Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކަރަން ޖޯހަރު

ކަންގަނާ ދެކެ ރުޅިއެއް ނާދޭ: ކަރަން ޖޯހަރު

ކަންގަނާ ދެއްކި ވާހަކަތަކަށް އިހުތިރާމް ކުރަން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2017 | ހޮނިހިރު 13:37
ކަރަން ޖޯހަރު

ކަރަން ޖޯހަރު

ބޮލީވުޑްގެ ފިލްމީ ތަރި ކަންގްނާ ރަނައުތު ދެކެ ރުޅި ނާންނަ ކަމަށް ފިލްމު ޑައިރެކްޓްރ ކަރަން ޖޯހަރު ބުނެފިއެވެ. އަދި ކަރަން ބުނީ ކަންގަނާ ވެސް އޭނާ ދެކެ ރުޅި ނާންނަ ކަމަށެވެ.

ކަރަން މިގޮތަށް ބުނެފައިވަނީ އޭނާ ހޯސްޓް ކުރާ ސެލެބްރިޓީ ޓޯކް ޝޯއެއް ކަމަށްވާ "ކޮފީ ވިތު ކަރަން"ގައި ޝާހިދު ކަޕޫރާއި ސައިފް އަލީ ޚާނާ އެކު ކަންގަނާ ބައިވެރިވެ ކަރަންއަކީ ބޮލީވުޑްގެ ހުރިހާ ކަމަކަށް އެންމެ ނުފޫޒު ފޯރުވާ މީހާ ކަމަށް ބުނެފައި ވަނިކޮށެވެ. ކަންގަނާ ވަނީ އެޝޯގައި ކަރަންއަކީ ހަމައެކަނި ފިލްމީ ތަރިންގެ ދަރިން ނުވަތަ އިންޑަސްޓްރީ އަށް ނިސްބަތްވާ މީހުންގެ ދަރިން ޕްރޮމޯޓްކޮށް އެމީހުންނަށް އެ ދާއިރާއިން ފުރުސަތުތައް ހޯދައިދޭން މަސައްކަތްކުރާ މީހެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ކަރަން އެކަމާ ގުޅޭ ގޮތުން އެ ޝޯގައި ކަންގަނާއަށް އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.

ކަރަން ބުނީ ޝޯގެ ތެރެއިން އެކަމުގައި އެއްޗެއް ނުބުނީ ކަންގަނާއަކީ ޝޯގެ މެހެމާނަކަށް ވުމުން ކަމަށެވެ. އަދި އެމީހެއްގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށް ވެސް ކަރަން ބުންޏެވެ.

ކަރަން ބުނީ ކަންގަނާ ދައްކާ ވާހަކަ އެއްވެސް ވަރަކަށް ހަމަނުޖެހޭ ކަމަށާއި އޭނާއަށް ވެސް އެ ކިޔެނީ ކީކޭ ކަން އިނގޭހެން ހީނުވާ ކަމަށެވެ. ކަރަން ބުނީ އޭނާ ބޭނުންނަމަ ޝޯ އިން ކަންގަނާ ދެއްކި ވާހަކަ ކަނޑާ ލެވެން ވެސް އޮތް ކަމަށާއި އެކަމަކު އެގޮތަށް ކަންތައް ނުކުރާ ކަމަށެވެ. އަދި ކަންގަނާ އަށް އަބަދު މީހުން ދެރަދީ އަނިޔާދޭ ވާހަކަ އިވިއިވި އޭނާ ފޫހިވެއްޖެ ކަމަށް ވެސް ކަރަން ބުންޏެވެ.

މީގެ އިތުރުން ބޮލީވުޑްގެ މާފިޔާގެ ގޮތުގައި ކަންގަނާ އޭނާ ސިފަކުރާއިރު މިހާތަނަށް އޭނާ ބޮލީވުޑަށް ނެރެފައި ވަނީ އެންމެ ތިން ތަރިން ކަމަށް ކަރަން ބުންޏެވެ. ބޮލީވުޑަށް ނިސްބަތްނުވާ ކުދިން ވެސް އެހެން ފިލްމު އުފައްދާ ފަރާތްތަކުން މި ދާއިރާ އަށް ނެރޭއިރު އެމީހުންގެ ވާހަކަ ކަންގަނާ ނުދެއްކީ ކީއްވެގެންތޯ ބުނެފައި ވެއެވެ.

ކަރަން ބުނީ އެ ޝޯގައި ކަންގަނާ ބުނެފައި ވަނީ އޭނާ ދެކޭ ގޮތް ކަމަށާއި އެހެންކަމުން އޭނާ ދެއްކި ވާހަކަތަކަށް އޭނާ އިހުތިރާމް ކުރި ކަމަށެވެ. އަދި އޭނާ ކަންގަނާ ދެކެ ރުޅި ނާންނަ ކަމަށާއި ކަންގަނާވެސް އޭނާ ދެކެ ރުޅި ނާންނާނެކަމަށް ގަބޫލު ކުރާ ކަމަށެވެ. ކަންގަނާއަކީ ކުޅަދާނަ އެކްޓަރެއް ކަމަށް ކަރަން ބުންޏެވެ. އެމީހުންނަކީ ތަންދޮރު ފިލާފައިތިބި ބޮޑެތި މީހުންކމަށާއި އޭނާގެ ގޭގައި ދެން އޮންނަ ޕާޓީއަކަށް ކަންގަނާއަށް ދައުތަތު ދޭނެ ކަމަށް ކަރަން ބުންޏެވެ. އޭނާ ފުރަތަމަ ބޭއްވި ޕާޓީއަށް ގަންގަނާއާށް ދައުވަތު ނުދެވުނީ ހަނދާން ނެތިގެން ކަމަށް ކަރަން ބުންޏެވެ.

ބޮލީވުޑްގައި ކަންގަނާ ސިފަވެފައި ވަނީ އަބަދުވެސް ކޮންމެވެސް ތަރިއަކާ ޒާތީ ގޮތުން ޖައްސާލައި ހިތަށް އަރާ އެއްޗެއް ދުލާހަމައަށް ފަސޭހައިން ބުނެލާ ތަރިއެއްގެ ގޮތުގައެވެ. އެގޮތުން ކަންގަނާ އާއި އެކްޓަރ ރިތިކް ރޯޝަން ވެސް ވަނީ މީގެ ކުރިން ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ

"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ

25 ފެބުރުއަރީ 2017
އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް

އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް

23 ފެބުރުއަރީ 2017
ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!

ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!

20 ފެބުރުއަރީ 2017
ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި

ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު