Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގާނޫނާއި ގަވާއިދު

ގާނޫނާއި ގަވާއިދާ ހިލާފުވުން، މީ ކިހިނެއްވާ ކަމެއް؟

ގާނޫނުގައި ބުނާ މުއްދަތަކަށް މުއައްސަސާތަކަށް ގަވާއިދުތައް ނުހެދޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2017 | ހޮނިހިރު 07:45
ގާނޫނުއަސާސީ

ގާނޫނުއަސާސީ

ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އެކި ފަރާތްތަކުން އަމަލު ކުރަމުންދާ ވާހަކައަކީ އާންމުކޮށް ދެކެވޭ ވާހަކައެކެވެ. ހާއްސަކޮށް ސިޔާސީ ޕޯޑިއަމްތަކުގައި ގާނޫނާއި ގަވާއިދާ ހިލާފަށް އެކި ފަރާތްތަކުން ކަންކަން ކުރަމުންދާ ވާހަކަ ދެއްކުމަކީ އާންމުކަމެކެވެ.

އެގޮތުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރުން ކުރާ ގިނަ ކަންކަން ކުރަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށެވެ. ހާއްސަކޮށް އެކިއެކި ކުށްކުށުގައި މީހުން ހައްޔަރު ކުރުމާއި ބަންދު ކުރުމުގައި ސަރުކާރުން އަމަލު ކުރަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބާއްވާ އެކިއެކި ބަންދަލުވުންތަކުގައި އަންނަނީ ބުނަމުންނެވެ.

ސަރުކާރުގެ ބަސްމަގު ވެސް ހުރި ހަމަ މިފަދަ ގޮތަކަށެވެ. ސަރުކާރުން ބުނާ ގޮތުގައި މީހުން ހައްޔަރުކޮށް ނުވަތަ ބަންދު ކުރަނީ އެ މީހުން ކުރާ ކުށްތަކުގެ ސަބަބުންނެވެ. އަދި ސަރުކާރުން ގާނޫނާއި ގަވާއިދާ ހިލާފަށް ކަންކަން ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަނީ ކުށްތަކުން ބަރީޢަތްވުމަށް ކަމަށް ސަރުކާރުން ބުނެއެވެ. އަދި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންއާއި ސަރުކާރުގެ އިސްވެރިން އަންނަނީ ބުނަމުންނެވެ.

ކޮންމެއަކަސް ގާނޫނާއި ގަވާއިދާ ހިލާފުވުމުގެ ވާހަކަ އަނެއްކާވެސް މި ވަނީ ދެކެވެން ފަށާފައެވެ. އެއީ ތިން އަހަރުގެ ޖަލުހުކުމެއް ކުރައްވާފައި ހުންނެވި ގާސިމް އިބްރާހިމް ކަރެކްޝަންސް އަށް އެންގެވުމެއް ނެތި ބޭސްފަރުވާ ކުރެއްވުމަށް ޖަރުމަންވިލާތަށް ވަޑައިގެންނެވުމުންނެވެ. އެގޮތުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވާ ގޮތުގައި ގާސިމް ބޭސްފަރުވާ ކުރެއްވުމަށް ޖަރުމަންވިލާތަށް ވަޑައިގެންނެވި ގަވާއިދާ ހިލާފަށެވެ. ސަބަބަކީ ކަރެކްޝަންސް އިން ގާސިމް ބޭސްފަރުވާ ކުރުމުގެ ހުއްދަ ދީފައި ވަނީ ހަމައެކަނި ސިންގަޕޫރުން ކަމަށްވާތީ އެހެން ގައުމަކަށް ވަޑައިނުގެންނެވޭނެތީ ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވެފައިވެއެވެ.

ސުވާލަކީ ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރެއްވީ ގާސިމް އިބްރާހިމް އެކަނިތޯއެވެ.؟ ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރައްވަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެކަނިތޯއެވެ؟ ދަންނަވަން ޖެހެނީ ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް ދައުލަތުގެ މުއައްސަސާތަކުން ވެސް އަމަލު ކުރަމުންދާ ކަމަށެވެ. އެގޮތުން ގާނޫނުތަކުގައި ވަކިކަމެއް ވަކިގޮތަކަށް ނުވަތަ ވަކި ތާރީހެއްގައި ކުރަން ބުނެފައިވާ އެތައް ކަމެއް ދައުލަތުގެ މުއައްސަސާތަކުން ނުކޮށް ތިބި ކަމީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ.

ގާސިމް ތިން އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމަށް ފަހު ގާސިމް ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ކަންކަން ވީ އެންމެ އަވަހަކަށް ހަމަޖެއްސުމަށް ދައުލަތުގެ ހުރިހައި މުއައްސަސާތަކެއްގެ މައްޗަށް ކޯޓުން އަމުރު ކުރި ނަމަވެސް އެކަން އެގޮތަށް ކޮށްފައި ނުވާ ކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނުއަސާސީއާ ގާނޫނުތަކުގައި ބުނެފައިވާ ގޮތަށް ކަންކަން ކުރަމުން ގެންދޭތޯ ބެލުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަމެކެވެ. ނަމަވެސް ގާނޫނުއަސާސީއާ ގާނޫނުތަކުގައި ވަކިގޮތަކަށް ވަކިކަމެއް ވަކި ތާރީހުތަކެއްގައި ކުރުމަށް ލާޒިމް ކޮށްފައި ވީނަމަވެސް އެގޮތަށް ކުރަމުން ނުދާއިރު އެކަން ރައީސުލްޖުމްހޫރިއްޔާ އަށް ބެއްލެވިފައި ނުވާކަމީ މިއަދުގެ ހަގީގަތެވެ.

އެގޮތުން ކޯޓްތަކުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފިތައް ވަކި މުއްދަތެއްގެ ތެރޭގައި ގާއިމްކޮށް އެ ކޯޓުތަކަށް ވަކި މުއްދަތެއްގެ ތެރޭގައި ފަނޑިޔާރުން އައްޔަން ކުރަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްޗަށް ލާޒިމް ކޮށްފައި ވީނަަމަވެސް އެކަން ކުރެވުނީ ގާނޫނުގައި ބުނެފައިވާ މުއްދަތު ފަހަނައަޅާ ދިޔަފަހުންނެވެ.

ހަމައެހެންމެ އަލަށް އަމަލު ކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ޝަރީޢަތް ކުރުމުގެ ގަވާއިދު އެ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ތެރޭގައި ހެދުމަށް ސުޕްރީމް ކޯޓުގެ މައްޗަށް ލާޒިމް ކޮށްފައި ވީނަމަވެސް މިއަދާ ހަމައަށް ވެސް އެ ގަވާއިދު ހެދިފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ނުވަތަ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިޖެނަމަ 60 ދުވަސް ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބުނެފައި ވީނަމަވެސް އިލެކްޝަންސް ކޮމިޝަން އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ދާއިރާތަކުގެ އިންތިހާބު މިހާތަނަށް ވެސް ބާއްވާފައެއް ނުވެއެވެ.

ކޮންމެއަކަސް މި ފާހަގަ ކޮށްލީ ދައުލަތުގެ މުއައްސަސާތަކުން ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ ބައެއް ކަންތައްތަކުގެ ވާހައެވެ. މިކަންކަން މިހެން ހިނގުމަށް މެދުވެރިވި ސަބަބު ރައީސުލްޖުމްހޫރީއްޔާ ބެއްލެވިތޯއެވެ. ބެއްލެވި ނަމަ އެޅުއްވި ފިޔަވަޅެއް ރައްޔިތުންނަށް ހާމަކޮށްދެއްވުމަކީ ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ. ސަބަބަކީ ގާނޫނުއަސާސީއާއި ގާނޫނުތައް ނަގަހައްޓާ ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ގާނޫނުއަސާސީ އިން ލާޒިމް ކޮށްފައިވާ ކަމަކަށް ވާތީއެވެ.

ދަންނަވާލަން ބޭނުން ވަނީ އެންމެ ވާހަކައެކެވެ. ރައްޔިތުން ގާނޫނާއި ގަވާއިދުގެ ތެރެއަށް ވަނުމަށް ގޮވާލާ ގާނޫނާއި ގަވާއިދުގެ ތެރެއިން އަމަލު ކުރުމަށް އެންގުމުގެ ކުރިން ގާނޫނާއި ގަވާއިދުތައް ތަންފީޒް ކުރައްވަން ތިއްބެވި އިސްވެރިން އެގޮތަށް އަމަލު ކުރަން ޖެހޭނެ ކަމެވެ. ތިމާމެން ކިޔަމަން ނުވެ އެހެން ބަޔަކު ކިޔަމަން ވެދާނެ ކަމަށް ގަބާލު ކުރުމަކީ ބުއްދިވެރިންގެ ގޮތެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

26 ޖުލައި 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

24 ޖޫން 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު