Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ވަކިން ލޯބިން

ނުހާގެ އާދޭސް، އަޒާންގެ ރުޅި... ދެ މީހުންގެ ވަރި! "ވަކިން ލޯބިން" ގެ ފުރަތަމަ ޓްރެއިލަރ ވަރަށް އިންޓެންސް!!!

ޓްރެއިލަރ ރިލީޒްކުރީ ބުރާސްފަތި ދުވަހު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2018 | ބުރާސްފަތި 18:28
ވަކިން ލޯބިންގެ ޓްރެއިލަރގެ މަންޒަރެއް

ވަކިން ލޯބިންގެ ޓްރެއިލަރގެ މަންޒަރެއް

ދިވެހި ފިލްމް އެވޯޑްގެ ގިނަ އެވޯޑްތަކަކާ އެކު، އަހަރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯގެ ގޮތުގައި 2017 ވަނަ އަހަރު ނިންމައިލި ޑާކް ރެއިން އެންޓަރޓެއިންމަންޓް އިން މި އަހަރު ފުރަތަމަ ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ ފިލްމު، 'ވަކިން ލޯބިން' ގެ ފުރަތަމަ ޓްރެއިލަރ ރިލީޒްކޮށްފިއެވެ.

'ވަކިން ލޯބިން' ގެ ވާހަކައާ ގުޅޭ ގޮތުން ޑާކްރެއިން އެންޓަރޓެއިންމަންޓުން މާބޮޑު މަޢުލޫމާތެއް ހާމަކޮށްފައި ނުވާއިރު، މި ފިލްމުގެ ލީޑު ދެ ކެރެކްޓަރގެ ރޯލުން ފެނިގެންދާނީ ޑާކްރެއިން އެންޓަރޓެއިންމަންޓްގެ އެންމެ މަޤުބޫލު ޖޯޑު ކަމުގައިވާ މުޙައްމަދު ޖުމައްޔިލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ)އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލަކުން ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެންދާނެއެވެ.

ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ރިލީޒްކުރި ޓްރެއިލަރގައި ފެނިގެންދަނީ ކުރިން ރިލީޒްކޮށްފައިވާ އެ ފިލްމުގެ ޕްރޮމޯޝަނަލް ލަވަ، "ޕަރީ" ގައި ފެނިގެންދިޔަ މަންޒަރުތަކާއި މުޅިން ތަފާތު އަސަރުތަކަކެވެ.

"ޕަރީ"ގައި ޖުމަލް އާއި ނުޒޫގެ ލޯބީގެ ފެށުން ދައްކާއިރު މި ޓްރެއިލަރގައި ދައްކަނީ ފިލްމުގެ ބެކްސްޓޯރީގެ މުހިއްމު ވާހަކަތަކެކެވެ. އެގޮތުން "ޕަރީ" އިން ފެނިގެން ގޮސްފައިނުވާ މަޖޫގެ ކެރެކްޓަރ، ނުހާ، މި ޓްރެއިލަރ އިން ފެނިގެންދެއެވެ. އަދި ޖުމަލް މި ފިލްމުގައި ކުޅޭ އަޒާންގެ ކެރެކްޓަރ ވެސް މި ޓްރެއިލަރގައި ވަނީ ތަޢާރުފުކޮށްދީފައެވެ.

ޓްރެއިލަރ ފެށިގެން ދަނީ އަޒާން އާއި ނުހާ އެކަކު އަނެކަކަށް ތަޢާރުފުވާ ހިސާބުންނެވެ. އެކުގައި ވަގުތު ހޭދަކޮށްލުމަށް އަޒާން ހުށަހަޅަނީ ކޮފީއަކަށް ދާށެވެ. ނުހާ ހުށަހަޅަނީ މަޖާ ކާން ދާށެވެ. ދެން ފެނިގެންދަނީ މި ދެ ކެރެކްޓަރގެ ލޯބީގެ އެންމެ ފޮނި ދުވަސްތަކުގެ މަންޒަރުތަކެވެ. ފުވައްމުލަކު ތުނޑި އާއި އެރަށު ވީދަނޑުގެ ހިތްގައިމު މާހައުލުގައި އެ ދެ ލޯބިވެރިން އުފަލުން 'ފޮޅޭ' މަންޒަރެވެ.

ލޯބީގެ ރަން ދުވަސްތަކުގެ މި މަންޒަރުތަކަށް ކުންނެއް ގެނެސްދެނީ އަޒާންގެ ހަންހާރަވެތި ވަޢުދަކުންނެވެ.

"އަހަރެންގެ މި ލޯތްބަކީ ނުހާގެ ކުރިއެރުމަށް ހުރަހަކަށް ދުވަހަކު ވެސް ނަހަދާނަން"، އަޒާންގެ މި ވަޢުދާ އެކު ޓްރެއިލަރ އަށް ސިކުންތެއްގެ އަނދިރިކަން ވެރިވެގެން ދެއެވެ.

ދެން ސްކްރީން ދިއްލައި ލަނީ މުޅިން ތަފާތު ހާލަތަކަށެވެ.

"ކަލޭތީ މަގޭ އަނތްބެއް ނޫން!"

ރުޅިވެރިކަމާ އެކު ނުހާ ވަރިކުރުމަށް ފަހު، ނުހާގެ ރުއިމާއި އާދޭހަށް ބެލުމެއް ނެތި ދަމައި ކޫއްތައި ނުހާ ގެންގޮސް ގެއިން ނެރެލައެވެ. އޭރު ނުހާ ދަނީ އެ ދެމީހުންގެ ދަރިފުޅާއި އޭނާ ދުރު ނުކުރުމަށް އާދޭސް ކުރަމުންނެވެ. ނުހާގެ ރުއިމާއި އާދޭހުގެ އަޑު ފޭދިގެން ދަނީ އެ ދެމީހުންގެ ދަރިފުޅު، ރަސްރަނި ބަގީޗާގެ ބެންޗެއްގައި އިށީނދެލައިގެން އިންނަ ސްޓިލް މަންޒަރަކަށެވެ. މަޑުމަޑުން ފިލްމުގެ ނަން ފޭދި، ޓްރެއިލަރ ނިމެއެވެ.

މި ޓްރެއިލަރއާ އެކު މި ފިލްމަށް ކުރެވެމުންދާ އިންތިޒާރު ބޮޑުތަނުން އިތުރުވެގެން ގޮސްފައިވާއިރު، މި ޓްރެއިލަރއިން ގިނަ ސުވާލުތަކެއް ވެސް އުފެދިގެން ދެއެވެ. 'ޕަރީ'ގެ މަންޒަރުތަކާއި ހަމައަށް ދިޔައިރު ނުހާ ކޮބައިބާވައެވެ؟ އެހާ ލޯބިން އުޅުނު އަޒާން އާއި ނުހާގެ އުފާވެރި ޒަވާޖީ ހަޔާތަށް އެހާ ބޮޑު ބަދަލެއް އަންނަން ޖެހުނީ ކީއްވެބާވައެވެ؟ އަޒާން، ނުހާ ވަރިކުރީ ކޮން ސަބަބަކާއި ހުރެ ބާވައެވެ؟ މި ޓްރެއިލަރގެ ކުރީ ބައިންނާއި، 'ޕަރީ' އިން ފެނުނު އޯގާތެރި އަޒާން، ނުހާއަށް އެހާ އަނިޔާވެރި އެވީ ކީއްވެ ބާވައެވެ؟ ދަރިފުޅަކު މަންމަ އާއި ދުރުކުރަން އަޒާން އަށް މަޖުބޫރުވީ ކީއްވެހެއްޔެވެ؟

ޑާކްރެއިން އެންޓަރޓެއިންމަންޓުން، މޮގަރ އާއި އެކު އައިޝަތު ފުވާދް ޕްރޮޑިއުސްކުރާ މި ފިލްމުގައި ޖުމަލް އައި މަޖޫގެ އިތުރުން ވެސް ގިނަ ފަންނާނުންތަކެއް ފެނިގެންދާނެއެވެ. އެގޮތުން ޚަދީޖާ އިބްރާހިމް ދީދީ (ކުޑަ ހައްޖަ)، އަޙުމަދު ސުނީ، ޢަބްދުﷲ ޝާފިއު އިބްރާހިމް، މަރިޔަމް ޔާލާ ޝިފާއު، ޢައިޝަތު ޝްއުއާ ޝާނިޒް އަދި ހަސަން މަނިކުގެ އިތުރުން އާދަމް ރިޒްވީ، މާރިއާ ޓެރޭސާ، އިބްރާހިމް އަމާން ޙުސައިން، އަޙުމަދު ޝާކިރު، މާއިޝާ އަޙުމަދާއި މަރިޔަމް ސާޖިޔަތުވެސް މި ފިލްމުން ފެނިގެން ދާނެއެވެ. މީގެ އިތުރުން ވެސް މި ފިލްމުން ބައެއް ފަންނާނުން ފެނިގެން ދާނެއެވެ.

އައިޝަތު ފުވާދް ލިޔެފައިވާ ވާހަކައަކަށް ހަދާ މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ގިނަ ފިލްމުތަކޭ ވެސް އެއްގޮތަށް މި ފިލްމުގެ ވިޜުއަލް އިފެކްޓްސް ހަދާފައިވަނީ ވެސް އަޙުމަދު ޝިނާނެވެ. މި ފިލްމަށް ޙުސައިން ޝަދިޔާން (ސޭންޑީ) ކޮސްޓިއުމް ޑިޒައިން ކޮށްދީފައިވާއިރު، މި ފިލްމުގެ މިއުޒިކް ހަދާފައިވަނީ މުޙައްމަދު އިކްރާމްއެވެ.

ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ މި އަހަރުގެ މާރޗު މަހުގެ 5 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕާ ގުޅުން ހިންގި ކަމަށް ބުނާ ސްޓޯމީ ޑެނިއަލްސްއާ ދަރިފުޅު \'ސްޓޯމީ\'އާ އަޅުވާ ކިޔާތީ ކައިލީ ޖެނަރ ރުޅި އައިސްފި!

ޓްރަމްޕާ ގުޅުން ހިންގި ކަމަށް ބުނާ ސްޓޯމީ ޑެނިއަލްސްއާ ދަރިފުޅު \'ސްޓޯމީ\'އާ އަޅުވާ ކިޔާތީ ކައިލީ ޖެނަރ ރުޅި އައިސްފި!

28 މާރިޗު 2018
ދިޝާއަކީ އަހަރެން އިތުބާރު ކުރާ މަދު މީހުންގެ ތެރެއިން އެކަކު: ޓައިގަ ޝްރޮފް

ދިޝާއަކީ އަހަރެން އިތުބާރު ކުރާ މަދު މީހުންގެ ތެރެއިން އެކަކު: ޓައިގަ ޝްރޮފް

26 މާރިޗު 2018
ސިހުރު ހަދައިގެން މީހަކު ބަކަރި އަކަށް ބަދަލު ކޮށްލި ކަމަށް ބުނެ ބަޔަކު ރުޅި ގަދަވެއްޖެ!

ސިހުރު ހަދައިގެން މީހަކު ބަކަރި އަކަށް ބަދަލު ކޮށްލި ކަމަށް ބުނެ ބަޔަކު ރުޅި ގަދަވެއްޖެ!

28 ޖެނުއަރީ 2018
އަހަރަކު އެއް ފަހަރު ފެންވަރާތީ ރުޅި އައިސްގެން އަންހެނުން ވަރިކޮށްފި

އަހަރަކު އެއް ފަހަރު ފެންވަރާތީ ރުޅި އައިސްގެން އަންހެނުން ވަރިކޮށްފި

19 ޖެނުއަރީ 2018
ސައްބީރު ދެކެ ސަލްމާން ވަރަށް ރުޅިއަތުވެއްޖެ

ސައްބީރު ދެކެ ސަލްމާން ވަރަށް ރުޅިއަތުވެއްޖެ

26 ޖުލައި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު