭފުޅުންނަށެވެ.

24 ފެބުރުއަރީ 2021
އުތުރު ތިލަފަޅުގައި ހަދަން އުޅެނީ އިންޑިޔާ ސިފައިންގެ މަރުކަޒެއް ނޫނެވެ. ދިވެހި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެކެވެ.

އުތުރު ތިލަފަޅުގައި ހަދަން އުޅެނީ އިންޑިޔާ ސިފައިންގެ މަރުކަޒެއް ނޫނެވެ. ދިވެހި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެކެވެ.

21 ފެބުރުއަރީ 2021
އިންޑިޔާއާއި ރާއްޖޭގެ އަސްކަރީ ގުޅުމާމެދު ކަންބޮޑުވެ ފިކުރުކުރާންޖެހޭ ސަބަބެއް އެބައޮތްތަ؟

އިންޑިޔާއާއި ރާއްޖޭގެ އަސްކަރީ ގުޅުމާމެދު ކަންބޮޑުވެ ފިކުރުކުރާންޖެހޭ ސަބަބެއް އެބައޮތްތަ؟

20 ފެބުރުއަރީ 2021
ކޮވިޑް-19: ލޮކްޑައުންކާއެކު އިންޑިޔާގެ ފަގީރުންނަށް އިތުރު ހިތްދަތިކަމެއް

ކޮވިޑް-19: ލޮކްޑައުންކާއެކު އިންޑިޔާގެ ފަގީރުންނަށް އިތުރު ހިތްދަތިކަމެއް

09 އެޕްރީލު 2020
އިންޑިޔާ ފުލުހެއް ކޮރޯނާވައިރަސް ސިފަކޮށްދޭ އާދަޔާ ޚިލާފު ހެލްމެޓާއެކު

އިންޑިޔާ ފުލުހެއް ކޮރޯނާވައިރަސް ސިފަކޮށްދޭ އާދަޔާ ޚިލާފު ހެލްމެޓާއެކު

30 މާރިޗު 2020

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު