Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކިނބިދޫ ރައްޔިތުން

ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން

ބޭނުމަކީ ރާއްޖެޓީވީން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުން ކަމަށް އެމީހުން ބުނި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 5 މާރިޗު 2018 | ހޯމަ 13:19
ކިނބިދޫގެ ރައްޔިތުންގެ ބަޔަކު މަލާފަތާއެކު ރާއްޖެޓީވީގައި

ކިނބިދޫގެ ރައްޔިތުންގެ ބަޔަކު މަލާފަތާއެކު ރާއްޖެޓީވީގައި

ރާއްޖެޓީވީން ކުރަމުންދާ މަސައްކަތް ބަލައިގަނެ ގިނަ ބަޔަކު އެކަމުގެ އަގުވަޒަން ކުރެ އެވެ. އެމީހުންގެ ހިތުގެ ޝުއޫރުތައް އެކި ސިފަ ސިފައިގައި ރާއްޖެޓީވީއާ ހިސާބަށް ފޯރުކޮށްދެމުން އަބަދުވެސް ގެންދެ އެވެ.

ހޯމަ ދުވަހުގެ މެންދުރު ފަހު ރާއްޖެޓީވީ ހިންގާ އޮފީސް ކައިރިއަށް އައި ވަފުދަކީ ވެސް އެފަދަ ބައެކެވެ. ތ.ކިނބިދޫގެ ރައްޔިތުންގެ ބަޔަކު ރާއްޖެޓީވީއަށް ކޮންމެވެސް އެއްޗެއް ހިފައިގެން އައިސް ތިބި ކަމަށް ބުނުމުން އެވަގުތު ރާއްޖޭގެ ޓީވީގައި ތިބި ހުރިހާ މުވައްޒަފުން އަވަސްވެ ގަތީ އެމީހުންނަށް އިސްތިގުބާލު ކުުރުމަށެވެ. އައިސް ތިބި ވަފުދުގެ އެންމެ ކުރީގައި ތިބި ދެ މީހަކު ފޮތިގަނޑަކަށް އޮޅާލާފައި އޮތް އެއްޗެއް ގެނެސް މޭޒުމަތީ ބަހައްޓައި ނިއުޅާލުމުން އެނގުނީ އެއީ ބޮޑު މަލާފާތެއް ކަމެވެ. އޭގައި ހުރީ ދިވެހި ބޮނޑިބަތެވެ. އަންނާރު އޮތްތަކުން ރާއްޖެޓީވީގެ ލޯގޯ ބޮޑިބަތްގަނޑުގެ މަތީ ޖަހާލާފައިވާއިރު އެއީ ހުނަރުވެރި ކިނބިދޫ އަންހެނެއްގެ ޗާލު މަސައްކަތެކެވެ. ކޮށާލާފައިވާ ކަނަމަދުކޮޅުން ލިޔެފައިވާ އިބާރާތް ވެސް އެހާ ފުރިހަމަ އެވެ. ބޮނޑިބަތުގެ ރަހައާމެދު އިތުރު ވާހަކައެއް ދައްކާކަށް ފުރުސަތެއް ނެތެވެ. ދިޔާހަކުރުއަޅައިގެން ކައްކާފައިވާ އެ ބޮނޑިބަތުގެ ރަހަ ބަލައިފި ނަމަ އިތުރަށް އެ ރަހަ އަށް ކޮންމެ މީހަކުވެސް އެދޭނެ އެވެ.

މި ވަފުދާއެކު އައި މީހުންގެ ތެރެއިން ރާއްޖެޓީވީއާ ވާހަކަ ދެއްކި އަލީ ހަސީން ބުނީ އެކޭން ރާއްޖެޓީވީއަށް ހަދިޔާކުރީ ކިނބިދޫ ރައްޔިތުން ތިބީ ރާއްޖެޓީވީއާއެކުކަން އަންގައިދިނުމަށް ކަމަށެވެ. އަދި އެހެންމެ ރާއްޖެޓީވީއަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކާއެކު ވެސް ފަސްޖެހުމެއް ނެތި ކުރަމުންދާ ބުރަ މަސައްކަތް ކިނބިދޫގެ ރައްޔިތުން ބަލައިގަންނަކަން ހާމަ ކުރުމަކީ ވެސ މި ފަދަ ކޭމެއް ރާއްޖެޓީވީއަށް ހަދިޔާކުރުމުގެ މަގުސަދު ކަމަށް އޭނާ ބުންޏެވެ.

މި ކެއުން ބަލައިގަނެ ރާއްޖެޓީވީގެ ސިއޯއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ ރާއްޖެޓީވީން ރައްޔިތުންނަށްޓަކައި ކޮށްދޭ މަސައްކަތްތަކުގެ އަގުވަޒަން ކުރަމުންދާތީ އެކަން ބަލައިގަންނަ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އެދޭ ފަދަ މަސައްކަތްތަކެއް ކޮށްދިނުމަށް ރާއްޖެޓީވީގެ ހުރިހާ މުވައްޒަފުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ފިޔާޒު ދެއްވި އެވެ.

މިމަލާފަތް ތައްޔާރުކުރުމުގައި އުޅުނު އެހެން މީހުން ވެސް ބުނީ ރާއްޖެޓީވީން ކުރަމުންދާ ބުރަ މަސައްކަތުގައި ފަސް ޖެހުމެއް ނެތި ކުރިއަށްދިއުމަށް އެދޭ ކަމަށެވެ. މީގެ އިތުރުން ވެސް ކިނބިދޫގެ ރައްޔިތަކު ތައްޔާރުކޮށް، ކިޔާފައިވާ ޅެމެއް ވެސް ރާއްޖެޓީވީއަށް ވަނީ ހަދިޔާކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު